23 އޮކްޓޯބަރ 2017 | ހޯމަ | 6 ހެއި

ވިހި އަހަރު ވަންދެން މީދާ މަސް ކޭ މީހާގެ ވާހަކަ

  • އޭނާ ބުނަނީ މީދާމަސް ކަނީ ހަމަ މީރުވެގެން ކަމަށް

| | | raajje.mv | |



އުމުރުން 70 އަހަރުގެ ޔާންގް ކެއުމަށް މީދަލެއް އަތުލައިގަނެފައި -- ފޮޓޯ:ޕެއަރވީޑިއޯ

އިންސާނުންގެ ތެރޭގައި މީދާ މަސްކާ މީހުން އުޅޭނެ ކަމަށް ގަބޫލު ކުރަން ދަތި ކިތަންމެ ބަޔަކު އުޅޭނެއެވެ. އެކަމަކު ހަގީގަތަކީ މަދުން ނަމަވެސް އެފަދަ މީހުން އުޅޭ ކަމެވެ. ޗައިނާ އަދި ވިއެޓްނާމުގައިވެސް ޚާއްސަ މުނާސަބަތުތަކުގައި މީދަލުގެ މަހުން ކާއެއްޗެތި ތައްޔާރުކޮށް އުޅޭ މަންޒަރުތަކާއި ޚަބަރުތައް މީގެ ކުރިންވެސް ހާމަވެފައި އެބަހުއްޓެވެ. މި ލިޔުމުގައި ދައްކަން މިއުޅޭ މީހާގެ ވާހަކައަކީ އާދަޔާ ޚިލާފު މީހެއްގެ ވާހަކައެވެ. މިއީ އަޖުމަ ބަލާލުމުގެ ގޮތުން މީދާ މަސްކޭ މީހެއް ނޫނެވެ. މިއީ މީދާމަސް މީރުވެގެން ވިހި އަހަރު ވަންދެން މީދަލުގެ މަސް ކޭ މީހެއްގެ ވާހަކައެވެ.

މިއީ އުމުރުން 70 އަހަރުގެ ޗައިނާ މީހާކެވެ. އޭނާ އުފަންވީ ގުއަންޑޮންގ ޕްރޮވިންސްގެ ފޮށާން ސިޓީއަށެވެ. ނަމަކީ ޔާންގް އެވެ.

ޔާންގް ބުނާ ގޮތުގައި އޭނާއަކީ ކެއުމުގެ ބޭނުމުގައި މީދާ ހިފާ މީހެކެވެ. މީދަލުން އޭނާ ތައްޔާރު ކުރާ ކެއުމަކީ އޭނާ ބުނާ ގޮތުން ވަރަށް މީރު އެއްޗެކެވެ. މީދަލުގެ މަހުން އޭނާ ތައްޔާރު ކުރާ ކާނާ ރަހުމަތްތެރިންނަށް ދައުވަތު ދީގެން ގެނެސް އެމީހުންނަށް ވެސް ކާންދޭ ކަމަށް ޔާންގް ބުނެއެވެ.

ކެއުމަށް މީދާ ހިފުމަށް ޔާންގ ހަދާ ގޮތަކީ މީދާ އުޅޭ ތަންތަން ބެލުމަށްފަހު މީދާ ނުކުންނާނެ ކަމަށް ބެލޭ ދިމާލުގައި ވަޅުގަނޑެއް ކޮނެ ވަޅުގަނޑުގައި މީދާ ނުކުންނާނެ ދިމާ ބެލުމަށްފަހު ފޮތި ކޮތަޅެއް އަނގަ ހުޅުވާފައި ބާއްވަނީއެވެ. ދެން އޭގެ މައްޗަށް ތެޅި މިރުސް އެޅުމަށްފަހު އެތަނުގައި ދުން އަޅަނީއެވެ. އިސާހިތަކު މީދާ ނުކުމެ ޔާންގް ގެ ދަންތުރައިގައި ޖެހެއެވެ.

ޔާންގް ބުނާ ގޮތުގައި އޭނާ މީދާ ހިފަން ޝައުގުވެރިވީ އަވައްޓެރިން މީދަލުގެ އުނދަގޫ ބޮޑުވެގެން އެކަމާ ޝަކުވާ ކުރުން އިތުރުވެގެންނެވެ. މި ގޮތައް ހިފާ މީދާ ބޭކާރު ކޮށްލުމުގެ ބަދަލުގައި ކާ އެއްޗެއް ތައްޔާރު ކުރުމުގެ ޚިޔާލު އޭނާއަށް ލިބުނު ކަމަށް ބުނެފައިވެއެވެ.

ޔާންގް ހަދާ ގޮތަކީ، މީދާ ހިފުމަށްފަހު ދިރިދިރި އޮއްވާ ކެކިކެކި ހުންނަ ހޫނު ފެން އެއްޗަކަށް ލަނީއެވެ. އޭގެ ފަހުން އޭގެ ކެހެރިތައް ނޮޅަނީއެވެ. ދެން އޭގައި ދިލަ ޖައްސަނީއެވެ. އޭގެ ފަހުން ކޮށުމަށްފަހު ލޮނުމެދާއި، މިރުހާއި، އަދި ޚާއްސަ ބާވަތެއްގެ ސޯސް އެއް އަޅައިގެން އެތައް އިރެއްވަންދެން ކައްކަނީއެވެ.

ނޫސްވެރިއަކު ޔާންގް ކައިރީ އެވަރަށް މީދާ މަހާ ގަޔަވަނީ ކިއްވެތޯ އެހުމުން އޭނާގެ ޖަވާބު ވަރަށް ކުރުވެފައި ސާފެވެ. ޔާންގް ބުނީ އެއީ "މީރުކަމުން" ނެވެ.

ޔާންގް ގަބޫލު ކުރާ ގޮތުގައި މީދަލުގެ މަހަކީ ފައިދާ ހުރި ސިއްހަތައްވެސް ރަނގަޅު މަހެކެވެ.

ޔާންގް މީދާ ހިފާ ގޮތާއި މީދަލު މަސް ތައްޔާރު ކުރާ ގޮތް ހާމަކޮށްފައިވަނީ ޗައިނާގެ ޕެއަރވީޑިއޯ ޑޮޓް ކޮމް އިންނެވެ.

https://video.pearvideo.com/mp4/short/20170317/cont-1049477-10287540-hd.mp4

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ