17 ޖެނުއަރީ 2018 | ބުދަ | 12 އުތުރަހަޅަ

ވޯޓު ލެވޭ މީހުންގެ ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންގާރަ ދުވަހު ހުޅުވާލަނީ

  • މިމަހުގެ 25 ވަނަ ދުވަހާ ހަމައަށް ޝަކުވާ ހުށަހެޅޭނެ

| | 20 މާރޗް 2017 | ހޯމަ 18:09 | dhonbandaara | |އިލެކްޝަންސް ކޮމިޝަން: ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލަނީ -- ފޮޓޯ:ގޫގުލް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު އަންގާރަ ދުވަހު ގެޒެޓު ކުރުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.  

އެކޮމިޝަނުން ހޯމަ ދުވަހު ބުނެފައިވަނީ އެ ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓު (http://www.gazette.gov.mv) ގައި އަދި، ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގެ އިތުރުން މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުގައި އަންގާރަ ދުވަހުން ފެށިގެން ޢާންމުކޮށް ފެންނަން ހުންނާނެ ބަހައްޓާނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބު މެއި މަހުގެ 6 ވަނަ ދުވަހަށް ފަސްކޮށްފައިވާއިރު ވޯޓު ލެވޭ ލިސްޓުގައި ނަން އޮތްތޯ (VR (Space) IDNO Send to 1414) އެސް.އެމް.އެސް ކޮށްގެންވެސް ޗެކްކުރެވޭނެ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންގާރަ ދުވަހުން ފެށިގެން  ހުޅުވާލާނެ ކަމަށެވެ. އެގޮތުން މި މާޗު 25 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށް އެފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 09.00 އިން މެންދުރުފަހު 03:00 އަށްވެސް ޝަކުވާ ހުށަހެޅޭނެ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

އީސީން ބުނީ  ހުކުރު ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ކަމަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. މާލޭގައިނަމަ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީން) އިން  ކަމަށްވެސް އިލެކްޝަނުން ވަނީ ބުނެފައެވެ.

ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށާއި އިލެކްޝަންސް ކޮމިޝަނުގެ އިދާރާ (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ) އިން ފޯމު ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައި ނުވާ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް