23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ސުވާލަކާ ގުޅިގެން އިންޒާރު

އަހަންވީ ނިހާނަށް އެންމެ ރީތީ ކޮން ކުލައެއްތޯއެވެ؟

  • މަޖިލީހުގެ ބައެއް މެމްބަރުންނަށް ކުރެވޭ ކަރަޕްޝަންގެ ތުހުމަތު ތަކުގެ ވާހަކަ އާއްމުން ދަނީ ދައްކަމުން
ރާއްޖެ އެމްވީ | raajje.mv

| 26 މާރޗް 2017 | އާދީއްތަ 03:19 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  7. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި
  8. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!


ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަކިކު -- ޓްވިޓަރ

ހަރުކަށި އިންޒާރުތަކާއި ގަދަ ބަސްތައް ބުނަމުން ގެންދިޔަ ނޫސް ކޮންފަރެންސްގައި ނޫސްވެރިއަކު ކޮށްލި އެންމެ ސުވާލަކުން އެހުރިހާ ކަމެއް އެކޮޅުކޮޅުން ޖެހިގެން ދިޔަ މަންޒަރު ފެނިގެން ހިނގައްޖެއެވެ.

ކުރިމަތިވެފައި އޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ވޯޓަށް އެހުމަށް ވަގުތުން ކުޑަތަންވަމުން ދަނިކޮށް ހޮނިހިރު ދުވަހު މެންދުރުފަހު ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ފެށިގެން ދިޔައީ ގަދަފަދަ ކަމާ ހަރުކަށި ކަމާއެކު މީހުންގެ ހިތުގައި ނުތަނަވަނަސްކަމާއި ބިރުވެރިކަން އުފެއްދުމުގެ ބަސްތަކަކުންނެވެ.

މިބޭފުޅުން މަސީހްއާ ދެކޮޅަށް ވޯޓު ދޭން ޖެހޭނީ އެބޭފުޅުންގެ އިނގިލިތައް ބުރިކޮށްފައެވެ.

27 ވަނަ ދުވަހު އިދިކޮޅު ފަރާތްތައް ކަފުން ވެގެން ދާނެއެވެ.

ރައީސް މައުމޫނު ޕީޕީއެމްގެ ރައީސް ކަމުން ދުރުކުރާނަމެވެ.

ވޯޓަށްފަހު އިދިކޮޅު ފަރާތްތައް ރޫޅިގެންދާނެއެވެ.

ވާހަކަ ދެއްކެވި ކޮންމެ މެމްބަރަކުވެސް އެ މެމްބަރަކަށް ވިދާޅު ވެވުނު އެންމެ ގަދަ ބަހެއް ވިދާޅުވެވޭތޯ އުޅުއްވި ކަހަލައެވެ.

އާރާބާރާއި ނުފޫޒު އޮތްކަން ދައްކަމުން ގަދަބަސްތައް ބުނަމުން ގެންދިޔަ ނޫސްކޮންފަރެންސްގައި ރާއްޖެޓީވީގެ ޒުވާން ނޫސްވެރިޔާ އަހްމަދު އަޒްމޫނު ކޮށްލީ އެންމެ ސުވާލެކެވެ.

 

 

ސުވާލުގައި އަޒްމޫނު އަހަނީ، ފަޅުރައްތަކެއް މެމްބަރުންނަށް ރިސޯޓު ހަދަން ދެއްވައިގެން އެކަމުގައި މެމްބަރުން ތާށިވެފައި ތިއްބެވި ކަމުގެ ތުހުމަތު ރައްޔިތުން ކުރަމުންދާ ވާހަކަ އިވޭ ކަމަށާއި އެކަމުގެ ހަގީގަތަކީ ކޮބާތޯއެވެ؟

ސުވާލާއެކު މަސްރަހް މުޅިން ބަދަލުވެއްޖެއެވެ. އިއްޒަތްތެރި މެމްބަރުންގެ އިއްޒަތުގެ މަތިން ހަނދުމަފުޅު ނެތި އަޑުފުޅު ވީއްލޭން ފަށައިފިއެވެ. ލީޑަރު އިންނަވާ، ސުވާލައް ފުރުސަތު ދިނުމަށް އެދިވަޑައިގަންނަވާ މަންޒަރުވެސް ފެނިގެން ދިޔައެވެ.

ސުވާލު ނިމުމާއެކު އެހެރަ އަންނަން ފެށީ އިންޒާރުގެ ބަސްތަކެވެ. ޕާލިމެންޓަރީ ގުރޫޕްގެ ނިހާނުގެ ފަރާތްފުޅުން ވަރަށް ހިތްޕުޅު ހަމަނުޖެހުނު ތަން ފެނިގެން ދިޔައެވެ. އެންމެ ފަހުން ކޯފާ އިސްކުރައްވާ، އަޒްމޫނަށް ކޯޓުން ބައްދަލު ކުރަން އިންޒާރު ދެއްވި ވާހަކަ ވިދާޅުވެއްޖެއެވެ. ނިހާނުގެ ހަރުކަށި ބަސްތަކުން އަދި ނިންމާލެއްވީ އެއް ނޫނެވެ. އެ ވަލުގައި ހިއްޕަވަން އެހެން އިއްޒަތްތެރި މެމްބަރަކަށްވެސް ފުރުސަތު ދެއްވިއެވެ. އިއްޒަތްތެރި މެމްބަރު އަލީ އާރިފް އަދި އިންނެވީ މާ ބޮޑަށް އެ ސުވާލަށް ކޯފާވެފައިކަން ހާމަވެއްޖެއެވެ. ތިއައީ ކޮންތަނަކުން އައިސް ހުރި ނޫސްވެރިއެއްތޯވެސް ސުވާލު ކުރައްވައިފިއެވެ. މިއީ ރާއްޖެޓީވީގެ ނޫސްވެރިއެކޭ ދެންނެވުމުން ރުންކުރު ގޮތަކަށް މިހާރު ތިސުވާލު ކުރަން މާ ލަސްވެއްޖޭވެސް ވިދާޅުވެއްޖެއެވެ.

ކޮންމެ އަކަސް މި ސުވާލު ވެގެން ދިޔައީ ނޫސް ކޮންފަރެންސްގައި ނޫސްވެރިންގެ ފަރާތުން އެބޭފުޅުން އުއްމީދު ކުރެއްވި ކަހަލަ ސުވާލަކަށް ނޫނެވެ. އެބޭފުޅުން ފަހަރުގައި ހީފުޅު ކުރެއްވީ ނިހާނަށް އެންމެ ރީތީފުޅުވަނީ ކޮން ކުލައެއްތޯއޭ ދަންނަވާނެ ކަމަށެވެ. އަލީ އާރިފަށް އެންމެ މީރީ ކޮން އެއްޗެއްތޯ ނުވަތަ އެންމެ ވަޑައިގަންނަވާ ހިއްޕުޅުވަނީ ކޮން ގައުމަކަށްތޯ ބާވަތަކުގެ ސުވާލު ތަކެއް ކުރާނެ ކަމަށް ވެދާނެއެވެ.

ދަންވަންތޯއެވެ. ސުވާލު މިކުރަނީ ނޫސްވެރިންނެވެ. ސުވާލު މި އަމާޒުވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށެވެ. މުސާރައާއި އިނާޔަތްތައް ހޯއްދަވަނީ ދައުލަތުންނެވެ. ދައުލަތައް ފައިސާ ލިބެނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް އިންނެވެ. އެހެން ކަމަށްވާނަމަ، ހިތްޕުޅާވާހާ ސުވާލުތަކަށް އުއްމީދު ކުރެއްވުމަކީ ހަރުދަނާ ސިޔާސީ މީހުންގެ ގޮތެއް ކަމަށް ބަލައިގަންނަން ދައްޗެވެ.

އަދި ދަންނަވަން ހުރި ވަރަށް ގިނަ ސުވާލުތައް އެބަހުއްޓެވެ. މާލެއާއި ހުޅުމާލޭން މެމްބަރުން ގޯތި ބައްލަވައިގަންނަ ވާހަކައާއި ބިންތައް މެމްބަރުންނަށް ލިބޭ ވާހަކައާއި، އެސްޓީއޯ އިން ތެޔޮ ބައްލަވައިގަނެގެން ފެނަކައަށް ތެޔޮ ވިއްކާ މެމްބަރުންގެ ވާހަކައާއި، ސަރުކާރުގެ ބޮޑެތި މަޝްރޫއުތައް މެމްބަރުންނަށް ލިބޭ ވާހަކައާއި، ރިޝްވަތު ބަހާ ވާހަކައާއި، އަދީބު އަތްޕުޅުން ގަނޑުކޮށް ފައިސާ ނެންގެވި މެމްބަރުންގެ ވާހަކައާއި މިހެން ގޮސް އެތައް އެތައް ވާހަކަތަކަކާ ގުޅޭ ސުވާލުތައް ނޫސްވެރިން ކުރާނެއެވެ. ޖަވާބު ލިބެންދެން އެސުވާލު ތައް ކުރާނެއެވެ. ކޯޓަށް ވަޑައިގަންނަވާށެވެ. ކޯޓުން އަދަބުވެސް އެ ނޫސްވެރިންގެ މައްޗަށް މަތި ކުރެވިދާނެއެވެ. އެ ސުވާލު ކުރި ނޫސްވެރިޔާއަށް އިންޒާރު ދީގެން ނުވަތަ އޭނާއަށް އަދަބު ދީގެން މަންޒަރުން އެ ނޫސްވެރިޔާ ގެއްލުވާލެވިވެސް ދާނެއެވެ. މިހާރުވެސް މިއުޅެނީ ނޫސްވެރިއަކަށް ވީ ނުވީއެއް ނޭނގިގެންނެވެ. އެކަމަކު އެކަކު ގެއްލޭއިރަށް އަނެކަކު އަނެކަކު އަންނާނެއެވެ. ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ސުވާލުތަކައް ޖަވާބު ހޯދައިދޭން މަސައްކަތް ކުރުމަކީ ނޫސްވެރިންގެ ޒިންމާއެކެވެ. އެ ޒިންމާ އަދާ ކުރުމަށް ފަސް ނެޖެހޭ އަޒްމޫނު ފަދަ ކިތަންމެ ނޫސްވެރިންނަކާ ބައްދަލުވާނެއެވެ.

ރައްޔިތުންގެ ހިތުގައި މި އުދާސްތައް އުފެދިފައިވާ މިންވަރު ހާމަވެގެން ދިޔައީ ޒުވާން ނޫސްވެރިޔާ އަޒްމޫނު މި ސުވާލު ކުރުމުންނެވެ. ސުވާލު ކުރުމުން ޒުވާން ނޫސްވެރިޔާއަށް އާރު ބާރު އޮތް ފަރާތުން ދެއްވީ އިންޒާރެވެ. އެކަމަކު ދަންނަވަންތޯއެވެ. ބާރެއްނެތް އާއްމު ރައްޔިތުންގެ ތައުރީފް އެ އިންޒާރާއެކު އަޒްމޫނަށް އޮހެނީއެވެ.

Salute @Raajje_tv journalist @azmoon_ahmed Very brave to ask PPM MPs about their corruption. Stealing a nation. Mi noon dhaurakah pic.twitter.com/nw33NI84ju

— Luke (@Lucasjalyl) March 25, 2017

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް