16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ބީބާ އާއި ޖެކްލީން

ޖަސްޓީން ބީބާގެ ބައިވެރިއަކަށް ޖެކްލީން

  • މޭ 10 ވަނަ ދުވަހު މުމްބާއީގައި ވަރުގަދަ ޝޯއެއް ދިނުމަށް ވަނީ ރާވާފައި

| 21 މާރޗް 2017 | އަންގާރަ 18:10 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  6. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  7. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
  8. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި


ޕޮޕް ލަވަކިޔުންތެރިޔާ ބީބާ އާއި ބޮލީވޫޑް އެކްޓްރެސް ޖެކްލީން -- ގޫގުލް

ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ ޖަސްޓީން ބީބާ މި އަހަރުގެ މޭ މަހު އިންޑިއާ އަށް ކުރާ ދަތުރުގައި އޭނާގެ ބައިވެރިއެއްގެ ގޮތުގައި ބޮލީވުޑްގެ ތަރި ޖެކްލީން ފެނާންޑެޒް ހަމަޖައްސައިފިއެވެ. 
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބީބާގެ "ޕޯޕޯސް ޓުއާ"ގެ ހޯސްޓެއްގެ ގޮތުގައި ލަންކާ އަށް އުފަން ބޮލީވުޑްގެ ތަރި ޖެކްލީން ހަމަޖައްސާފައި ވާއިރު މުމްބާއީގެ އެކި ތަންތަނަށް ދެ މީހުން އެކުގައި ގިނަ ދަތުރުތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން ގޭޓްވޭ އޮފް އިންޑިއާ އާއި އިސްކޯން ޓެމްޕް، ކޮލާބާ ކޯސްވޭ އަދި ބަންދުރާގެ މަގުތަކާއި ފިލްމް ސިޓީ އަށް ބީބާ ކުރާ ދަތުރުތައް ހޯސްޓްކުރާނީ ޖެކްލީން އެވެ. 
ބީބާގެ މި ދަތުރުގައި ޖެލްލީން ވަނީ އިންޑިއާގެ ކެއުންތައް އޭނާ އަށް ތައާރަފްކުރުމަށް ރާވާފައެވެ. އެ ގޮތުން ދެކުނު އިންޑިއާ އާއި މަހާރަސްތުރާ އާއި ގުޖުރާތުގެ ރަހަތަށް ބީބާ އަށް ދައްކާލާނެ ކަމަށް ވެއެވެ. 
މީގެ އިތުރުން މި ދަތުރުގައި ދަރާވީ ސްލަމްގައި ވެސް ބީބާއާ އެކު އެއް ދުވަސް ޖެޖްލީން ހޭދަކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޖެކްލީން ބުނީ އޭނާއަކީ ބީބާގެ ވަރަށް ބޮޑު ފޭނެއް ކަމަށާއި މި ފުރުސަތު ލިބުމުން އުފާކުރާ ކަމަށެވެ. އަދި އޭނާގެ ރެސްޓޯރެންޓް ވިޔަފާރި ފުޅާކުރުމަށް މި ދަތުރުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާނެ ކަމަށް ވެސް ބުނެފައި ވެއެވެ. ޖެކްލީން އަންނަނީ ލަންކާ އާއި އިންޑިއާގައި އޭނާގެ ރެސްޓޯރެންޓް ފުޅާ ދާއިރާއެއްގައި ހިންގަމުންނެވެ. 
ބީބާގެ މި ދަތުރަކީ އޭނާގެ ހަތަރު ވަނަ އަލްބަމް ޕްރޮމޯޓްކުރުމަށް ކުރާ ދަތުރެކެވެ. އަދި މޭ 10 ވަނަ ދުވަހު މުމްބާއީގައި ވަރުގަދަ ޝޯއެއް ދިނުމަށް ވަނީ ރާވާފައެވެ. މި ޝޯގައި ސަނީ ލިއޯން އާއި ވަރުން ދަވަން، އާލިއާ ބަޓް، ސޮނާކްޝީ ސިންހާ، އަދި ސިދާތު މަލޯތުރާ ބައިވެރިވާނެ ކަމުގެ ރިޕޯޓްތައް ބުނެއެވެ.
ބީބާގެ މި ދަތުރުގައި އިންޑިއާގެ އިތުރުން އިޒްރާއީލްގެ ތެލް އަވީވް އާއި ޔޫއޭއީގެ ދުބާއީ ހިމެނެއެވެ. އޭނާގެ އަލްބަމް ވަނީ 100 ގައުމެއްގެ ޗާޓްތަކުގެ ނަންބަރު ވަން އަލްބަމްގެ ގޮތުގައި ހިމެނިފައެވެ. އަދި އަށް މިލިއަން ކޮޕީސް ވިއްކާފައި ވެއެވެ. 
 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް