22 އޭޕުރިލް 2018 | އާދީއްތަ | 01 ބުރުނު

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން

  • ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން އެންމެ ފުރަތަމަ، އުތުރު ކޮރެއާގެ ހަތް ރައްޔިތަކު މެލޭޝިއާ ފުލުހުން ދިޔައީ ހޯދަމުން
އަހުމަދު އަނޫޝު | IamAhmedAnoosh

| 20 މާރޗް 2017 | ހޯމަ 17:00 | |މަރާލައިފައިވާ ކިމް ޖޮން ނަމް -- އޭއެފްޕީ

މެލޭޝިއާގެ އެއާޕޯޓެއްގައި މަރާލާފައިވާ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، "މުހިންމު މީހަކު" ބޭނުންވާ ކަމަށް މެލޭޝިއާގެ ފުލުހުންގެ ވެރިޔާ އާދީއްތަ ދުވަހު ވިދާޅުވެއްޖެއެވެ.

ކިމް ޖޮން ނަމް ގެ ތަހުގީގަށް ބަޔަކު އަދިވެސް ބޭނުންވާ ކަމަށް މެލޭޝިއާ ފުލުހުންގެ ވެރިޔާ، އިންސްޕެކްޓާ-ޖެނެރަލް ހާލިދު އަބޫ ބަކުރު ވިދާޅުވުމުގެ އިތުރަށް، އޭގެތެރޭގައި "މުހިންމު މީހަކު" ހުރި ކަމަށް ވިދާޅުވިއިރު، މިއިން އެއްވެސް ކަމަކާ ބެހޭ ތަފްސީލެއް ފުލުހުންގެ ވެރިޔާ ވިދާޅެއް ނުވެއެވެ. މަރުގެ ތަހުގީގަށް ބޭނުންވާ މީހުންނަކީ "ފަހަރުގައި" އުތުުރު ކޮރެއާ ރައްޔިތުންނަށް ވެދާނެ ކަމަށް ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.

ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން އެންމެ ފުރަތަމަ، އުތުރު ކޮރެއާގެ ހަތް ރައްޔިތަކު މެލޭޝިއާ ފުލުހުން ދިޔައީ ހޯދަމުންނެވެ. ކިމް ޖޮން ނަމް މަރާލި ދުވަހު އޭގެތެރެއިން ހަަތަރު މީހަކު ވަނީ މެލޭޝިއާ ދޫކޮށް ގޮސްފައެވެ. އެމީހުން ދިޔައީ އުތުރު ކޮރެއާ އަށް ކަމަށް ރިޕޯޓުތައް ބުނާއިރު އެ މީހުން ހޯދުމަށް އިންޓަޕޯލް އިން ވަނީ ރެޑް ނޯޓިސް ނެރެފައެވެ. ހަތް މީހުންގެ ތެރެއިން ބާކީ ތިބި ތިން މީހުން ތިބީ މެލޭޝިއާގައި ހުންނަ އުތުރު ކޮރެއާގެ އެެމްބަސީގައި ހިމާޔަތް ހޯދައިގެން ކަމަށް މެލޭޝިއާގެ ފުލުހުން ބުނެއެވެ.

މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުން ފުރަން ވެގެން އެއާޕޯޓަށް ގޮސް ހުއްޓައި ކިމް ޖޮން ނަމް މަރާލާފައި ވަނީ ދެ އަންހެނުން ވެގެން ކިމް ޖޮން ނަމް ގައިގައި ބާރުގަދަ ވިހައެއް ހާކައިގެންނެވެ. މަރާލިތާ މަދު ދުވަސްތަކެއްގެ ތެރޭގައި އެނގިގެން ދިޔައީ ކިމް ޖޮން ނަމް މަރާލައިފައި ވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ކަމަށްވާ "ވީއެކްސް ނާވް އެޖެންޓް" ބޭނުންކޮށްގެން ކަމެވެ.

މެލޭޝިއާއިން ހެދި ޓޮކްސިކޮލޮޖީ ރިޕޯޓުތައް ދައްކާ ގޮތުން ކިމް ޖޮން ނަމް އަށް ހަމަލާ ދިފައިވާ ކެމިކަލް ހަތިޔާރު، "ވީއެކްސް ނާވް އެޖެންޓް" އަކީ އދ. އިން ވެޕަން އޮފް މާސް ޑިސްޓްރަކްޝަން ނުވަތަ ފަނާކުރަނިވި ހަތިޔާރުގެ ގޮތުގައި ކަނޑައަޅާފައިވާ އެއްޗެކެވެ.

ކިމް ޖޮން ނަމްގެ މަރާ ގުޅިގެން ދެއަންހެނަކަށް މެލޭޝިއާއިން ދައުވާ އުފުލާފައިވާއިރު އެ ދައުވާ ސާބިތުވެއްޖެ ނަމަ އެމީހުންގެ މައްޗަށް މަރުގެ ހުކުމް އަންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް