18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ބޮލީވުޑް

"ނަޗްބަލިޔޭ8" ގެ ފުރަތަމަ ޝޯ ހޯސްޓްކުރަނީ ރަންބީރު

  • ދެން ހުރި ޝޯތައް ކަރަން ޓައްކަރު
އަޒްލިފާ އަބްދުﷲ | AzuAzlifa

| 22 މާރޗް 2017 | ބުދަ 12:58 | |

މަގުބޫލް

  1. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  7. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
  8. މާދަމާ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަނީ


ރަންބީރު ކަޕޫރު -- ގޫގުލް

ސްޓާ ޕްލަސް އިން ގެނެސްދޭ ސްލެބްރިޓީ ޑާންސް ޝޯ "ނަޗްބަލިޔޭ" ސީޒަން 8 ގެ ފުރަތަމަ އެޕިސޯޑް ބޮލީވުޑް އެކްޓަރ ރަންބީރު ކަޕޫރު ހޯސްޓް ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ފުރަތަމަ ޝޯ ރަންބީރު ހޯސްޓް ކުރި ނަމަވެސް  ދެން ހުރި ޝޯތައް ހޯސްޓް ކުރުމަށް ހަމަޖެހިފައިވަނީ ކަރަން ޓައްކަރެވެ.

މި ޝޯގައި ޖަޖުންގެ ގޮތުގައި ފެނިގެން ދަނީ ބޮލީވުޑް އެކްޓްރެސް ސޯނާކްޝީ ސިންހާ އާއި  ކޮރިއޯގްރާފަރ ޓެރެންސް ލެވިސް އަދި ޑައިރެކްޓަރ މޮހިތް ސޫރީއެވެ.

ނަޗްބަލިޔޭގެ މި އޯޕަނިން އެޕިސޯޑްގައި ރަންވީރު އޭނާގެ އަމިއްލަ ލަވަތަކަށް ޖަޖުންނާއި އެކު ނެށުން ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޝޯ އުފައްދާ ފަރާތްތަކުން ބުނި ގޮތުގައި ރަންބީރު ކަހަލަ ކުޅާދާނަ ނެށުންތެރިއެއް މި ޝޯގައި ބައިވެރިވުމަކީ ޝޯގައި ބައިވެރިވާ 10 ޖޯޑަށް ވެސް މޮޅަށް ނެށުމަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

ނަޗްބަލިޔޭ ސީޒަން 8 ހޯސްޓް ކުރުމަށް ކަރަން ޕަޓޭލް އާ އެކުވެސް ވާހަކަ ދެކެވުމުން ނަމަވެސް ފަހުންއެޑީލް ވަނީ ކެންސަލް ވެފައި ކަމަށް ޚަބަރުތައް ބުނެއެވެ.

އަންނަ އެޕްރީލް މަހުގެ ފުރަތަމަ ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ މި ޝޯ ހޯސްޓްކުރުމަށް ކަރަންއާއެކު ބައިވެރިވާނެ ދެވަނަ ފަރާތެއް އަދި ފައިނަލް ނުވާ ކަމަށާއި އަދިވެސް ދެ ވަނަ ހޯސްޓެއް ހޯދަމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް