18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ތަފާތު ކުއްޖެއް

ދަރިފުޅު ފެނުމުން ހީކުރީ އެއީ އޭލިއަން އެއް ކަމަށް: މަންމަ

  • ކުއްޖާ ސިފަވީ އޭލިއަނެއްގެ ގޮތުގައި: މަންމަ
  • ބައެއް މީހުން ހީކުރަނީ އެއީ ހިންދޫ ކަލާނގެއެއް ކަމަށް
ރާއްޖެ އެމްވީ | raajje.mv

| 23 މާރޗް 2017 | ބުރާސްފަތި 00:37 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  8. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟


އާދަޔާ ޚިލާފު އައިބުތަކަކާއެކު އުފަންވި ކުއްޖާ އޭނާގެ މަންމައާ އެކު -- އެސް.ޑަބްލިޔު.އެން.އެސް

އިންޑިއާގައި އުފަންވި ކުއްޖަކު އޭނާ އުފަންވި އިރު ހުރި ބޮޑެތި އައިބުތަކެއްގެ ސަބަބުން މަންމަ އަށް ބޮޑު ޝޮކެއް ލިބި ދަރިފުޅު ބަލައިގަންނަން ބޭނުން ނުވި ކަމަށް އެކުއްޖާގެ މަންމަ ބުނެފިއެވެ.

އޭނާގެ މަންމަ ބުނީ ފުރަތަމަ ފަހަރަށް ކުއްޖާ ފެނުމާއެކު ކުއްޖާގެ ލޮލާއި ބޯ ހުރި ގޮތުން ޝޮކެއް ލިބުނު ކަމަށާއި އޭނާއަށް ދަރިފުޅު ސިފަވީ އޭލިއަނެއްގެ ގޮތުގައި ކަމަށެވެ.

ކުއްޖާ އުފަންވި އިރު އޭނާގެ ބޯ ރަނގަޅަށް ނު އުފެދެއެވެ. ލޯހުރީ ވަރަށް ބޮޑަށް ބޭރަށް ނުކުމެފައެވެ. ކުއްޖާގެ މަންމަ ބުނެފައިވަނީ ބޮލުގެ އިތުރުން ކުއްޖާގެ ހަށިގަނޑުގެ އެތައް ގުނަވަނެއް ހުރީ ރަނގަޅަށް ނުއުފެދި ކަމަށެވެ.

 

ކުއްޖާ އުފަންވި އިރު އޭނާގެ ބޯ ރަނގަޅަށް ނު އުފެދޭ

 

 

 

 

 

 

 

 

 

 

 

 

 

އާދަޔާ ޚިލާފު ސިފައަކަށް ހުރި ކުއްޖަކު އުފަންވި ޚަބަރަށް އިންޑިއާގެ އެތައް މިތަނުން ކުއްޖާ ދުށުމަށް މީހުން އަންނަމުންދާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ކުއްޖާ ދުށް ބައެއް މީހުން ގަބޫލު ކުރަނީ ހިންދޫ ރާމަމަކުނު ކަލާނގެ ހަނޫމާން ފުރާނައެއްގައި ދުނިޔެއަށް އައީ ކަމަށެވެ.

އުމުރުން 35 އަހަރުގެ ޚާލިދާ ބޭގަމްއަށް ލިބުނު މި ކުއްޖާއަށް ދިމާވެފައިވާ މައްސަލައަކީ ވަރަށް މަދުން ނޫނީ އިންސާނުންނަށް ކުރިމަތިނުވާ ޖެނެޓިކް މައްސަލައެއް ކަމަށް ޑޮކްޓަރުންވަނީ ބުނެފައެވެ.

އިންޑިއާގެ ކައްތިހާރުގެ ކަޑަމްގަޗީ ވިލެޖަށް މި ކުއްޖާ އުފަންވެފައިވަނީ މި ހަފްތާގެ ހޯމަ ދުވަހުއެވެ.

ކުއްޖާގެ މަންމަ އާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ އޭނާ އަށް ލިބުނު އެހެން ކުދިންގެ އެއްވެސް އައިބެއް ނެތް ކަމަށާއި އެކުދިން އުފަންވީ ފުރިހަމަ ސިއްހަތެއްގައި ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ކުއްޖާ މާ ގިނަ ދުވަހު ދުނިޔޭގައި އޮންނާނެ ކަމަކަށް ގިނަ މީހުން ގަބޫލެއް ނުކުރެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް