14 ޑިސެންބަރު 2017 | ބުރާސްފަތި | 5 މުލަ

ކުޑަކުޑަ ގާނާއަށް އެތެއް ވަރުގެ ކެބިނެޓެއް

  • ގާނާގެ ކެބިނެޓުގައި 110 މިނިސްޓަރުން

| | | raajje.mv | |ގާނާގެ ރައީސް ނަނާ އަކުފޯ އައްޑޯ -- ފޮޓޯ:އޭ.އެފް.ޕީ

އެފްރިކާ ބައްރަށް ނިސްބަތްވާ ކުޑަ ގައުމެއް ކަމުގައިވާ ގާނާގެ ރައީސް ބޮޑު ކެބިނެޓެއް އިއުލާނު ކުރެއްވުމުން އެ ގައުމުގެ ރައީސަށް އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުން އަމާޒު ވެއްޖެއެވެ.

ގާނާގެ ރައީސް ސަރުކާރުގެ އެންމެ އިސް މަގާމުތަކަށް ގިނަ އަދަދެއްގެ ބަޔަކު އައްޔަން ކުރެއްވުމާއި ގުޅިގެން އިދިކޮޅު ފާޓީ ކަމުގައިވާ ނޭޝަނަލް ޑިމޮކްރަޓިކް ކޮންގްރެސްގެ ލީޑަރު ވިދާޅުވެފައިވަނީ ގާނާއަށް އެތެއް ވަރުގެ ބޮޑު ސަރުކާރަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ގާނާގެ ރައީސް އިއުލާނު ކުރެއްވި ކެބިނެޓުގައި 110 މިނިސްޓަރުން ވަނީ ހިމެނިފައެވެ.

ގާނާގެ ރައީސް ނަނާ އަކުފޯ އައްޑޯ، ވެރިކަމަށް ވަޑައިގަތުމުގެ ކުރިން، ސަރުކާރުގެ ބޭކާރު ޚަރަދުތައް ކުޑަކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އެމަނިކުފާނު އިއުލާނު ކުރެއްވި ބޮޑު ކެބިނެޓް ދިފާއު ކުރައްވާ ވިދާޅުވެފައިވަނީ އެއީ ކޮންމެހެން ކުރަންޖެހޭ އިންވެސްޓްމަންޓެއް ކަމުގައެވެ.

މިއީ 1992 ވަނަ އަހަރު ޑިމޮކްރަޓިކް އުސޫލްތަކަށް ފެތޭ ގޮތައް ގާނާގައި އެކުލަވާލި ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށިފަހުން އެ ގައުމު ދުށް އެންމެ ބިޔަ ކެބިނެޓު ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

އެނގޭ މި ބިޔަ ސަރުކާރުގެ ޚަރަދަތަކާ މެދު މީހުން ކަންބޮޑުވެގެން އުޅޭކަން، އެކަމަކު ގައުމު ހަލުއި ކަމާ އެކު ބަދަލު ކޮށްލުމަށް މިއީ ކޮންމެހެން ކުރަންޖެހޭ އިންވެސްޓްމަންޓެއް. މިނިސްޓަރުން ވަޒީފާއަށް ނުކުންނަވާނެ. ތިއްބަވާނީ ޗުއްޓީއަކު ނޫން ރައީސް އަކުފޯ އައްޑޯގެ ބިޔަ ކެބިނެޓް ދިފާއު ކުރައްވާ ގައުމީ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.

އަކުފޯ އައްޑޯ ގާނާގެ ރައީސް ކަމަށް އިންތިޚާބުވީ ހުސްވި އަހަރުގެ ޑިސެމްބަރު މަހު ބޭއްވި އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެންނެވެ. އިންތިޚާބުގައި ބޭނުން ކުރެއްވި މެނިފެސްޓޯގައި ގައުމުގެ އިގްތިސާދު ހަމަޔަކަށް އެޅުވުމާއި، ކަރަޕްޝަން ނައްތާލުން ހިމެނިފައިވެއެވެ.

ރޮއިޓާސް ނިއުސް އޭޖެންސީން ބުނެފައިވަނީ، މިނިސްޓަރުންނަށް މަހަކު ހަތަރު ހާސް ޑޮލަރާއި، ދެ ކާރާއި، ހިލޭ ތެލާއި، ގެ އަކާއި، ހިލޭ ކަރަންޓާ ފެން ލިބުމުގެ އިތުރުން ސަލާމަތީ ޚިދުމަތްތައްވެސް ސަރުކާރުން ހަމަޖައްސައިދޭ ކަމަށެވެ.

ގާނާގެ އާބާދީ އަކީ 27 މިލިއަން އެވެ.

65 މިލިއަންގެ އާބާދީ އެއް އޮންނަ އިނގިރޭސިވިލާތުގައި ތިއްބަވަނީ 120 މިނިސްޓަރުންނެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ