23 އޭޕުރިލް 2019 | އަންގާރަ | 03 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

ސްޓްރޯކަށް ފަރުވާ

އެންމެ ވިހަގަދަ ފައިދިގު މަކުނުން ސްޓްރޯކަށް ފަރުވާ!

  • ފައިދިގު މަކުނުގެ ވިހައިގައި އެކުލެވޭ ޕްރޮޓީނަކުން ސްޓްރޯކުގެ ސަބަބުން ސިކުނޑިއަށް ދޭ ގެއްލުން ރަނގަޅު ކޮށްދޭ
ރާއްޖެ އެމްވީ | raajje.mv

| 22 މާރޗް 2017 | ބުދަ 03:00 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  3. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  4. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  5. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  6. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!


ފައިދިގު މަކުނުގެ ބާވަތެއް ކަމުގައިވާ ފަނަލް ވެބް ސްޕައިޑަރ އަކީ އެންމެ ވިހަގަދަ ބާވަތް ކަމަށް ބެލޭ -- ގޫގުލް

ސްޓްރޯކް ޖެހުމުގެ ސަބަބުން ސިކުނޑިއަށް ލިބޭ ގެއްލުން ރަނގަޅު ކުރުމުގެ ފަރުވާ އެންމެ ވިހަގަދަ ފައިދިގު މަކުނުގެ ވިހައިގައި އެކުލެވިގެންވާ ކަމަށް ސައިންސް ވެރިންގެ ހޯދުންތަކުން ހާމަވެއްޖެއެވެ.

ސައިންސްވެރިން ބުނަނީ ފައިދިގު މަކުނުގެ ވިހައިގައި އެކުލެވޭ ޕްރޮޓީންއެއް ބޭނުން ކޮށްގެން ކުރެވުނު ދިރާސާތަކުން ސްޓްރޯކް ޖެހުމުން ސިކުނޑިއަށް ލިބޭ ގެއްލުންތަކަށް ފަރުވާ ހޯދުމުގައި ވަރަށް ބޮޑު އުއްމީދެއް ލިބިގެން ހިނގައްޖެ ކަމަށެވެ.

ސައިންސްވެރިން މި ޓެސްޓްތައް ކުރިއަށް ގެންގޮސްފައިވަނީ މީދާ ބޭނުން ކޮށްގެންނެވެ.

ދިރާސާގައި ބޭނުން ކުރި ފައިދިގު މަކުނުގެ ބާވަތަކީ "ފަނަލް ވެބް ސްޕައިޑަރ" އެވެ. މިއީ ދުނިޔޭގައިވާ އެންމެ ވިހަގަދަ ފައިދިގު މަކުނު ކަމަށް ރެކޯޑު ކުރެވިފައިވާ ބާވަތެވެ. ފަނަލް ވެބް ސްޕައިޑަރގެ ވިހަ އިންސާނެއްގެ ހަށިގަނޑުގެ ތެރެއަށް ހިނގައްޖެނަމަ 15 ވަރަކަށް މިނެޓުގެ ތެރޭގައި މަރާ ކުރިމަތިލާންޖެހޭ ކަން ހޯދުންތަކުން ހާމަވެފައިވެއެވެ.

ޔުނިވަރސިޓީ އޮފް ކުއީންސްލޭންޑާއި މޮނާޝް ޔުނިވަރސިޓީގެ ސައިންސްވެރިން މި ދިރާސާތަކުގައި ބޭނުން ކޮށްފައިވަނީ އޮސްޓްރޭލިއާގެ ޖަޒީރާއެއް ކަމުގައިވާ ފްރޭޒަރ އައިލެންޑްގައި އުޅޭ ފަނަލް ވެބް ސްޕައިޑަރގެ ހަށިގަނޑުން އެއްކުރި ވިހައެވެ.

އިންސާނުންނަށް ސްޓްރޯކް ޖެހެނީ ސިކުނޑީގެ ވަކި ހިސާބަކަށް އޮކްސިޖަން ލިބުން ހުއްޓުމުން ނުވަތަ ސިކުނޑިއަށް ލޭ ފޭދިގެންނެވެ. ސްޓްރޯކްގެ 85 އިންސައްތަ އަކީ ސިކުނޑިއަށް ލޭ ފޮނުވައިދޭ ހޮޅިއެއްގައި ލޭ ގަނޑުވެގެން ޖެހޭ ސްޓްރޯކް އެކެވެ.

އިނގިރޭސި ވިލާތުގެ ސްޓްރޯކް އެސޯސިއޭޝަނުން ހާމަކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު:

  • ކޮންމެ 2 ސިކުންތަކުން ދުނިޔޭގެ ކޮންމެވެސް ތަނެއްގެ ކޮންމެވެސް މީހަކަށް ސްޓްރޯކް ޖެހެއެވެ.
  • ދުނިޔޭގައި 2 ވަނަ އަށް އެންމެ ގިނައިން މީހުން މަރުވަނީ ސްޓްރޯކް ޖެހިގެންނެވެ. އެއީ އަހަރަކު 6.7 މިލިއަން މަރެވެ. ކޮންމެ 5 ސިކުންތަކުން ސްޓްރޯކް ޖެހިގެން މީހަކު މަރުވެއެވެ.
  • މަރުވާ ކޮންމެ 8 މީހެއްގެ ތެރެއިން އެކަކު މަރުވަނީ ސްޓްރޯކް ޖެހިގެންނެވެ.

މިދިރާސާގައި އިސްކޮށް ހަރަކާތްތެރިވާ ޕްރޮފެސަރ ގްލެން ކިންގް ހާމަކޮށްފައިވާ ގޮތުގައި، ފައިދިގު މަކުނުގެ ވިހައިގައި އެކުލެވޭ ޚާއްސަ ޕްރޮޓީންގެ ހަގީގަތްތައް ދެނެގަނެވުމުގެ ސަބަބުން ސްޓްރޯކަށް ފަރުވާއެއް ހޯދުމުގެ އުއްމީދު ފުރަތަމަ ފަހަރަށް ލިބިއްޖެ ކަމުގައެވެ.

ސްޓްރޯކް ޖެހުމުގެ ސަބަބުން ސިކުނޑިއަށް އޮކްސިޖަން ނުލިބުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބޭ ބަޔަށް ވެސް ފައިދިގު މަކުނުގެ ވިހައިގައި އެކުލެވޭ ޕްރޮޓީން ބޭނުން ކޮށްގެން ރަނގަޅު ކުރެވިދާނެކަމަށް އުއްމީދު ކުރާ ކަމަށްވެސް ދިރާސާ ކުރި ޓީމުން ހާމަކޮށްފައިވެއެވެ.

މިދިރާސާ ޝާއިއު ކޮށްފައިވަނީ "ޕްރޮސީޑިންގްސް އޮފް ނެޝަނަލް އެކަޑަމީ އޮފް ސައިންސަސް ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް