19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ސަރްކާރް 3

"ސަރްކާރް 3" އިން އެތައް ކަމެއް ދަސްވެއްޖެ: އަމިތު ސާދު

  • އަމީތާބް ބައްޗަންގެ ކާފަ ދަރިއެއްގެ ރޯލުން އަމިތު ފެނިގެންދާ މި ފިލްމް ރިލީޒްކުރުމަށް ހަމަޖައްސާފައި ވަނީ އޭޕްރީލް 7 ގައި
އަލީ ޔޫސުފް | AliYooosuf

| 20 މާރޗް 2017 | ހޯމަ 18:32 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޕްރިޔަންކާ އިނީ ބަލިވެ؟
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  7. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


"ސަރްކާރް 3" ގެ މުހިންމު ތަރިން -- ގޫގުލް

ހޮލީވޫޑް ފްރެންޗައިޒްއެއް ކަމަށް "ގޯޑްފާދަރ" ސްޓައިލަށް ބޮލީވުޑްގައި އުފައްދަމުން އަންނަ "ސަރްކާރް"ގެ ތިން ވަނަ ބައި އޭޕްރީލް މަހު ރިލީޒްކުރާ އިރު އެ ފިލްމުން އެތައް ކަމެއް ދަސްވެއްޖެ ކަމަށް އެ ފިލްމުގެ މުހިންމު އެއް ރޯލުން ފެނިގެންދާ ޒުވާން ތަރި އަމިތު ސާދު ބުނެފިއެވެ.

އަމީތާބް ބައްޗަންގެ ކާފަ ދަރިއެއްގެ ރޯލުން އަމިތު ފެނިގެންދާ މި ފިލްމް ރިލީޒްކުރުމަށް ހަމަޖައްސާފައި ވަނީ އޭޕްރީލް 7 ގައެވެ.

ރާމް ގޯޕާލް ވަރްމާގެ މި ފިލްމާ ބެހޭ ގޮތުން އަމިތު ބުނީ އަމީތާބާ އެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ފަހްރެއް ކަމަށެވެ. އަމީތާބުގެ މަސައްކަތުގެ އަހްލާގާއި ފިލްމަށް ތައްޔާރުވުމަށް ކުރާ މަސައްކަތާ ބެހޭ ގޮތުން ކުރިން ވެސް އަޑު އިވިފައިވާ ކަމަށާއި ނަމަވެސް އެކަން ކައިރިން ފެނިގެން ދިއުމަކީ ލިބިގެންދިޔަ ފިލާވަޅުތަކެއް ކަމަށެވެ. އަދި އާނާގެ ރޯލަށް ތައްޔާރުވުމުގެ ގޮތުން އަމީތާބުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެންދިޔަ ކަމަށާއި ޑައިރެކްޓަރު އާރްޖީވީގެ އެހީތެރިކަން ވެސް ވަރަށް ބޮޑަށް ލިބުނު ކަމަށެވެ.

މީގެ ކުރިން އަމިތު ވަނީ "ކައި ޕޯ ޗޭ" ގައި ވެސް މުހިންމު ރޯލަކުން ފެނިގެން ގޮސްފައެވެ. އެ ފިލްމްގައި އޭނާ ދެއްކި އެކްޓިން އަށް ގިނަ ބަޔަކު ތައުރީފްކޮށްފައި ވެއެވެ.

"ސަރްކާރް"ގެ ފުރަތަމަ ބައި އަދި ދެ ވަނަ ބައިން އަމީތާބުގެ އިތުރުން ދެން ފެނިގެން ދިޔައީ ދަރިފުޅު އަބީޝެކް ބައްޗަންއެވެ. އެހެން ކަމުން ތިން ވަނަ ބައިގަ އަމިތު އަށް ވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާންޖެހިފައެވެ. އަމިތުގެ އިތުރުން "ސަރްކާރް 3" އިން ފެނިގެންދާނީ ޔާމީ ގޯތަމް އަދި ޖެކީ ޝްރޯފް، މަނޯޖް ވަޖްޕާއީ އަދި ރޮނިތު ރޯއީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް