22 އޭޕުރިލް 2018 | އާދީއްތަ | 01 ބުރުނު

ޕީޕީއެމް-އެމްޑީއޭގެ މަޖިލިސް މެމްބަރުންނާ ރައީސް ޔާމީން ބައްދަލުކުރައްވައިފި

  • ރައީސް ޔާމީން ޕީޕީއެމް އެމްޑީއޭ ޕީޖީ ގުރޫޕާ މި ބައްދަލު ކުރައްވަނީ މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރަން

| 21 މާރޗް 2017 | އަންގާރަ 02:56 | |



ރައީސް ޔާމީން ޕީޕީއެމް އެމްޑީއޭ ޕީޖީ ގުރޫޕާ ބައްދަލު ކުރައްވަނީ -- ޓްވިޓަރ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށް، ޕީޕީއެމް-އެމްޑީއޭ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ރައީސް އަބްދުﷲ ޔާމީން، ޕީޕީއެމް އޮފީހުގައި ހޯމަ ދުވަހުުގެ ރޭ ބައްދަލުކުރައްވައިފި އެވެ. 

ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ މެމްބަރަކު ވިދާޅުވި ގޮތުގައި މިރޭގެ ބައްދަލުވުމުގައި މަސީހުގެ އިތުބާރު ނެތް މުގެ މައްސަލައަށް ވާހަކަ ދައްކަވާނެ އެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ރައީސް އަބްދުﷲ ޔާމީން މެމްބަރުންނާ ބައްދަލު މިކުރެއްވީ ޕީޕީއެމްގެ ދެ ފެކްޝަނަކަށް ބެހި، އަދި ރައީސް ޔާމީން މެމްބަރުންނާ ވަކިން ބައްދަލު ނުކުރައްވާތާ ގިނަ ދުވަސްތަކެއް ވުމަށް ފަހު އެވެ. ރައީސް ޔާމީން، މެމްބަރުންނާ ބައްދަލު ނުކުރައްވާތީ، އެކަމުގެ ކަންބޮޑުވުމާއި ނުތަނަވަސްކަން ވެސް ވަނީ މެމްބަރުންގެ މެދުގައި އުފެދިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް