21 ފެބުރުއަރީ 2018 | ބުދަ | ހިޔަވިހާ 8

އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ

  • އީޔޫއިން ވަކިވުމަށް ފެންނަކަމަށް 51 އިންސައްތަ މީހުން ވޯޓް ދީފައިވާއިރު ނުފެންނަ ކަމަށް 48.1 އިންސައްތަ މީހުން ވޯޓް ދީފައިވޭ
އަބުދުﷲ މުހައްމަދު | 8Abbo

| 20 މާރޗް 2017 | ހޯމަ 23:25 | |



އީޔޫއިން ވަކިވުމަށް ފެންނަކަމަށް 51 އިންސައްތަ މީހުން ވޯޓް ދީފައިވާއިރު ނުފެންނަ ކަމަށް 48.1 އިންސައްތަ މީހުން ވޯޓް ދީފައިވޭ -- ގޫގުލް

އިނގިރޭސި ވިލާތް އީޔޫއިން ވަކިވާކަން ޔޫރަޕިއަން ޔޫނިއަންއަށް ބޮޑުވަޒީރު ތެރީސާ މޭ އަންނަ ބުދަ ދުވަހު ރަސްމީކޮށް އަންގަވާނެ ކަމަށް އެކަމަނާގެ ތަރުޖަމާނު ހޯމަ ދުވަހު ކަށަވަރުކޮށްދެއްވައިފިއެވެ.

ޑައުނިންގް ސްޓްރީޓުން ބުނީ އީޔޫގެ މެމްބަރު 27 ގައުމަށްވެސް އެ ކަމަނާ ސިޓީ ފޮނުއްވާނެ ކަމަށެވެ.

މީގެ އިތުރުން ވަކިވުމުގެ މަޝްވަރާތައްވެސް ވީ އެންމެ އަވަސް ފުރުސަތެއްގައި ފެށުމަށް އުއްމީދު ކުރާކަމަށް ބުނެފައިވެއެވެ.

 މި ނިންމުން އައިސްފައި މިވަނީ އެ ގައުމު އީޔޫއިން ވަކިވާން ފެނޭތޯ ނޫންތޯ ބެލުމަށް ވޯޓް ނެގިތާ ނުވަ މަސްފަހުންނެވެ.

މިދިއަ އަހަރު ޖޫން މަހުގެ 23 ވަނަ ދުވަހު ނެގި ވޯޓްގައި އެގައުމު އީޔޫއިން ވަކިވުމަށް ފެންނަކަމަށް 51 އިންސައްތަ މީހުން ވޯޓް ދީފައިވާއިރު ނުފެންނަ ކަމަށް 48.1 އިންސައްތަ މީހުން ވޯޓް ދީފައިވެއެވެ.

ދެ އަހަރު ދުވަހަށް ބަހާލެވިގެން ގެންދާ މަޝްވަރާތަކުގެ ދަށުން އީޔޫއިން ވަކިވާނަމަ އެ ގައުމަށް އީޔޫއިން ވަކިވެވޭނީ 2019 ވަނަ އަހަރުގެ މާޗްމަހުއެވެ.

އިނގިރޭސި ވިލާތް އީޔޫއިން ވަކިވާކަން އީޔޫއަށް ނާންގާހާ ހިނދަކު ވަކިވުމާ ބެހޭގޮތުން ވާހަކަ ދެއްކުމާއި އަދި ވަކިވުމަށްފަހު ބާއްވާނެ ގުޅުންތަކާ ބެހޭގޮތުން ވާހަކަ ދެއްކުން މާއްދާ 50 މަނާކުރެއެވެ.

ނަމްބަރ 10 ގެ ތަރުޖަމާނު ވިދާޅުވީ އިނގިރޭސި ވިލާތުން އީޔޫއަށް ކަނޑައަޅުއްވާފައިވާ އެމްބަސެޑަރ ސަރ ޓިމް ބެރޯ، މާއްދާ 50 ގައު ބުނާ ކަންކަން ފަށައިގަނެވޭނެ ދުވަސް  ޔޫރަޕިއަން ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް