17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

އެމްޓީސީސީ

އެމް.ޓީ.ސީ.ސީ ގެ ފެރީ ނިޒާމުގައި ބޭނުންކުރަމަށް ފެރީ ކުއްޔަށްދޭނެ ފަރާތްތަކުގެ ރެޖިސްޓްރީއެއް އެކުލަވާލަނީ

  • ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައި
ސަހުބާން ފަހުމީ | sahubaan

| 23 މާރޗް 2017 | ބުރާސްފަތި 15:21 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  7. ރައީސްގެ ނިންމެވުމަށް ތައުރީފު
  8. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި


އެމްޓީސީސީ ފެރީ -- އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ފެރީ ނިޒާމުގައި ބޭނުން ކުރުމަށް ފެރީ ކުއްޔަށްދޭން ބޭނުންވާ ފަރާތްކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އެމްޓީސީސީ އިން ހުޅުވައިލައިފިއެވެ،

އެމްޓީސީސީ އިން ނެރުނު އިއުލާނުގައި ބުނެފައި ވަނީ އެމްޓީސީސީ އިން ހުޅުމާލެ ފެރީ ނިޒާމުގައި ފަސިންޖަރުން ގިނަ ގަޑިތަކުގައި ކުރަންޖެހޭ އިތުރު ދަތުރު ކޮށްދިނުމަށް ކުންފުނިންދޭ މިންގަނޑު ތަކަށް ފެތޭ ފެރީ އުޅަނދު ފަހަރު ކެޕްޓަނުންނާއި ފަޅުވެރިންނާއެކު ކުއްޔަށް ހިފުމަށް އެ ކުންފުނިން ބޭނުންވާ ކަމަށެވެ.

މިގޮތުން މިފަދަ ފެރީ އުޅަނދުފަހަރު ކުއްޔަށް ދިނުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް އެދޭ ކަމަށާއި ހުޅަހަޅުއްވާ ފެރީ އުޅަނދުފަހަރު ކުންފުނީގެ ދަފްތަރެއްގައި ރަޖިސްޓަރީކޮށް ކުރަންޖެހޭ ދަތުރުތައް ކުރުމަށް ފުރުސަތު ދެމުން ގެންދާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ،

އެމްޓީސީސީގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި މިފެރީތަކުގެ ކުލީގެ ގޮތުގައި ހަމަޖައްސާނީ މާލެ ހުޅުމާލެ ފެރީ ދެކޮޅު ދަތުރެއް އެންމެ ކުޑައަގެއްގައި ކޮށްދިނުމަށް އެއްބަސްވާ ފަރާތްތަކުގެ އަގުތަކެވެ. ހަމައެހެންމެ ދަތުރުކޮށްދިނުމަށް ހުށަހަޅާ ފެރީ ދުއްވުމަށް ކުރަންޖެހޭ ހުރިހާ ޚަރަދެއް ކުރާނީ ކުއްޔަށްދޭ ފަރާތުންން ކަމަށާއި އަދި ދަތުރުމަތީގައި އުޅެނިކޮށް އުޅަނދަށާއި އުޅަނދުގެ އިންޖީނަށް ދިމާވާ މައްސަލަތައް ޙައްލުކުރުމާއި، ފަސިންޖަރުންނާއެކު ކަނޑުމައްޗަށް ހުއްޓިއްޖެނަމަ ދަތުރުކުރާ ޓާމިނަލަށް ފަސިންޖަރުންނާއި އުޅަނދު ގެންދެވޭނޭގޮތް ހަމަޖެއްސުމަކީ ކުއްޔަށްދޭ ފަރާތުގެ މަސްއޫލިއްޔަތެއް ކަމަށް އެމްޓީސީސީގެ އިއުލާނުގައި ބުނެފައިވެއެވެ،

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް