19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

އެމްއެމްޕީއާރުސީގެ ހިޔާނަތް

!އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަަކަ ނުދައްކާށެވެ، ސުވާލުވެސް ނުކުރާށެވެ

 • އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅޭ ގޮތުން ސުވާލުކުރުމުން އިއްޒަތްތެރިމެމްބަރުން ރުޅިިގަދަވި
 • މެމްބަރުން ނުހައްގު މުއްސަދިކަން ހޯދާފައިވޭ
 • މައްސަލަތަކެެއް ނުބެލޭ، ސުވާލެއް ވެސް ނުކުރެވޭ
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 26 މާރޗް 2017 | އާދީއްތަ 07:43 | |

މަގުބޫލް

 1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
 2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
 3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
 4. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
 5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
 6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
 7. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
 8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ރާއްޖެއެމްވީ

ދިވެހި ރައްޔިތުންގެ ހަޒާނާއިން އެތައް ބައިވަރު ފައިސާތަކެއް ބަޔަކު ވަގަށް ނަގައިފި އެވެ. އެ ފައިސާތަކަށްވީގޮތެއް އަކަކަށްވެސް އޮތީ ނޭނގިފަ އެވެ. އެ ވައްކަން ބަޔަކު ކުރާ މަސައްކަތުންކަމަށްވެސް ވެދާނެ އެވެ.

 

ޤައުމުގެ ވަލިއުލްއަމުރު އެ ވައްކަމުގެ ވާހަކަދައްކަވާ ކޮންމެ ފަހަރަކު މައާފަށް އެދިވަޑައިގަންނަވައެވެ. އެއީ ތިމަންމަނިކުފާނު ކުރެއްވި ކަމެއް ނޫންކަމާއި، ތިމަންމަނިކުފާނު ވަގަށް އެމްއެމްޕީއާރުސީގެ ތެރެއިން އެންމެ ފައިސާ ފޮއްޗެއްވެސް ގެޔަށް ނުގެންދަވާކަމަށް ވިދާޅުވެ އެވެ. ރައްޔިތުންނަށް އެގޮތަށް ވިސްނައިދިނުމަށް ވަރަށް ބުރަ މަސައްކަތްޕުޅެއް އެމަނިކުފާނު ކުރައްވައެވެ.

 

ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕުގެ ބައްދަލުވުމެއްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެން -- ފޮޓޯ: ޓުވިޓަރ

 

އެމްއެމްޕީއާރުސީގެ ފައިސާތައް ބަޔަކު ވަގަށް ނެގި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން ވިދާޅުވަނީ، އެމްއެމްޕީއާރުސީގެ ފައިސާ މަޖިލީހުގެ މެމްބަރުންނަށް ބެއްސެވުމަށް، ފައިސާގެ ގޯނި ހިއްޕަވައިގެން މެމްބަރުންގެ އަރިހަށް ވަޑައިގެންނެވި ކަމަށެވެ. އަދި އެ އިއްޒަތްތެރި މެމްބަރުންނަކީ ކޮބައިކަން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށާއި، އެމްއެމްޕީއާރުސީން ގެއްލުނު ފައިސާތަކުގެ ތެރޭގައި އިއްޒަތްތެރި މެމްބަރުންނަށް ލިބުނު ބޮޑެތި ފައިސާގެ ހަދިޔާތައް ހިމެނޭ ކަމަށެވެ.

 

އިއްތިފާޤުން ނަމަވެސް އެމްއެމްޕީއާރުސީގެ ތެރެއިން ރައްޔިތުންގެ އެތަށް ބިލިއަން ރުފިޔާއެއް ބަޔަކު ވަގަށް ނެގި ވަގުތު، ރައްޔިތުންގެ މަޖިލީހުގެ ބައެއް އިއްޒަތްތެރި މެމްބަރުން ބޮޑެތި މިލިއަނަރުންނަށްވެއްޖެ އެވެ. ބައެއް އިއްޒަތްތެރި މެމްބަރުން މާލެއިން ބޮޑެތި ގޯތި ބައްލަވައިގަނެ، ބޮޑެތި ވިޔަފާރިތައް ފެއްޓެވި އެވެ. ރިސޯޓުތައް ތަރައްޤީކުރުމަށް ރަށްތައް ލިބިވަޑައިގެންފި އެވެ.

 

ބަޔަކު ވަގަށް ނެގީ ކުޑަ އަދަދަކަށް ނުވާތީ ރައްޔިތުން އެ ފައިސާއަށްވީ ކިހިނެއްތޯ އަބަދުވެސް އަންނަނީ ސުވާލު އުފައްދަމުންނެވެ. އޭސީސީގެ ތަހުޤީޤަށްވެސް ދެ އަހަރަށްވާއިރު ނިންމާލެވިފައިނުވާތީ ރައްޔިތުން ތުހުމަތުގެ އިނގިލިތައް އެކި ފަރާތްތަކަށް ދިއްކުރެ އެވެ. އިއްޒަތްތެރި މެމްބަރުންނަށް ލިބިވަޑައިގަންނަވާ މުސާރައާއެކު ކުއްލިގޮތަކަށް ބޮޑެތި މިލިއަނަރުންނަށް ވެގެންދަނީ ކިހިނެއްތޯ ރައްޔިތުން ސުވާލު އުފައްދަމުންގެންދެއެވެ.  

 

ކޮންމެއަކަސް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަކީ ވަރަށްވެސް އިއްޒަތްތެރި ބޭފުޅުންނަށް ވުމާއެކު، އެ މެމްބަރުން އެފަދަ ވައްކަމެއްގައި ބައިވެރިނުވާނެކަން ކަށަވަރުކޮށްދިނުމަށް ނޫސްވެރިންވެސް ވަރަށް ބުރަކޮށް މަސައްކަތްކުރެއެވެ. އެ މެމްބަރުންގެ އިއްޒަތްތެރިކަމާއެކުގައެވެ. އެ މެމްބަރުންގެ އިއްޒަތާއި އަބުރަށް ހުތުރު ނަމެއް އަޔަނުދިނުމަށްޓަކައެވެ.

 

ނޫސްވެރިން އެގޮތުގެ މަތިން، އެކި ބައްދަލުވުންތަކުގައި އެ ވައްކަމުގެ ހަޤީޤަތް ހޯދުމަށް ސުވާލުކުރި ނަމަވެސް އެ އިއްޒަތްތެރި މެމްބަރުން ކަހާ އަތަން ހިރުވާވެސް ނުލައެވެ. ވާނީވެސް އެހެންނެވެ. ވައްކަމެއްކޮށްފަ، ނިކުމެ ތިމަންނަ މިއައީ ވައްކަން ކޮށްފައޭ އެއްވެސް މީހަކު ނުބުނާނެ އެވެ. މާފުކުރައްވާށެވެ. އެއްވެސް ހާލަތެއްގައި އިއްޒަތްތެރި މެމްބަރުން އެމްއެމްޕީއާރުސީގެ ފައިސާއާއި، ރިސޯޓުތަކުގައި ޖެހިވަޑައިގެންނެވިކަމަށް ބުނަނީއެއް ނޫނެއެވެ.

 

އެމްއެމްޕީއާރުސީގެ ވައްކަމަށް ދުވަސްތައް ފާއިތުވެގޮސް، ހޮނިހިރު ދުވަހު ގިނަ މިޑިއާތަކަކުން ވަގުތުން ދައްކަމުންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅުމެއްވޭތޯ ލައިވް ޓީވީގައިރާއްޖެޓީވީގެ ނޫސްވެރިޔާ ސުވާލުކުރުމުން މެމްބަރުން ވަރަށް ބޮޑަށް ރުޅިގަދަވެއްޖެ އެވެ. ފޮނި ވާހަކަތައް ދެއްކުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ އިއްޒަތްތެރި މެމްބަރުން ދޮންބޮޑުވެއްޖެ އެވެ. ކިއއްވެކަމެއް ހަމައެއްގޮތަކަށްވެސް ނޭނގުނެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމަށް ބޭއްވި ޖަލްސާއަށް ނިހާން ވަޑައިަގްނަވަނީ -- ފޮޓޯ: ރައްޖެ.އެމްވީ

 

ރާއްޖެޓީވީގެ ނޫސްވެރިޔާ އަހުމަދު އަޒްމޫނު އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ފަޅުރަށްތަކޭ ބުނުމާއެކު، އިއްޒަތްތެރި މެމްބަރުން އަޑުގަދަކުރައްވަން ފެއްޓެވި އެވެ. އިއްޒަތްތެރި މެމްބަރުން އަޑުގަދަކުރައްވަން ފެއްޓެވުމައެކު، ޕީޖީ ލީޑަރު މަޑުމަޑުން ތިއްބެވުމަށް އިލްތިމާސްކުރެއްވި އެވެ.

 

"ތިޔަ ބޭފުޅުންނާ ދިމާލަށް އަމާޒުވާ އެންމެ ބޮޑު ފާޑުކިޔުމަކީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ވާހަކަ. ދެން ތިޔާގެ ތެރެއިން މަދު މެމްބަރަކު ފިޔަވައި ހުރިހާ މެމްބަރުންނަށް ރަށްތައް ލިބިފައި ހުރި ކަމަށް ތުހުމަތު މި ކުރެވެނީ. އެއީ ކިހާވަރެއްގެ ތެދު ވާހަކައެއްތޯ؟ ދެން މި ފާޑުކިޔުން އަމާޒްވެގެން މި އަންނަ ގޮތުގައި އޮންނަނީ ތިޔަ ބޭފުޅުން އެޅުވިފައި ތިބި ކަސްތޮޅަކީ އެއީ ކަމަށް ޔާމިން ފަހަތުގައި ތިބެން. އެ މަޖުބޫރީ ހާލަތު ކަމަށް ތިބޭފުޅުންނަށް އޮތީ. އެއީ ކިހާވަރެއްގެ ތެދު ވާހަކައެއްތޯ،" ރާއްޖެޓީވީގެ ނޫސްވެރިޔާ ސުވާލުކުރި އެވެ.

 

ރާއްޖެޓީވީގެ ނޫސްވެރިޔާ އެ ސުވާލުކުރުމާއެކު، އިއްޒަތްތެރި ޕީޖީ ލީޑަރުގެ ރުޅިގަދަވެ، ފުރަތަމަވެސް ދެއްވީ އިންޒާރެކެވެ. ނިހާން ވިދާޅުވީ އަބަރުގެ ދައުވާ ކުރައްވާނެ ކަމަށެވެ. އަދި އެ ސުވާލުގެ ޖަވާބާއެކުގައި ދެން ބައްދަލުކުރާނީ ކޯޓު ރޫމްގައިކަމަށް ވިދާޅުވެ އިންޒާރުދެއްވި އެވެ.

 

"އަޅުގަނޑުމެންގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުންނާ ދިމާލަށް ތިޔަ ވިދާޅުވި ބަސްތައް ތަކުރާރުކޮށް އަޅުގަނޑު ދަންނަވާލަން. އަޅުގަނޑުމެން ބަލާފައި އަޅުގަނޑުމެންގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުންނާ މެދު ތިޔަ ވިދާޅުވީ ބަސްތައް އަޅުގަނޑުމެން ބަލާފައި ތިޔަ ވިދާޅުވި މަދު މެމްބަރުން ފިޔަވައި ހުރިހާ މެމްބަރުންނަށޭ. އެއީ ދޮގަކަށް ވެއްޖެ ނަމަ އަނބުރު ރައްކާތެރި ކުރުމުގެ ގާނުނަށް ތައްޔާރުވުމަށް އަޅުގަނޑު ޖަވާބެއްގެ ގޮތުގައި ދަންނަވަން،" ނިހާނު ވިދާޅުވި އެވެ. ނިހާނު ވިދާޅުވީ އެ މައްސަލާގައި ދެން ބައްދަލުކުރާނީ ކޯޓް ރޫމުން ކަމަށެވެ.

 

 

އިއްޒަތްތެރި މެމްބަރު، އެ ސުވާލާ ގުޅިގެން އެފަދަ އިންޒާރެއް ދިނީ ކީއްވެ ކަމެއް ނޭނގެ އެވެ. މައްސަލައަކީ ކޮބައިކަމެއް ސާފެއް ނުވެ އެވެ. ވަގުތަކީ ނޫސްވެރިންނަށް ސުވާލުކުރަން ދިން ފުރުސަތަކަށްވާއިރު، ސުވާލުކުރުމަކީ މައްސަލައަކަށް ނުވާނެ ކަމަށް ގަބޫލުކުރެވެ އެވެ. އަނެއްކޮޅުން ނޫސްވެރިންނަކީ ސުވާލުކުރާނެ ބަޔެއްކަމާއި، ކޮންމެ ފަދަ ސުވާލެއްވެސް ކޮށްފާނެކަންވެސް އިއްޒަތްތެރި މެމްބަރުން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ އެވެ. އެކަން އެގޮތަށް އޮތްއިރު، ކަމެއްގެ ހަޤީޤަތް ސާފުކުރުމަށްކުރި ސުވާލަކުން އެހާ ބޮޑަށް ރުޅިގަދަވެ، ވަގުތުން ދައުވާކުރައްވާނެކަމުގެ އިންޒާރު ދެއްވަންޖެހޭ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުވިސްނުނު އެވެ.

 

އެއްވެސް ހާލަތެއްގައި އިއްޒަތްތެރި އެއްވެސް މެމްބަރަކު ވައްކަމެއް އަދި ހިޔާނާތެއްގައި ބައިވެރިވެފައިވާކަމަކަށްވެސް އަޅުގަނޑެއް ނުބުނާނަމެވެ. އިއްޒަތްތެރި މެމްބަރުން އެފަދަ ކަމެއް ނުކުރައްވާނެ އެވެ. ނަމަވެސް ވައްކަމެއް، ނުވަތަ ހިޔާނަތެއްގައި ބައިވެރިވެފައި ހުންނަ މީހާކާ، އެކަމަކާ ގުޅޭ ގޮތުން ސުވާލުކޮށްފިނަމަ ރުޅިދަވާނެއޭ ހަރު މީހުން ބުނެ އެވެ.

 

އިއްޒތްތެރި ބޭފުޅުންނަށް ލިބިވަޑައިގެންފައިވާ ރޮލެކްސް އަތުކުރި ގަޑިޔާ، ދެންވެސް އެ ލިބިލައްވާ އިނާޔަތްތަކުގެ ވާހަކަދައްކާކަށް އަޅުގަނޑު ނެތީމެވެ. ކޮންމެއަކަސް ކުރިއަށްއޮތީ އެ އިއްޒަތްތެރި މެމްބަރުން، ރިސޯޓްތައް ލިބިވަޑައިނުގަންނަނާ ކަމާއި، މީހެއްގެ ކަސްތޮޅުގައި ނެތްކަމާއި، ވައްކަމެއް ނުކުރާކަން ސާބިތުވާނެ ފަހަރެވެ. މިފަހަރު ވޯޓުދެއްވާގޮތުން އެ މެމްބަރުންގެ މިނިވަންކަން ހުރި މިންވަރު ވަރަށް ރަނގަޅަށް ހާމަވާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހެޔޮއެދޭ

2 އަހަރު ކުރިން

ގިނަ އިންސާނުންނަކީ އެބައިމީހުންގެ އަތުގައި ފައިސާ ގިނަވެއްޖެނަމަ ވަރަށް ބޮޑާވާ ބައެއް. އަދި އަނެކާ ގެ މައްޗަށް ބާރުގެ ބޭނުން ކުރެވޭނެކަން ހީވާމީހާ ހީކުރަނީ ތިމާއްށްވުރެ ބާރުގަދަ އެހެން ފަރާތެއް ނެތްކަމަށް. ނިކަމެތި އިންސާނާ އަށްވުރެ ބާރުގަދަ އެހެން ފަރާތެއް ވާކަން ނޭގެނީބާ! ބޮޑާވެރިކަމުގެ ބަސްތައް ބުނެ ގަދަ ފަދަ ބަސްތައް ބުނާއިރު ހީވަނީ މި ކައުނުގެ ހުރިހާ ކަމެއް ވެސް ހިނގަނީ ތިމާ ބުނާ ގޮތަށް ހެން. ތިމާހެ މައްޗަށް ބާރު ފޯރުވެވޭނެ އެހެން ފަރާތެއް ނެތްހެން. ނަޞްރު ލިބޭނީ ޙައްޤައްކަން ނޭގެނީބާ. މާދަމާއަށް ބިރު ނުގަންނަނީ ބާ! ﷲ ގެ ކޯފާ އަންނާނީ އަބަދު އެއްގޮތަކަށް ނޫން. ރަށްރަށުގެ މީސްތަކުންގެ ނުބައިކަމުން ﷲ ހަލާކުކުރެއްވީ ކިތައް ކިތައް ރަށްކަން ނޭގެނީބާ! ބަޔަކު ކުރާ ނުބައި ކަމަކުން ﷲ ގެ ކޯފާ އާއްމުވެގެން އަންނާނޭކަން ނޭގެނީބާ! އެކަލާނގެ، ވަޔާއި ގަދަ ފިނި ފޮނުއްވައިގެން ގައުމެއްގެ ކާފިރުވީމީހުން ހަލާކު ކުރައްވާފަކަން ނޭގެނީބާ! ޢަޑު ފޮނުއްވައިގެން އީމަން ނުވާ އެންމެން ހަލާކުކުރައްވާފަކަން ނޭގެނީބާ! ކުރިން އައީ ސުނާމީ. މިއަހަރު އަހަރެމެން މިއުޅެނީ ނުރައްކާތެރި ހުމަކުން ސަލާމަތް ނުވެގެން. ޢިސްލާމީ ފޭރާމެކޭ ކިޔާފަ މޫނު ނިވާކުރުން ޤާނޫނުން މަނާކުރޭ... ފުރާނައަަށް ގެއްލުންދޭ ހުމަކުން ސަލާމަތް ވުމަށް ތިމާ ވަންނަ ކޮންމެ ތަނަކަށް ވަނަސް ކާކުކަން ނޭގޭ ގޮތަށް މޫނު ފޮރުވަން ސަރުކާރުން ބާރުއަޅަ. މިއީ އިސްލާމީ ވެރިކަމެއްތަ. ސިޔާސީ މަޤުޞަދެއް ހާޞިލުކިރުމަށް، އެނގި ތިބެ ދަރިވަރުންތަކެއް( މިއަދުގެ ޒުވާނުން. މިއަދުގެ ކުޑަކުދިން މާދަމާގެ މުސްތަޤްބަލް) މި ބަލިމަޑުކަމުގެ ތެރެއަށް، ހަލާކުގެ ތެރެއަށް ކޮށްޕާލައިފި. ޢަހަރެން ލަދުގަނޭ މީ 100 ޕަސެންޓު އިސްލާމީ ޤައުމެކޭ ބުނަން. ޙިޔަަނާތްތައް އެންމެނަށް އެނގޭ ބޮޑު ސިއްރަކަށް ވެއްޖެ. މިތަނުގައި ނެތް ނުބައިކަމެއް، ދުނިޔެއަކު ނެތް. ޙުރި ހަލާކެއްގެ ބޮޑުކާމާ.. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ބަޔަކު މީހުން ކުރާ ބޮޑުވެގެންވާ ނުބައިކަމަކުން އާއްމުވެގެންވާ ކޯފާއެއް މި ނިކަމެތި މުސްލިމު ރައްޔިތުންގެ މައްޗަށް ނުފޮނުއްވަފާނދޭވެ! ޢާމީން

0
0