18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

އެޗްވަންއެންވަން ފެތުރުން

ސުކޫލުތަކަށް ދަރިވަރުން ނުފޮނުވުން: ބެލެނިވެރިންގެ ވަރުގަދަ މެސެޖެއް އެޑިއުކޭޝަނަށް

  • ބެލެނިވެރިން، އެޑިއުކޭޝަން މިނިސްޓްރީއަށް ބުނީ އިތުބާރުނުކުރާކަމަށް، މިނިސްޓްރީގެ ބެލުމުގެ ދަށަށް ދަރިން ފޮނުވަން ބޭނުން ނޫންކަމަށް
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 26 މާރޗް 2017 | އާދީއްތަ 23:44 | |

މަގުބޫލް

  1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  4. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  5. ޕްރިޔަންކާ އިނީ ބަލިވެ؟
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


މިއަދު ކިޔެވުން ފެށިއިރު، ދަރުމަވަންތަ ސުކޫލަށް ހާޒިރުވެ ތިބި ދަރިވަރުން -- ޓްވިޓަރ

އެޗްވަންއެންވަން ވައިރަސް ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުން، ހެލްތު ޕްރޮޓެކްޝަން އެތޯރިޓީން އެލާޓް ލެވަލް 3 އިއުލާންކޮށްފައިވަނިކޮށް، ސަކޫލުތައް ހުޅުވަން ނިންމުމާއެކު ގިނަ ބެލެނިވެރިންނާއި، އާންމުނަށް ބޮޑު ހައިރާންކަމެއް ލިބުނު އެވެ. ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވެ، އެޗްވަންއެންވަން އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންމެ ދުވަހަކުވެސް އިންތިހާއަށް އިތުރުވާއިރު، ސަރުކާރުން އެފަދަ ނިންމުމެއް ނިންމީ ކީއްވެތޯ ބެލެނިވެރިންނާއި، މުޅި ޤައުމު ސުވާލު އުފައްދަމުންގެންދިޔަ އެވެ. ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާކާރުންވެސް އެކަމުގައި ސުވާލުތައް ކުރިމަތިކުރަމުންގެންދިޔަ އެވެ. ނަމަވެސް ސަރުކާރުން، އެޑިއުކޭޝަން މިނިސްޓްރީން އެ ހުރިހާ ކަންބޮޑުވުމަކަށްދިނީ ބީރު ކަންފަތެއް، ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދެއްވި ޕްރޮފެޝަނަލް ރައުޔުވެސް އެ ބޭފުޅުންނަށް ގަބޫލެއް ނުކުރެއްވި އެވެ. އެހެނީ ސުކޫލުތައް ހުޅުވަން ނިންމީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީން، ސުކޫލުތައް ހުޅުވުމަށް ނުފެންނަކަމަށް، ލަފާ ދެއްވައިފައިވަނިކޮށް ކަމަށްވާތީ އެވެ.

 

އެޑިއުކޭޝަން މިނިސްޓްރީގެ އިސްބޭފުޅުންނަށް ގަބޫލުކުރެވިފައިއޮތީ، ޤައުމުގެ ހާލަތު ކޮންމެ ގޮތަކަށް އޮތް ނަމަވެސް، އެ މިނިސްޓްރީން އެންގުމުން ބެލެނިވެރިން ދަރިވަރުން ސުކޫލަށް ފޮނުވާނެ ކަމަށެވެ. ނަމަވެސް ބެލެނިވެރިން، އެޑިއުކޭޝަން މިނިސްޓްރީއަށް ދިނީ ތަފާތު މެސެޖެ އެވެ. އާދިއްތަ ދުވަހުގެ އިރުއަރައިގެން އައިއިރު، މަގުތަކުގައި ދަރިންތައް ސޫކޫލަށް ފޮނުވުމުގައި ބެލެނިވެރިން ހަރަކާތްތެރިވި މަންޒަރެއް ނުފެނުނު އެވެ. ޤައުމު ނުކުރައްކާތެރި ބަލިމަޑުކަމެއްގައި ވަނިކޮށް ބެލެނިވެރިން އެ މީހުންގެ ދަރިން ސުކޫލަކަށް ނުފޮނުވި އެވެ.

 

ބެލެނިވެރިން އެޑިއުކޭޝަން މިނިސްޓްރީއަށް ދިން މެސެޖަކީ އެ މިނިސްޓްރީއަށް އިތުބާރު ނުކުރާކަމުގެ މެސެޖު އެވެ. ތިމަންމެންގެ ދަރިންނަށް ރަނގަޅު ގޮތެއްވުމަށް މިނިސްޓްރިން ނޭދޭކަން ހާމަވާކަމާއި، މިނިސޓްރީގެ ބެލުމުގެ ދަށަން ތިމަންމެންގެ ދަރިން ނުރައްކަލެއްގެ ތެރެއަށް ފޮނުވުމަށް ބޭނުން ނުވާކަމުގެ މެސެޖު އެވެ. ތައުލީމީ ދާއިރަގެ އިސްވެރިންނަށް އިތުބަރުނުކުރާކަމުގެ މެސެޖު އެވެ.

 

ފުރިބާރުވެފައިވާ މާލޭގެ ބައެއް ސުކޫލުތަށް ފެނުނީ ހުސްކޮށެވެ. ބައެއް ކްލާސްތަކަށް އެންމެ ފަސް ދަރިވަރުން ހާޒިރުވިއިރު، ބައެއް ސުކޫލުތަކަށް ހާޒިރުވީވެސް އެންމެ 30 ދަރިވަރުންނެވެ.

 

އަމީނިއްޔާ ސްކޫލުގައި އެވްރެޖްކޮށް ކޮންމެ ކްލާހެއްގައި 30 ދަރިވަރުން ތިބޭ އިރު ސެޝަނެއްގައި 700 ދަރިވަރުން ސްކޫލަށް ދާނެ އެވެ. ނަމަވެސް މިއަދު އެ ސްކޫލަށް ހާޒިރުވީ ވަރަށް މަދު އަދަދެއްގެ ދަރިވަރުންކަމަށް، ޓީޗަރަކު ވިދާޅުވި އެވެ. އިސްކަންދަރު ސުކޫލާއި މަޖީދިއްޔާ ސުކޫލާއި، ދަރުމަވަންތަ ސުކޫލުވެސް ފިނުނީ އެއްގޮތަކަށެވެ.

 

ސުކޫލުތަކުގެ ކިޔެވުން ނިންމިމާލި ވަގުތުވެސް ފުނުނީ އެއް މަނޒަރެކެވެ. ހުރިހާ ސުކޫލުތަކަށް ހިނގިއިރު، ސުކޫލުތައް ދަށުގައި ބެލެނިވެރިން ތިބި މަންޒަރެއް ނުފެނުނު އެވެ. ގިނަ ސުކޫލުތަކުގެ ދޮރުތައް ހުރީ ބަންދުކޮށްފަ އެވެ. ސުކޫލުތަކުގެ ގޯތިތަކުގެ ތެރެވެސް އޮތީ ހުސްކޮށެވެ. ދެތިން ސުކޫލެއްގެ ދަށުގައި ބެލެނިވެރިން ތިބިއިރު، އެ ސުކޫލުތަކުން ނިކުތީ ފަންސާހަކަށް ދަރިވަރުންނެވެ.

 

ކޮންމެއަކަސް، ދަރިވަރުން ވަރަށް ވަރުގަދަ މެސެޖެއް ދީފި އެވެ. އެޑިއުކޭޝަން މިނިސްޓްރީއަށާއި، ތައުލީމީ ދާއިރާއަސް އިތުބަރު ނުކުރާކަމުގެ ވަރުގަދަ މެސެޖެ އެވެ. މިހާވަރުގަދައަށް ބެލެނިވެރިން އެޑިއުކޭޝަން މިނިސްޓްރީއަށް ނޫނެކޭބުނިއިރު، މިއީ އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިޔާމް އިސްތިއުފާ ދެއްވަންޖެހޭވަރުގެ ކަމެކެވެ. އެއީ ބެލެނިވެރިން އެހާ ވަރުގަދައަށް ނޫނެކޭ ބުނީމަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް