21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
ފަތިސް 05:03
އިރުއަރާ 06:18
މެންދުރު 12:21
އަސްރު 15:41
މަޣްރިބް 18:17
އިޝާ 19:32

ބޮލީވުޑް

ބާހްބަލީ 2: އަނެއްކާ ވެސް އާ ރެކޯޑެއް ހަދައިފި

  • މި ފިލްމް އިންޑިއާގެ 6500 ސިނަމާއެއްގައި ދައްކާނެ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 24 މާރޗް 2017 | ހުކުރު 19:04 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  3. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  4. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  5. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  6. މަސް މާރުކޭޓް ސަރަހައްދުގައި މިއަދު ހިނގި އެކްސިޑެންޓްގައި އަނިޔާވި 17 އަހަރުގެ ކުއްޖާ މަރުވެއްޖެ
  7. ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
  8. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް


ބާހްބަލީ 2 ގެ ޕްރޮމޯޝަނަލް ޕޯސްޓަރު -- ގޫގުލް

މި އަހަރު އެންމެ އުންމީދީ އެއް ފިލްމް ކަމަށްވާ އަދި ގިނަ ބަޔަކު ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރަމުން އަންނަ ފިލްމް "ބާހްބަލީ 2" ގެ ޓްރެއިލާ ވަނީ 24 ގަޑިއިރު ތެރޭގައި އެންމެ ގިނަ މީހުން ބެލި އިންޑިއަން ފިލްމެއްގެ ޓްރެއިލާއަށް ވެފައެވެ.

 

މިހިނގާ މާރޗް މަހުގެ 16 ވަނަ ދުވަހު މި ޓްރެއިލާ ލައުންޗް ކޮށްފައިވާއިރު މި ޓްރެއިލާ ލައުންޗް ކުރިތާ 24 ގަޑިއިރު ތެރޭގައި 50 މިލިއަން މީހުން ބަލާފައި ވާކަމަށް ރިޕޯޓްތައް ބުނެއެވެ.

 

ކޮންމެއަކަސް މި ފިލްމް މިވަނީ އަނެއްކާ ވެސް އާ ރެކޯޑެއް ހަދާފައެވެ.

 

އަންނަ މަހުގެ 28 ވަނަ ދުވަހު މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވާއިރު މި ފިލްމް އިންޑިއާގެ 6,500 ސިނަމާއެއްގައި ދައްކާނެ ކަމަށް ޚަބަރުތައް ބުނެއެވެ. އެހެން ކަމުން މި ފިލްމް ވެގެން ދާނީ އެއްފަހަރާ މިހާ ގިނަ ސިނަމާތަކުގައި ދައްކާ ފުރަތަމަ ފިލްމަށެވެ.

 

މި ފިލްމްގެ ޓްރެއިލާ ޔޫޓީއުބްގައި އެންމެ ގިނަ މީހުން ބެލި ޓްރެއިލާއަށް ވެފައިވާއިރު މިހާރު އެ ޓްރެއިލާ ބެލި މީހުންގެ އަދަދު ވަނީ 100 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ.

 

މީގެ ކުރިން މައްޝޫރު ލަވަތައް ގިނަ އަދަދަކަށް މީހުން ބެލި ނަމަވެސް މި ޓްރެއިލާ ވެގެން ގޮސްފައި މި ވަނީ އިންޑިއަން ސިނަމާގެ ތާރީޚަށް ބަލާއިރުގައި ލިބުނު ބޮޑު ކާމިޔާބީ އަކަށެވެ.

 

އެސްއެސް ރާޖަމޯލީގެ މި ފިލްމްގެ 6،500 ސްކްރީނިން ވެސް ހައުސްފުލް ވާނެ ކަމަށް ލަފާކުރެވޭ ކަމަށް ޚަބަރުތައް ބުނެއެވެ.

 

މިހިނގާ މާރޗް މަހުގެ 26 ވަނަ ދުވަހު ފިލްމްގެ އޯޑިއޯ ރިލީޒް ކުރުމަށް ހަމަޖެހިފައިވާ އިރު މި އިވެންޓް ހުށަހަޅައި ދެނީ އެކްޓަރ ނާނީ އެވެ. ނާނީއަކީ ފިލްމްގެ މިއުޒިކް އުފައްދާ އެމްއެމް ކީރަވާނީ އަދި ފިލްމްގެ ޑައިރެކްޓަރ އެސްއެސް ރާޖަމޯލީއާ ވަރަށް ގާތް ގުޅުމެއް އޮންނަ ތަރިއެކެވެ.

 

މި އިވެންޓްގައި ބައިވެރިވާ ފިލްމްގެ ކާސްޓުންގެ ތެރޭގައި ޕްރަބާސް އާއި ރަނާ ޑައްގޫބާތީ ހިމެނެއެވެ.

 

މީގެ ކުރިން 2015 ވަނަ އަހަރު ރިލީޒް ކޮށްފައިވާ "ބާހްބަލީ" ވަނީ ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ހޯދައި އަދި ކާމިޔާބު މޮޅު ފިލްމަކަށް ވެފައެވެ. ގިނަ ބައެއްގެ ތައުރީފް ފިލްމަށް ލިބިގެން ގޮސްފައި ވެއެވެ. 

 

ފިލްމުގެ ފަހު ބައި "ބާހްބަލީ 2" އިން ވެސް ފެނިގެން ދާނީ މައިގަނޑު ގޮތެއްގައި ފުރަތަމަ ބައިން ފެނުނު ތަރިންނެވެ. އޭގެ ތެރޭގައި ހިމެނެނީ ތަމަޅަ ތަރިން ކަމަށް ޕްރަބާސް، ރާނާ ދަގޫޕަތީ، ތަމަންނާ ބާޓިއާ، އަނުޝްކާ ޝެޓީ އަދި ރާމިއާ ކްރިޝްނަން ހިމެނެ އެވެ

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް