12 ނޮވެންބަރު 2018 | ހޯމަ | 13 ވިހާ
04 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:13
މެންދުރު 11:54
އިރުއަރާ 05:50
ފަތިސް 04:36

ކިމް ކާޑޭޝިއަން

ހަމަލާ ދިން މީހުން ރޭޕް ކޮށްފާނެކަމުގެ ބިރު ގަތް، ސަލާމަތްވާނެ ގޮތެއް ނެތް: ކިމް ކާޑޭޝިއަން

  • ކިމް އަތުން ފޭރުނީ ފުލުހުންގެ ޔުނީފޯމް އަޅައިގެން ތިބި ބައެއް
  • ކިމް އެވަތުގު ހޮޓެލުގައި ހުރީ އެކަނި
  • އެ ހާދިސާއަކީ އޭނާގެ ދިރިއުޅުން ބަދަލުކޮށްލި ހާދިސާއެއްކަމަށް ކިމް ވަނީ ބުނެފައި
އައިޝަތު ޝާނީ | Shaaknee

| 20 މާރޗް 2017 | ހޯމަ 15:43 | |

މަގުބޫލް

  1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  4. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
  5. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
  6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  7. ސޯލާ ޕެނަލްތަކާއެކު އައްޑޫ ހައި ސްކޫލްގެ ކަރަންޓް ބިލް 7،000 ރުފިޔާއަށް ކުޑަވެއްޖެ!
  8. އާ ރަށުގައި ބިނާކުރި ގަނޑުވަރުގެ ފޮޓޯތަކެއް ޢާއްމު ކޮށްފި


"ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް" ސީޒަން 13ގައި ދެވަނަ އެޕިސޯޑްގެ ތެރެއިން -- ގޫގުލް

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޕެރިހުގައި އޭނާއަށް ބިރު ދެއްކުމަށް ފަހު ފޭރިގަތް ހާދިސާއާ ގުޅިގެން މަޝްހޫރު ރިއަލިޓީ ތަރި ކިމް ކާޑޭޝިއަން ބުނީ އެމީހުން އޭނާ ރޭޕްކޮށްފާނެކަމުގެ ބިރު އެވަގުތު އޮޮތް ކަމަށެވެ.

ކިމް މިހެން ހާމަކޮށްފައިވަނީ އާދިއްތަ ދުވަހު އީ ނެޓްވަރކުން ދެއްކި "ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް" ސީރީޒްގެ 13 ވަނަ ސީޒަންގެ ދެވަނަ އެޕިސޯޑްގައެވެ.

  • އޮކްޓޯބަރ މަހު، ޕެރިސް ފެޝަން ވީކް ބެލުމަށް ކިމް ފްރާންސަށް ކުރި ދަތުރުގައި، އޭނާ ހުރި ހޮޓަލް ރޫމަށް ފުލުހުންގެ ޔުނިފޯމް އަޅައިގެން ތިބި ބަޔަކު ވަދެ، ކިމް ބަނުމަށް ފަހު އެތައް މިލިއަން ޑޮލަރުގެ ގަހަނާވަނީ ވަގަށް ނަގާފައެވެ. އަދި ކިމްއާ ދިމާލަށް ބަޑި ދިއްކޮށް ބިރު ދައްކާފައިވާ ކަމަށް ވެސް ރިޕޯޓްތަކުގައި ވެއެވެ.

"މިހާރު ވިސްނާލާއިރު ގަބޫލުކުރެވެނީ މުޅި ދަތުރުގައި ގްރޫޕެއް އަހަރަމެން ފޮލޯ ކުރިކަމަށް. އަހަރެން ދިޔައީ ގޭގައި އެކަނި ހުރިކަން ސްނެޕްޗެޓް ކުރަމުން، އެހެންވީމަ ޕެސްކަލް (ޑްރައިވަރ) ކޯޓްނީއާ އެކު ގޮސް، އަހަރެން އެކަނި ގޭގާއި ހުރިކަން އެމީހުންނަށް އެނގުނީމަ ފުރުސަތު ލިބުނީ،" ކިމް އޭނާގެ ދައްތަ ކޯޓްނީ އާއި ކޮއްކޮ ކްލޯއީއަށް ކިޔައިދޭ މަންޒަރު އެޕިސޯޑުން ފެނެއެވެ.

އެނދުގައި އޮއްވާ ސިޑިން އަރާ އަޑު އިވިގެން ގޮވާލުމުން ޖަވާބެއް ނުލިބުމުން "ވަރަށް ހާސްވި"ކަން ފާހަގަކޮށް ކިމް ބުނީ، "ކަމެއް ގޯސްކަން އެވަގުތު އެނގުނު"ކަމަށެވެ.

ދެން އެހެން ފިރިހެނެއް ބިޑި އަޅުވާފަ ހުރި ފުލުސް ޔުނިފޯމްގައި ހުރި ދެ މީހުން ފެނުނު ކަމަށާއި، ބިޑި އަޅުވާފައި ހުރީ ހޮޓެލްގެ ތިރީގައި މަސައްކަތްކުރާ ކޮންސިއާޖް ކަމަށް ކިމް ބުންޏެވެ.

"ފަހުން އޭނާއާ ވާހަކަ ދެއްކީމަ އަހަރެންނަށް އެނގުނީ އެ މީހުން އައިސް ރޭޕް ކުރާ މީހާގެ އަންހެނުން ކޮބައިތޯ އަހާ ކޮޓަރިއަށް ގެންދިއުމަށް އަމުރު ކުރި. އަދި ދެ ފަރާތުގެ ވާހަކަ ތަރުޖަމާކޮށްދިނީ އޭނާ، އަހަންނަށް ފަރަންސޭސި ބަހެއް ނޭނގެ، އަދި އެމީހުންނަށް އަހަރެން ކިޔާ އެއްޗެއް ނޭނގޭ،" ކިމް ބުނެއެވެ.

އަދި މޭޒު މަތީ އޭނާގެ އަނގޮޓި ފެންނަން އޮތް ކަމަށާއި އޭތި އެމީހުންނަށް ދިނުމަށް ކޮންސިއަޖް ބުނި ކަމަށް ވެސް ކިމް ބުންޏެވެ. އެއަށް ފަހު އޭނާ ދަމާ ހޯލްވޭއަށް ގެންދިޔަ ކަމަށާއި "އެ މީހުން އަތުގައި ހަތިޔާރު ހުރިކަން އެނގުނީ އެވަގުތު" ކަމަށް ވެސް ކިމް ބުންޏެވެ.

  • އެތަނުން ސަލާމަތް ވާނެ ގޮތެއް ނެތް ކަމަށް ކިމް ބުުންޏެވެ.

ކިމް ބުނީ ދެން އަނބުރާ ކޮޓަރިއަށް ގެންދިޔަ ކަމަށާއި، އޭނާއަކީ މަންމައެއް ކަމާއި ގޭގާއި ކުޑަ ކުދިން ތިބިކަން ކިޔައިދުނުމަށް އާދޭސްކުރަމުން ދިޔަ ކަމަށެވެ.

މީގެ އިތުރުން، ކިމް ބުނީ ހަޅޭއްލެވުން ހުއްޓުވުމަށް އޭނާގެ އަނގަ މަތީ ޓޭޕް އެޅިކަމަށާއި، އެއަށް ފަހު ފައިގައި ހިފުމަށް ފަހު ދަމައިގަތްކަމަށެވެ.

"އަހަރެން ހިތައް އެރީ، އާނ މި އަހަރެން ރޭޕް ކުރަނީ، ނަފްސާނީ ގޮތުން ތައްޔާރު ވިން..އެކަމަކު ނުކުރޭ،" ކިމް ބުންޏެވެ. އޭގެ ބަދަލުގައި ފައިގަައި ޓޭޕް އަޅާ، ބޮލުގައި ބަޑި ޖެއްސިކަމަށް ކިމް ކިޔައިދެއެވެ.

ދެން މަރުވާން ތައްޔާރުވިކަމަށާއި، އެވަގުތު އާއިލާއާއި ފިރިމީހާއާއި މަންމަ މަތިން ހިތައްއެރިކަމަށް ކިމް ބުންޏެވެ. އޭނާގެ ގަހަނާ ކޮޅު ހިފައިގެން، އޭނާ ބާތްޓަބަށް ލާފައި އެމީހުން ދިޔައީ ކަމަށް ކިމް ބުންޏެވެ. އަދި އެމީހުން ހުރިހާ އެއްޗެއް ހިފައިގެން ފިލިތާ މާ ގިނަ އިރުތަކެއް ނުވަނީ ޕަސްކެލް އަނބުރާ އައި ކަމަށާއި، އައިސް ފުލުހުންނަށް ގުޅިކަމަށް ކިމް ބުންޏެވެ. އަދި ވަރަށް އަވަހަށް މަންމަ ކްރިސް ޖެނަރއާއި ކޯޓްނީއާއި ކޮއްކޮ ކެންޑަލް އޭނާ ކައިރިކަމަށް ބުންޏެވެ.

ކިމް އަށް ހަމަލާދިން އިރު ފިރިމީހާ، ރެޕް އާޓިސްޓް ކާންޔޭ ވެސްޓް ޝޯވއެއް ދޭން ހުރި ނަމަވެސް، ހަބަރު ލިބުމާ އެކު ޝޯވ ވަގުތުން ހުއްޓާލުމަށް ފަހު ކިމް ކައިރިއަށް ދިޔައެވެ. އަދި ދެ މީހުން އެކުގައި ވަނީ އެމެރިކާގެ ނިއު ޔޯކްއަށް ދަތުރުކޮށްފައެވެ. އެ މީހުންގެ ދެ ކުދިން، ތިން އަހަރުގެ ނޯތު ވެސްޓާއި އެއް އަހަރުގެ ސެއިންޓް ވެސްޓް އެވަގުތު ތިބީ ނިއު ޔޯކް ގައެވެ.

އެޕިސޯޑް އެއަރ ކުރުމަށް ފަހު، ކިމް ވަނީ ޓްވިޓަރ މެދުވެރިކޮށް އޭނާގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށް، އެ ކަންތައް ޝޯވގައި ހިއްސާ ކުރީ އޭނާގެ ދިރިއުޅުމުގައި ހިނގި އެންމެ ބޮޑު އެއް ހާދިސާއަށް ވުމުން ކަމަށެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް