25 އޭޕުރިލް 2017 | އަންގާރަ | ބުރުނު 4 | 28 ރަޖަބު 1438 | މަޣްރިބް: 18:13

ފަލަސްތީން ކުޅުނު މެޗުތައް ބަލައިފިން، ބަލިކުރަން އުނދަގޫވާނެ: ރާއްޖޭ ކޯޗު

  • ގައުމީ ޓީމު ފަލަސްތީނާ ދެކޮޅަށް ނިކުންނާނީ މި މަހު 28 ވަނަ ދުވަހު
  • ސްކޮޑުގައި އަލަށް ގައުމީ ޓީމަށް ކުޅޭ ގިނަ ޒުވާން ކުޅުންތެރިން ވަނީ ހިމަނާފަ
  • އާ ކުޅުންތެރިންނާއެކު މަސައްކަތްކުރަން މިހުރީ ކެތްމަދުވެފައި: ސްޓެވާޓް

| | | MrLeevaan | |ގައުމީ ޓީމުގެ ހެޑްކޯޗު -- ފޮޓޯ:މިހާރު

 

ފަލަސްތީންގެ ކުޅުނު މެޗުތައް ބަލާފައިވާ ކަމަށާއި، އެޓީމު ބަލިކުރަން އުނދަގޫވާނެ ކަމަށް ގައުމީ ފިރިހެން ފުޓުބޯޅަ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް ބުނެފި އެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ފަލަސްތީނާ ދެކޮޅަށް ނިކުތުމަށް ގައުމީ ޓީމު ފަރިތަކުރުންތައް ފަށާފައިވާއިރު، ނޫސްވެރިންނަށް މައުލޫމާތު ދެމުން ސްޓެވާޓް ބުނީ ފަލަސްތީނަކީ ވަރުގަދަ ޓީމެއް ކަމަށާއި، އެގޮތުން އެޓީމު ބަލިކުރުމަކީ ފަސޭހަކަމެއް ނޫވާނެ ކަމަށެވެ.

ސްޓެވާޓް ބުނީ ޓީމެއްގެ ހުންނަން ޖެހޭ އެންމެ ބޮޑު އެއްކަމަކީ ޓީމް ސްޕިރިޓް ކަމަށާއި، އެ ޓީމް ސްޕިރިޓް ރާއްޖޭ ޓީމުގައިވެސް އެބަ އޮތް ކަމަށެވެ. އެގޮތުން ކުޅުންތެރިންނަށް ފުރިހަމައަށް އިތުބާރުކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ގައުމީ ޓީމުގައި ހިމެނި އާ ކުޅުންތެރިންނާ ބެހޭގޮތުން ސްޓެވާޓް ބުނީ އޭނާ އަށް އެ ކުޅުންތެރިން އެހާ ރަނގަޅަށް ނޭގޭ ކަމަށާއި، އެހެންނަމަވެސް އޭނާ ބުނީ އެ ކުޅުންތެރިން ރަނގަޅަށް ދެނަގަނެ އެއްކޮށް މަސައްކަތްކުރަން ކެތްމަދުވެފައި ހުރި ކަމަށެވެ.  

މިހާރު އޮތް ގައުމީ ޓީމު ސްކޮޑާމެދު ހިތްހަމަޖެހޭ ކަމަށް ފާހަގަކުރަމުން ސްޓެވާޓް ބުނީ މިދިޔަ އަހަރު އޭނާގެ އިރުޝާދުގެ ދަށުން ދެއްކި ކުޅުން މި ސްކޮޑުން ދައްކައިފި ނަމަ އެއްވެސް ޓީމަކަށް ރާއްޖެ ބަލިނުކުރެވޭނެ ކަމަށެވެ.

ޝައިހް ކަމާލް އިންޓަނޭޝަނަލް ކަޕްގައި ޓީސީ ދެއްކި ކުޅުމާއި އަދި ވެލެންސިއާ އާއި މާޒިޔާ އޭއެފްސީ ކަޕްގައި ދެއްކި ކުޅުމާއެކު ބައެއް ކުޅުންތެރިންގެ ފިޓްނަސްއާ މެދު ހިތްހަމަޖެހޭ ކަމަށާއި، އެއީ ލިބޭނެ ފައިދާއެއްކަމަށްވެސް ސްޓެވާޓް ވަނީ ބުނެފައެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެއާއި ފަލަސްތީން ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެރޭ 21:00 ގައި ގަލޮޅު ރަސްމީ ބޯޅަ ދަނޑުގަ އެވެ. ކޮލިފައިންގައި ރާއްޖެއާއެކު ގްރޫޕް ޑީގައި ހިމެނެނީ ފަލަސްތީން އޮމާން އަދި ބޫޓާން އެވެ.

އެންމެ ފަހުގެ
ކޮމެންޓް