24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:54
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

ވޯޓް ދިނުން

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

 • މި ވެރިންގެ ކިބައިގައި އަމިއްލަ އެދުން ނޫން އެހެން އެއްވެސް އެއްޗެއްނެތެވެ.
 • ފަސް އަހަރުގެ އެއް ދައުރުން ޕެންޝަންވެސް އުމުރު ދުވަހަށް ލިބޭ ގޮތަށް ގާނޫނުތައް ވަނީ ފާސްކޮށްފައެވެ.
 • މަޖިލިސްތެރޭގައި މިވެރިންނަކީ ރައްޔިތުންގެ ހިތްތައް ކަތިލަމުން ގެންދާބައެކެވެ.
ސަހުބާން ފަހުމީ | sahubaan

| 24 މާރޗް 2017 | ހުކުރު 14:58 | |

މަގުބޫލް

 1. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
 2. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
 3. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
 4. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
 5. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
 6. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
 7. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
 8. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!


ރައްޔިތުންގެ މަޖިލިސް -- ގޫގުލް

މިއީ ހަމަ ދައްކަން ވެއްޖެ ވާހަކައެކެވެ. އެނގެން ވެއްޖެ ކަމެކެވެ. ކީކޭބާ މިކިޔަނީ؟ މަށަށް މިފަހަރު ވޯޓެއް ދޭށެވެ. މި މިއުޅެނީ ކަލޭމެނަށް ރަގަޅު ގޮތް ހޯދައި ދޭން، މާ ވަރުގަދަ ބްރިޖެއް އަޅާ ދޭނަން، ބެޔަސް ނުބެޔަސް ދިހަ ހާސް ރުފިޔާ ދޭނަން، ކިރުތައްޓާއި ދޮންކެޔޮ ކާން ދޭނަން، ތަރައްގީ ގައިމު ކުރާނަން، ގައުމާއިގެން ކުރިޔަށް، މިހާސަރުތައް އެއްވާމަކަށް ގޮވަމުން މިފަހަރު ތިމަންނާޔަށް ވޯޓް ދޭށޭ ގޮވަމުން ކޮންމެ ފަސް އަހަރަކުންނާއި ކޮންމެ ތިން އަހަރަކުން މިދުވަނީ ކީއްކުރަންބާއެވެ؟

ޖަވާބު ވަރަށް ސާފެވެ. މި ވެރިންގެ ކިބައިގައި އަމިއްލަ އެދުން ނޫން އެހެން އެއްވެސް އެއްޗެއްނެތެވެ. އެކަން މާޒީވެގޮސްފައިވާ ދިގު މުއްދަތުގައި އަޅުގަނޑުމެން ދީފައިވާ ވޯޓުގެ އަލީގައި ލިބުނު ފިލާވަޅުތަކުން އަޅުގަނޑުމެންނަށް ވަނީ ވަރަށް ރަގަޅަށް ދަސްވެފައެވެ.

މި ވެރިން ރައްޔިތުންނަށްޓަކައި އެންމެ ނޭވާއެއްވެސް ނުލައެވެ. ރައްޔިތުން މި ވެރިންނާއި ޙަވާލުކުރި ކަނޑިން މި ވެރިން ބުރިބުރި ކުރީ ރައްޔިތުންގެ ކަނދުރާއެވެ. ފެލާފައިވަނީ ރައްޔިތުންގެ ދިޔައެވެ. ފަސް އަހަރު ނުވަތަ ތިން އަހަރުގެ ދައުރު ނިމެންދެން ގޮނޑީގައި ބަގުޑި ބައްދައިގެން ގަދަބާރުންވެސް ތިބޭނީއެވެ. ރައްޔިތުމީހާގެ ހައްގު ފާޅުގައި ނިގުޅައިގަނެ އެ ހައްގުތަކުން މަހުރޫމް ކުރުމަކީ މި ވެރިންގެ އާދައެއްކަން ވަރަށް ސާފުކޮށް މިއޮތީ އެނގޭށެވެ.

މީގެ އިތުރުން ރައްޔިތުންގެ މާލިއްޔާއިން ލިޔެކިއުމުން ފެންނަ ގޮތުގަ އާއި ނުފެންނަ ގޮތުގައި އެތަކެއް ޚަރަދުތަކެއް މި ވެރިންނަށް ދަނީ ހިނގަމުންނެވެ.

ގޭގެ ކުލި، ފޯނު އެލަވަންސް، ދެބާވަތުގެ ބޭސްފަރުވާ، އައިޕެޑާއި ސަޔާއި ކޮފީ، ދުއްވާނެ ކާރާއި ހިސާބެއް ކިތާބެއް ނެތްގޮތުގައި އެއަށް އަޅާނެ ތެޔޮ، ރަމަޟާން މަހުގެ ޚާއްޞަ އިނާޔަތުގެ ވިހި ހާސް، ކޮމެޓީ އެލަވަންސް ފަދަ ކިތަންމެ ޚަރަދެއް، މަހުން މަހަށް ދަނީ ލިބެމުންނެވެ.

ފަސް އަހަރުގެ އެއް ދައުރުން ޕެންޝަން ވެސް އުމުރު ދުވަހަށް ލިބޭ ގޮތަށް ގާނޫނުތައް ވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން މިވެރިން ސިއްރިޔާތުގައި ކުޅެމުން ގެންދާ ގޭމުތައް ކުޅެގެން ކާރާއި މިލިއަން ރުފިޔާގެ ނަގުދާއި ފްލެޓްބަރިތަކާއި މިނޫނަސް މިފަދަ ކިތަންމެ ކިތަންމެ އެއްޗެއް ދަނީ ހޯދަމުންނެވެ.

މަޖިލިސްތެރޭގައި މިވެރިންނަކީ ރައްޔިތުންގެ ހިތްތައް ކަތިލަމުން ގެންދާބައެކެވެ. މުސްކުޅި ހަރު ބަހެއްގައި އޮންނަ ފަދައިން "ކެޔޮ ކޭވަރު އެގޭނީ ބިތުފަންގި ނެގީމައޭ" ބުނާ އުސޫލުން މިއިން ކޮންމެ މީހަކު ގޮނޑިން ވެއްޓުމާއެކު ދަނީ ފެންނަމުންނެވެ. އެވެރިން ކެޔޮކޭވަރު އަޅުގަނޑުމެންނަށް މިދަނީ އެނގި ހާމަވަމުންނެވެ.

ރައްޔިތުންނާއި ވެރިންވެސް މިކަމަށް ރަގަޅަށް ސަމާލުވާން އެބަޖެހެއެވެ. ފުންކޮށް ވިސްނާ، މައިދަރިވަންތަކަން އެއްކިބާކޮށް ތިމާޔަށް ލިބޭ ވަގުތީ ފައިދާއަށް ބެލުމެއްނެތި ގައުމާއި ރައްޔިތުންގެ ހައްގުގައި ތިމާގެ ހައްގު އަދާކުރަން އެބަޖެހެއެވެ.

ވޯޓަކީ ތިމާގެ ހައްގެކެވެ. އެވޯޓް ތިމާއާއި ތިމާގެ ވަށައިގެންވާ އެންމެނަށް އުފަލާއި ހިތްހަމަޖެހުން ގެނަސް ދޭނެ ފަރާތަކަށް ދޭން އެބަޖެހެއެވެ. ތިމާޔަށް ނުއުފުލޭވަރުގެ ޒިއްމާއެއް އުފުލަން އުޅޭ މީހުނަށް ނޫނެކޭ ބުނުމަކީ އުފަލަކަށް ހަދަން އެބަޖެހެއެވެ. ހަމައެހެންމެ އެފަދަމީހުންވެސް އެކަން ތިމާގެ އަމިއްލަ ނަފުސުން ގަބޫލުކޮށް މިފަދަ ބޮޑު ޒިންމާތަކުން އެއްކިބާވާން އެބަޖެހެއެވެ. މިއީ އިލްމާއި ޓެކްނޮލޮޖީގެ ޒަމާނެވެ. ތިމާގެ ފެންވަރާއި ތިމާގެ ގާބިލުކަން އެންމެ ރަގަޅަށް އެނގޭނީ ހަމަ ތިމާއަށެވެ.

ދުލެއް އޮތީތީ، އަޑުގަދަވީތީ، ލަދުހަޔާތް ކުޑަވީތީ މި ޒަމާނުގައި މިކުރާ ވެރިކަން ނުކުރެވޭނެކަން ދަންނަން އެބަޖެހެއެވެ. ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްނުދެއްވޭނަމަ އެކަމުން އެބަ އެއްކިބާވާންޖެހެއެވެ. އެއެއްޗެކޭ މިއެއްޗެކޭ ކިޔަކިޔާ ތިއްބާ އަނެއްކާވެސް ބޯމަތިވެގެން މިއަންނަނީ ވޯޓްގެ ވަރަށް ރަގަޅު ފުރުސަތެކެވެ.

މި ރަނުގެ ފުރުސަތުގެ ބޭނުން މެޖޯރިޓީއަކަށް، ބަޔަކު އަޅުގަނޑުމެންގެ ލޮލުގައި އަޅުވާ އަނދުނަކަށް ބެލުމެއް ނެތި، ގައުމާއި ރައްޔިތުންގެ ހައްގުގައި އެންމެން އެކުގައި އަތުގުޅާލާ އާގޮވަމުން ތެދުވަމާހިނގާށެވެ. އޭރުން އަޅުގަނޑުމެން ދާން މިއުޅޭ މަންޒިލަށް އަޅުގަނޑުމެނަށް ވާސިލުވެވޭނެއެވެ.

އަބަދާ އަބަދު ކަރުނަ އޮއްސާ ބަޔަކަށް އަޅުގަނޑުމެން ނުވަމާތޯއެވެ؟ ފޮނިމީރުކަން ވެސް އުމުރުން އެއްފަހަރު ނަމަވެސް ލިބިގަތުމަށް މަސައްކަތް ކުރާ ބަޔަކަށް އަޅުގަނޑުމެން ވަމާތޯއެވެ؟ "ވިސްނުމެއްނެތި ކޮށްފިކަމަކުން އެންމެފަހަރަކު ދޭހުގައި ގިސްލަމުން ހިތިކަރުނަ އޮއްސަންޖެހިދެޔޭ ޢުމުރަށް މުޅީން"

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް