21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:09
ފަތިސް 04:58

ބިއުޓީއެންޑް ދަ ބީސްޓް

"ބިއުޓީއެންޑް" ދަ ބީސްޓް މެލޭޝިއާގައި ރިލީސް ކުރާނީ ސެންސަރުނުކޮށް

  • ކުރިން މި ފިލްމު އެޅުވުމަށް ހަމަޖެހިފައި އޮތީ މާޗްމަހުގެ 16 ވަނަ ދުވަހު
  • މެލޭޝިއާގައި މާޗް މަހުގެ 30 ވަނަ ދުވަހު ރިލީސް ކުރަނީ 13 އަހަރުން މައްޗަށް
އަބުދުﷲ މުހައްމަދު | 8Abbo

| 22 މާރޗް 2017 | ބުދަ 17:43 | |

މަގުބޫލް

  1. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  2. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  3. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  4. ޤުރުއާނުގެ އާޔަތްތަކެއް ނުބައިކޮށް ލިޔެ ފޮތެއް ނެރިފައިވާ މައްސަލަ އެޑިޔުކޭޝަން މިނިސްޓްރީން ބަލަން ފަށައިފި
  5. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  6. 11 މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުނީގެ މުދަލަށާއި ފައިސާއަށް ހިޔާނާތްތެރިވެގެން: ފެނަކަ
  7. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ
  8. މާލެ ތެރޭގައި ތެޔޮ ވިއްކުން ހުއްޓުމަކަށް ގެނެސް، ޕެޓްރޯލް ޝެޑްތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަނީ


ޑިސްނީން ބުނީ މި ފިލްމް މެލޭޝިއާގައި މާޗް މަހުގެ 30 ވަނަ ދުވަހު ރިލީސް ކުރަނީ 13 އަހަރުން މައްޗަށް ރޭޓް ކުރެވިގެން ކަމަށް -- ގޫގުލް

އެއްޖިންސުން ގުޅުން ހިންގާ މަންޒަރެއް ހިމެނޭތީ އެ މަންޒަރު ކަނޑާލުމަށް ކުރަމުންދިޔަ ޑިމާންޑްތަކަށް ޑިސްނީން ދެކޮޅުހެދުމުން އެއްވެސް މަންޒަރެއް އުނިނުކޮށް މެލޭޝިއާގައި "ބިއުޓީ އެންޑް ދަ ބީސްޓް" އެޅުވުމަށް މިހާރު ނިންމާފައިވާ ކަަމަށް ޑިސްނީން ބުނެފިއެވެ.

ޑިސްނީން ބުނީ މި ބްލޮކްބަސްޓަރ މެލޭޝިއާގައި މާޗް މަހުގެ 30 ވަނަ ދުވަހު ރިލީސް ކުރަނީ 13 އަހަރުން މައްޗަށް ރޭޓް ކުރެވިގެން ކަމަށެވެ.

މިހާރު ކަނޑައަޅާފައިވާ ތާރީޚްގައި ފިލްމް އަޅުވާކަން ދެ ސިނަމާއަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

ކުރިން މި ފިލްމު އެޅުވުމަށް ހަމަޖެހިފައި އޮތީ މާޗް މަހުގެ 16 ވަނަ ދުވަހުއެވެ.

މި ފިލްމުގައި ދެ ފިރެހެނެއް އެކުގައި ޖިންސީ އަމަލެއްގައި ފެންނައިރު މިއީ ޑިސްނީގެ ފިލްމެއްގައި މިފަދަ މަންޒަރެއް ހިމެނުނު ފުރަތަމަ ފަހަރެވެ.

އިލްމާނިއްޔަ އަދި ދީނީ ގާނޫނުތަކުގެ ދަށުން ވެސް އެއްޖިންސުން ގުޅުންހިންގުމަކީ މެލޭޝިއާގައި މަނާ ކަަމެކެވެ.

އެކަމަކީ ޖަލުހުކުމް ނުވަތަ ހައްދު ޖެހުން ފަދަ ޖިސްމާނީ އަދަބު ކަނޑައެޅިފައިވާ ކުށެކެވެ.

އެގައުމުގެ އަވަށްޓެރި ސިންގަޕޫރުގައި ކްރިސްޓިއަން ފައްޅިން ވަނީ ފިލްމާ މެދު ބެެލެނިވެރިން ސަމާލު ވުމަށް އެދިފައެވެ. ރަޝިއާގައި މި ފިލްމް އަޅުވާފައި ވަނީ 16 އަހަރުން މައްޗަށް ރޭޓް ކުރެވިގެންނެވެ.

މީގެ އިތުރުން ކުވެއިތުގެ ސިނަމާތަކުން ދާދިފަހުން މި ފިލްމް ވަނީ ނަގާފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް