18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ހޮލީވުޑް

ޒެއިން މަލިކްގެ އާ ލަވައިގެ އޯޑިއޯ ކޮޅެއް އާންމުކޮށްފި

 • ޒެއިން އަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ މަޝްހޫރު ބޭންޑް "ވަން ޑައިރެކްޝަން"ގެ ކުރީގެ މެމްބަރެއް
 • ޒެއިންގެ ފުރަތަމަ ސޯލޯ އަލްބަމް ރިލީޒްކޮށްފައިވަނީ 2016 ވަނަ އަހަރު
 • ޒެއިންގެ ސޯލޯ ކެރިއަރގައި އެންމެ ފާހަގަކޮށްލެވޭ އެއްލަވައަކީ "ޕިލޯޓޯކް"
އައިޝަތު ޝާނީ | Shaaknee

| 22 މާރޗް 2017 | ބުދަ 16:30 | |

މަގުބޫލް

 1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
 2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
 3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
 4. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
 5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
 6. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
 7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
 8. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟


ލަވައިގެ ކަވަރ އާޓް ރިލީޒް ކޮށްފައިވަނީ ބުދަ ދުވަހު -- އިންސްޓަގްރާމް

ޒެއިން މަލިކްގެ އާ އަލްބަމްގެ ފުރަތަމަ ސިންގަލްގެ އޯޑިއޯ ކޮޅެއް ދައްކާލައިފިއެވެ.

"ސްޓިލް ގޮޓް ޓައިމް" ކިޔާ މި ލަވައިގެ އޯޑިއޯކޮޅު ރިލީޒްކޮށްފައި ވަނީ ޒެއިންގެ ޓްވިޓަރ މެދުވެރިކޮށެވެ.

މަޝްހޫރު ރެޕް އާޓިސްޓް، ޕާޓީ ނެކްސްޓް ޑޯރގެ އަޑު އިވިގެންދާ މި ލަވައަކީ 24 އަހަރުގެ ޒެއިންގެ ދެވަނަ ސޯލޯ އަލްބަމްގެ ފުރަތަމަ ސިންގަލްއެވެ.

ލަވައިގެ ކަވަރ އާޓް ރިލީޒް ކުރަމުން އާ ލަވައެއް ވަރަށް އަވަހަށް ރިލީޒްކުރާނެ ކަމަށް ޒެއިން ވަނީ ބުނެފައެވެ. އަދި އޭނާއަށް އިތުބާރު ކުރުމަށް ސަޕޯޓަރުން ކައިރި އެދިފައި ވެއެވެ. އެހެންނަމަވެސް، އެއް ސަޕޯޓަރެއް ވަނީ އޭނާ ބުނާ "އަވަހަށް" އިތުބާރު ނުކުރާ ކަމަށް ޓްވިޓަރ މެދުވެރިކޮށް ރައްދު ދީފައެވެ.

ޒެއިން ލަވައިގެ 10 ސިކުންތުގެ އޯޑިއޯކޮޅު އާންމު ކޮށްފައި ވަނީ އެއަށް ރައްދެއްގެ ގޮތުގައެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ މަޝްހޫރު ބޭންޑް "ވަން ޑައިރެކްޝަން"ގެ ކުރީގެ މެމްބަރެއް ކަމަށްވާ ޒެއިން އެ ބޭންޑުން ވަކިވެފައި ވަނީ މާޗް 2015 ގައެވެ. އޭނާގެ ފުރުތަމަ އަލްބަމް ރިލީޒްކޮށްފައިވަނީ 2016 ވަނަ އަހަރެވެ.

ޒެއިން ބުނި ގޮތުގައި އޭނާ ވަން ޑައިރެކްޝަން ދޫކޮށްލީ ބޭންޑްގައި އުޅެމުން "ކްރިއޭޓިވް އެކްސްޕީރިއަންސް"އަށް ތަން ނެތުމުންނެވެ.

ޒެއިންގެ ސޯލޯ ކެރިއަރގެ އެންމެ ފާހަގަކޮށްލެވޭ އެއް ލަވަ، "ޕިލޯޓޯކް"ވަނީ ބިލްބޯޑް ހޮޓް 100 ލިސްޓްގެ އެއް ވަނައަށް އަރާފައެވެ. އެ ލަވައިގެ ވީޑިއޯގައި ޒެއިންގެ އިތުރުން، އޭނާގެ ލޯބިވެރިޔާ، މަޝްހޫރު މޮޑެލް ޖީޖީ ހަދީދް، 21، ފެނިގެންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް