20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ފްރީހޯލްޑް ކުރުން

ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

  • ފްރީހޯލްޑް ކުރުމަކީ ބިން މިލްކު ކުރުން
  • ލީސްހޯލްޑް ކުރުމަކީ ދިގު މުއްދަތަށް ކުށްޔަށް ދިނުން
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 19 މާރޗް 2017 | އާދީއްތަ 17:19 | |

މަގުބޫލް

  1. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  2. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  3. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  4. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  5. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން
  8. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޓީއެފްޖީ ލޯންގް ރަން 2019 ގައި ބައިވެރިވެވަޑައިގެންފި


ރާއްޖޭގެ ރިސޯޓެއް -- ގޫގުލް

އިގްތިސާދީ ގޮތުން ނިންމާ ނިންމުންތަކަކީ އަބަދުވެސް އެންމެ ބޮޑެތި ފާޑުކިޔުންތައް ކުރިމަތިވާ ކަންކަމެވެ. ރާއްޖޭގައި މިހާރު އެންމެ ބޮޑަށް، ޚާއްސަކޮށް އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަ އަކީ ފ. އަތޮޅު ބޭރުގެ ބަޔަކަށް ވިއްކާލުން ނުވަތަ މިލްކުވާ ގޮތަށް ދިނުމުގެ ވާހަކަ އެވެ. ގައުމުގެ ބިމުން ބައެއް އެއްކޮށް ދިނުމުގެ ވާހަކަ އަކީ، ހިކިފަސް ބިން މަދު ރާއްޖޭގެ ގިނަ ރައްޔިތުންނަށް އަޑުއަހަން އެހާ ފަސޭހަ ވާހަކަތަކެއް ނޫނެވެ.

ބިން ވިއްކުމުގެ ވާހަކައާ ދެކޮޅަށް ސަރުކާރުގެ އިދިކޮޅު ފަރާތްތަކުން ތާ އަބަދު ފާޑު ކިޔަމުންދާ އިރު ސަރުކާރުން ވެސް ވަނީ ފްރީހޯލްޑް އުސޫލުން ފ. އަތޮޅުން ބިން ދޫކުރުމަށް ނިންމާފައިވާ އިރު އެއީ ގާތްގަނޑަކަށް 10 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއްކަން ފާހަގަކޮށްފަ އެވެ. 10 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓްގެ މާނައަކީ ކޮންމެހެން އެ އަދަދަށް ފައިސާ ސަރުކާރަށް ލިބުން ނޫން ކަމަށްވެސް ވެދާނެ އެވެ. އޭގެ މާނައަކީ އެތަކުގައި އެވަރުގެ އިންވެސްޓްމެންޓެއް ކުރެވޭނެ ވާހަކަ އެވެ.

ފްރީހޯލްޑް އުސޫލުން ބިން ދޫކުރުމުގެ މާނައަކީ ބަޔަކަށް ބިން އެއްކޮށް ވިއްކާލުމެވެ. އެ ބިން ގަންނަ މީހާ، މަރުވުމުން އެބިން ވާރުތަވާނީވެސް އެ ބިން ގަތް މީހާގެ އާއިލާ އަށެވެ. އެ ބިމަށް ހަދަން ބޭނުން ކޮންމެ ގޮތެއް ހެދުމުގެ ބާރު ލިބޭނެ އެވެ. ބޭނުންވެއްޖެ ހާލަތެއްގައި އެހެން ބަޔަކަށް ވިއްކާވެސް ލެވިދާނެ އެވެ. ނުވަތަ ކުއްޔަށްވެސް ދެވިދާނެ އެވެ.

 ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ބިން ގަތުމަކުގެ ނިޒާމަކީ ހަމައެކަނި އެގައުމެއްގެ އިގްތިސާދާ ގުޅިފައިވާ ކަމެއްގެ ބަދަލުގައި އެގައުމެއްގެ ރައްޔިތުންނާ ސަގާފަތާ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިލާމެހިފައިވާ ކަމެކެވެ. އެހެން ކަމުން ބިމާ ގުޅޭ ކަންކަމަކީ މީހުންގެ ޖަޖްބާތުތަކާ ގުޅިލާމެހިފައިވާ ކަމެކެވެ. ޚާއްސަކޮށް ރަށްފުށުގެ ރައްޔިތުންނަށް މިކަމުގެ އަސަރު ކުރާލެއް ބޮޑުވެ އެވެ. ސަބަބަކީ އެމީހުންގެ ދިރިއުޅުމާއި އާމްދަނީ ހޯދުމުގެ ކަންކަން އެންމެ ބޮޑަށް ބަރޯސާވެފައިވަނީ ދިރިއުޅޭ ސަރަހައްދުގެ ބިން ޝާމިލުވާ ކަންކަމަށެވެ. މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ މަސައްކަތް ކުރާ ފަރާތްތަކަށް ކަނޑާ ބިން ތަކަކީ ހަމަގައިމުވެސް އެންމެ މުހިއްމު ތަންތަނެވެ. ޚާއްސަކޮށް ރާއްޖޭގައި މަސްވެރިކަންކުރާ ފަރާތްތަކަށް ފްރީހޯލްޑް އުސޫލުން ގައުމުގެ ބައެއް ދިނުމުން، އެއްވެސް ހުރަސްތަކެއް ނެތި މަސްވެރިކަންކުރާ ފަރާތްތަކަށް ކުއްލިއަކަށް ވަކި ސަރަހައްދުތަކަށް ނުވަދެވޭނެއޭ ބުނުމުން އެކަން ބަލައިގަންނަން ފަސޭހަ ނުވެދާނެ އެވެ.

ކޮންމެ އަކަސް ބިން މިލްކު ކުރެވޭ ގޮތްވުމަކީ ހަމައެކަނި ރާއްޖޭން ކުރަން އުޅޭ ކަމެއްވެސް ނޫނެވެ. މިއީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އެކި އުސޫލުތަކުގެ ތެރެއިންވެސް ކުރަމުން އަންނަ ކަމެކެވެ.

މިދިއަ އަހަރުގެ އާއްމުކޮށްފައިވާ ފައިނޭޝަންޝިއަލް ފްރީޑަމް އިންޑެސްގައި ހާމަކޮށްފައިވާ ގޮތުން ފްރީހޯލްޑް އުސޫލުން ނުވަތަ މިލްކު ކުރެވޭ ގޮތަށް އިންވެސްޓަރުންނަށް ބިން ދޫކުރާ ގައުމުތަކުގެ ތެރޭގައި އެމެރިކާ، ކެނެޑާ، ރަޝިއާ، އާޖެންޓީނާ، ބްރެޒިލް، ސައުދީ އަރަބިއްޔާ ފަދަ ގައުމުތަށް ހިމެނެ އެވެ. އޭޝިޔާގެ ގައުމުތަކަށް ބަލާ އިރު އިންޑިޔާ، ޕާކިސްތާން، މެލޭޝިއާ، ތައިލެންޑް އަދި ސންގަޕޫރުފަދަ ގައުމުތަށް ހިމެނެ އެވެ. ބިން ފްރީހޯލްޑް އުސޫލުން ދޫނުކުރާ ގައުމުތަކުގެ ތެރޭގައި ޗައިނާ، އަފްގާނިސްތާނު، އީރާނު، އިންޑޮނޭޝިއާ، ފަދަ ގައުމުތަށް ހިމެނެ އެވެ. މުޅިން ފްރީހޯލްޑް އަށް ނުދީ އެހެން ނަމަވެސް ވަކި އުސޫލުތަކެއް ނުވަތަ ޝަރުުތުތަކެއްގެ ތެރެއިން ބިން ދޫކުރާ ގައުމުތަކުގެ ތެރޭގައި ލީބިޔާ، އޮސްޓްރޭލިއާ، ސްރީލަންކާ ފަދަ ގައުމުތައް ހިމެނެ އެވެ.

ރައްޖޭގައި ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނެސްފައިވާ އިރު ރާއްޖޭގެ ބިމަކީ ލިމިޓެޑް ރިސޯސްއަކަށް ވުމުން، ބިން މިފަދަ ގޮތަކަށް ދޫކުރުމަށް ކުރާނެ އަސަރު ތަފާތެވެ.

އިނގިރޭސިވިލާތުގައި ފްރީ ހޯލްޑް އުސޫލުން ބިން ގަތުމުން އެބިން އެހެން ފަރާތަކަށް ވިއްކުމާއި، އެ ބިމަށް ބޭނުންވާ ކޮންމެ ގޮތެއް ހެދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ލީސްހޯލްޑް އުސޫލުން ބިން ގަތުމުން އެ ބިން 50 އަހަރާއި 75 އަހަރާއި 99 އަހަރަށް ގަތުމުގެ ފުރުސަތު ބޮޑުވެގެންދާ އިރު ބައެއް ހާލަތްތަކުގައި އެ މުއްދަތު އިތުރު ކުރުމުގެ ފުރުސަތުވެސް ލިބިގެންދެ އެވެ. ރާއްޖޭގައިވެސް އަންނަނީ މި އުސޫލުގެ ދަށުން ބިން ދޫކުރަމުން ނެވެ.

އިނގިރޭސި ވިލާތުގައި މިދެ ގޮތަށް ވެސް ބިން ގަނެވެ އެވެ. އެހެން ނަމަވެސް ޗައިނާގައި ހަމައެކަނި ބިން ދޫކުރަނީ ލީސްހޯލްޑް އުސޫލުންނެވެ.  ސިންގަޕޫރުގައި ފްރީހޯލްޑް އުސޫލުން ބިން ގަނެވެނީ ވަކި ސަރަހައްދުތަކެއްގަ އެވެ. ސްރީ ލަންކާގައި ފްރީ ހޯލްޑަށް އުސޫލުން 1963 ވަނަ އަހަރުން ފެށިގެން ހުޅުވަލާފައިވީ ނަމަވެސް އެގައުމުން 2013 ވަނަ އަހަރުވަނީ މި އުސޫލަށް ބަދަލުތަކެއް ގެނެސްފަ އެވެ.

ފްރީހޯލްޑް އުސޫލުން ބިން ދޫކުރުމުން ގަންނަ މީހާއަށް ހަމަގައިމުވެސް ބޮޑެތި ފަސޭހަތަކެއް ލިބޭނެ އެވެ. އެގޮތުން ފްރީ ހޯލްޑް އުސޫލުން ތަނެއް ގަންނަން ބޭނުން ނަމަ، އަގު ބޮޑުވި ނަމަވެސް ބިން މިލްކު ކުރުމަކީ ހަމަގައިމުވެސް މުސްތަގްބަލަށް ލިބޭނެ ވަރަށް ބޮޑު ފައިދާ އެކެވެ. ނަމަވެސް ފްރީހޯލްޑް އުސޫލުން ބިން ދޫކުރުމުން ބިން ވިއްކާ ފަރާތަކަށް ލިބޭނީ ހަމައެކަނި އެބިމެއް ގަތުމުން ލިބޭ އަގެވެ. 


މާބޮޑު ޕްލޭނެއް ނެތި، ހާސިލް ކުރާނެ ލަނޑުދަނޑިތަކެއް ކަނޑަނާޅާ ފްރީހޯލްޑް އުސޫލުން ބިން ދޫކުރުމަށް، ގައުމަށް ފޫނުބެދޭ ވަރުގެ ގެއްލުމެއް ލިބޭނެ އެވެ. ބިންވެރިކަމަކީ، ހަމަގައިމުވެސް ގައުމެއް ބާރުވެރިކަން ދައްކުވައިދޭ އެއްޗަކަށްވާ އިރު އެންމެ އިހު ޒަމާނުގައި ގައުމުތަށް ހިސާރު ކުރަނީވެސް، އެބައެއްގެ ބާރުވެރިކަށް އިތުރު ކުރުމަށެވެ.

ރާއްޖެއަކީ އުފެދުމުގައިވެސް ހިކިފަސް ބިން މަދު ގައުމަކަށްވާއިރު ދެމެހެއްޓެވިނި ގޮތެއްގައި ބިން ބޭނުން ކުރުމާއި، ކުރިއަށް ޖީލްތަކަށް ފާގަަދިކަން ލިބޭނެ ގޮތަކަށް ގައުމުގެ ކަންކަން ޕްލޭން ކުރަންޖެހެ އެވެ. އެއްވެސް ޕްލޭނެއް ނެތި ބިން ދޫކުރުމުން، މިގައުމަށް ފަހަރުގައި ބޭރުގެ ނުޒޫފުތައް އިތުރުވެ، ގައުމުގެ މިނިވަންކަމަށް ހުރަސްތަކެއް އެޅިގެން ހިނގައިދާނެ ކަމާ މެދު ވެސް ވިންނަންޖެހެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް