29 މެއި 2017 | ހޯމަ | ރޯނު 10 | 3 ރަމަޟާން 1438 | މަޣްރިބް: 18:15

ޕްރިމިއާ ލީގު: އާސެނަލް ފަހަތަށް ޖައްސާލުމަށްފަހު ޔުނައިޓެޑް ފަސްވަނައަށް

  • ޔުނައިޓެޑް އޮތީ ލިބުނު 52 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސްވަނައިގައި
  • މިޑްލްސްބްރާ ލިބުނު 22 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 19 ވަނައިގަ

| | | MrLeevaan | |



ޔުނައިޓެޑްގެ ފެލާނީ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ -- ފޮޓޯ:ގޯލް.ކޮމް

ޕްރިމިއާ ލީގުގައި އާސެނަލް ފަހަތަށް ޖައްސާލުމަށްފަހު މެންޗެސްޓާ ޔުނައިޓެޑް ޕޮއިންޓް ތާވަލުގެ ފަސްވަނަ އަށް ޖެހިލައިފި އެވެ.

އާދީއްތަ ދުވަހު ހަވީރު ކުޅުނު މި މެޗު މިޑިލްސްބްރާއާ ވާދަކޮށް ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ.

މިޑިލްސްބްރާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅުނީ ޔުނައިޓެޑުންނެވެ. އެގޮތުން މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އެޓީމުންނެވެ. މި ލަނޑު 30 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފެލާނީ އެވެ.

މި ލަނޑަށްފަހުވެސް ޔުނައިޓެޑުން ދިޔައީ މިޑިލްސްބްރާގެ ގޯލަށް ނުރައްކާކުރަމުންނެވެ. އެހެންނަމަވެސް ފުރަތަމަ ހާފް ނިމިނު 0-1 ގެ ނަތީޖާއަކުން މިޑިލްސްބްރާގެ މައްޗަށް ޔުނައިޓެޑް ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޔުނައިޓެޑުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ލީޑު ފުޅާކޮށްފައެވެ. މި ލަނޑު 62 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ލިންޑަގާޑް އެވެ. މި ލަނޑަށްފަހުވެސް ޔުނައިޓެޑަށް ވަނީ ލީޑު ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މިޑްލްސްބާ އިން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނު 77 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޖެސްޓެޑް އެވެ. މި ލަނޑާއެކު ޔުނައިޓެޑުން ވަނީ ފަހަތަށް ޖެހިގެން ކުޅެފައެވެ.

މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ތިންވަނަ ލަނޑު އަދި މެޗުގެ ފަހު ލަނޑު އިތުރުވަގުތުގެ ތެރޭގައި އެޓީމަށް ކާމިޔާބުކޮށްދިނީ ވެލެންސިއާ އެވެ. މި ނަތީޖާއާއެކު ޔުނައިޓެޑް އޮތީ ކުޅުނު 27 މެޗުން ލިބުނު 52 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސްވަނައިގައެވެ. މެޗުން ބަލިވި މިޑްލްސްބްރާ އޮތީ ކުޅުނު 28 މެޗުން ލިބުނު 22 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 19 ވަނައިގަ އެވެ.

އެންމެ ފަހުގެ
ކޮމެންޓް