19 ޖޫން 2018 | އަންގާރަ | 03 އަދަ
އިމްސާކް 04:15
05 ޝައްވާލް 1439
އިޝާ 19:39
މަޣްރިބް 18:20
އަސްރު 15:35
މެންދުރު 12:11
އިރުއަރާ 05:55
ފަތިސް 04:36

މަގޭ ރިޕޯޓް

ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް

 • މިހާރު މިފެންނަނީ ކޮން މަންޒަރެއް ބާވައެވެ؟
 • ހާލަތު ބަދަލުވުމަކުން މި ހަނދާންތައް ކެހިގެންދާކަށް ނުޖެހެއެވެ.
 • ބާތިލްކަންތައް ހައްގުކަމުގައި ހަދަން އުޅުމަކީ ދެރަކަމެކެވެ.
ސަހުބާން ފަހުމީ | sahubaan

| 19 މާރޗް 2017 | އާދީއްތަ 06:33 | |

މަގުބޫލް

 1. ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
 2. އާޖެންޓީނާ، އައިސްލޭންޑް މެޗަށްފަހު އުފެދުނު އެންމެ ބޮޑު ސުވާލު: މީހަކު މިހާ ލޯބިވަނީ ކިހިނެތް؟
 3. ސިވިލް ސާވިސް މުވައްޒަފުންގެ ޒާތީ މައުލޫމާތު ޔާމީން ކެމްޕޭން އޮފީހަށް އެނގޭތީ މުވައްޒަފުން ކަންބޮޑުވަނީ!
 4. ބުނާގޮތް ނުހަދައިގެން ކްރޮއޭޝިއާގެ ކުޅުންތެރިއަކު ރަށަށް ފޮނުވާލަން ނިންމައިފި
 5. ފާރިސްގެ ދިފާއުގައި ހެކިބަސް ދޭން ޕީޕީއެމް މަޖިލިސް މެމްބަރުން ދެކޮޅު ހަދައިފި
 6. ތައިލެންޑްގެ ޝާހީ އާއިލާގެ މުދާތައް ރަސްގެފާނުގެ ނަންފުޅު މައްޗަށް ބަދަލުކޮށްފި
 7. ކޮންމެހެން ފުރުސަތު ދެއްވާކަން ދައްކަން ކޯޓަށް ހާޒިރު ކުރާނެ ކަމެއް ނެތް: ފާރިސް މައުމޫން
 8. ސަލްމާން އަށް ވަރުގަދަ ރައްދެއް ރަންބީރު ދީފި!


ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީން -- އާކައިވް

ރައީސް ނަޝީދު  ޖަލަށް ލުމަށް ކޯޓުން އިއްވި ނިޔާ އިންސާފުވެރިކަމަށް އަހުރެން ގަބޫލެއް ނުކުރަމެވެ. މިހެން ބުނީމާ ދެން އަހުރެންނަކީ ނަޝީދުގެ ސަޕޯޓަރަކަށް ހެދިޔަސް ވަރިހަމަ އެވެ.

ނަޝީދުގެ ވެރިކަމުގައި ހުރިހާކަމެއް ހިނގާފައިވަނީ ރަނގަޅަށް ކަމަށް ވެސް އަހުރެން ނުދެކެމެވެ. މިހެން ބުނީމާ އަހުރެން މިއީ ސަރުކާރަށް ވިކި ހުސްވެފައި ހުރިމީހަކަށް ހެދިޔަސް މައްސަލައެއް ނެތެވެ.

އަހުރެންގެ އަޚުންނޭވެ. ކަންތައް ހިނގާ ނުހިނގާގޮތް ބަލައި ބުއްދީގެ ތަރާދުން ކަންކަން މިނެ ކިރުމުގެ އާދަ ގެންގުޅެން ފަށާކަށް ނުވޭ
ހެއްޔެވެ؟ އެހެން ނޫނީ ރައްޓެހިންނާއި އަރާރުންވެ ކޮންމެވެސް ޕާޓީއެއްގެ ފިކުރުގައި ދެކޮޅު ނުޖެހޭ ބަހުސްތަކުގައި ޝާމިލުވެ ތިބުން ފިޔަވައި އެހެން ކަމެއް ކުރެވޭ ތަނެއް ނާންނާނެއެވެ. މިއީ އެންމެންގެ ވެސް ގައުމެވެ. އަސުރުމަލުގެ ގައުމެވެ. ޗަމްޕާޕޫލުމަލުގެ ވެސް ގައުމެވެ. ގައުމު ގައުމަކަށް މިވަނީ މިހުރިހާ މަލުގެ ވަސް މަސްހުނިވުމުންނެވެ. އަހުރެމެން ރުހުނަސް ނުރުހުނަސް ހަގީގަތަކީ މިއެވެ.

ދެހާސް ތޭރަވަނަ އަހަރު އިންތިޚާބުވި ރައީސްގެ ވެރިކަމުގައި ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ދައުވާކޮށް މާޗް މަހުގެ ތޭރަވަނަ ދުވަހުގެ ރޭ ތޭވީސް ގަޑި ތޭރައިގައި، ތޭރަ އަހަރުގެ ހުކުމެއް ތޭރަ މިނިޓުގެ ބަޔާނަކުން އިއްވައި ހަމަ އެރޭމެ ތޭރަ މީހުން ހައްޔަރުކޮށް ހުރިހާ ކަމެއް ތޭރައިން ނިންމާލި ނިންމާލުމަކީ އިންސާފެކޭ ބުނާނީ އިންސާފަކީ ކޯޗެއްކަން ނޭނގޭ މީހެކެވެ. އަދި މިހުރިހާ އަދަދުތަކަކީ އިއްތިފާގެކޭ ބުނާނީ ވެސް ހަމަވިސްނުމަކުން ވިސްނަން ނޭނގޭ މީހެކެވެ.

ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި ކަންކަން ހިނގައި ދިޔަ ގޮތް ބަރާބަރުކަމަށް ދުށުމަކީ ވެސް ހަމަ މިފަދަ ކަމެކެވެ. އަބްދުﷲ ގާޒީ އިންސާފުން ބޭރުން ހުކުމް ކުރާ ކަމަށް ގިނަ ރައްޔިތުން ތުހުމަތު ކުރި ފަނޑިޔާރެކެވެ.  އެކަމަކު މައްސަލައަކީ އޭނާ ހައްޔަރުކުރެވުނު ގޮތެވެ. ނަޝީދުގެ ވެރިކަމުގައި ހައްޔަރު ކުރެވުނީ ހަމައެކަނި އަބްދުﷲ ގާޒީއެއް ނޫނެވެ. ޑރ ޖަމީލު ހައްޔަރުކުރެވުނެވެ.

ސަންދާނު އަހަންމައިދީ އާއި ޑރ. ހަސަން ސައީދު ފަދަ ބޭފުޅުން ދޭތެރެ އަވަސްކޮށް ފުލުސް އޮފީހަށް ހާޒިރު ކުރެވުނެވެ. ޔާމީނާއި ގާސިމް ވެސް ހައްޔަރުކުރެވުނެވެ. އަދިވެސް ކިތަންމެ ބައެކެވެ.

އޭރު އަސުރުމަލުގެ އަހުލުވެރިންވެސް ބުނަމުން ދިޔައީ ހޯހޯއޭ އެވެ. ގާނޫނުއަސާސީގައި އޮތީ ތިޔަހެން ނުހެދޭނެޔޭ އެވެ. ޗަމްޕާޕޫލުމަލުގެ އަހުލުވެރިން ވެސް ގަދަބަސް ބުނެ، ބާރު ވެސް ދެއްކި އެވެ. މިހާރު މިފެންނަނީ ކޮން މަންޒަރެއް ބާވައެވެ؟ މިހާރުވެސް ހަމަ އެމަންޒަރެވެ. އެކަމަކު ކޮޅު އޮތީ ބަދަލުވެފައެވެ. މިކަމުން އަހުރެންނަށް ލިބުނު ފިލާވަޅަކީ ދިވެހިން ގާނޫނުއަސާސީގެ މަތިން ހަނދާންކޮށް ހެއްދެވި ފަރާތުން ވާގި ލިބިގަތުމުގެ ވިސްނުން ގެންގުޅެނީ އަނިޔާލިބި ނިކަމެތިކަން އިހުސާސްވާ ދަނޑިވަޅުގައި ކަމެވެ.

މިދައްކަނީ މާއިހުގެ ވާހަކައެއް ނޫނެވެ. މިއީ އިއްޔެއާއި މިއަދުގެ ވާހަކައެވެ. ހާލަތު ބަދަލުވުމަކުން މި ހަނދާންތައް ކެހިގެންދާކަށް ނުޖެހެއެވެ. މާދަމާ އަނެއްކާވެސް ހާލަތު ބަދަލުވެދާނެއެވެ. ބާރު ގެއްލި ނިކަމެތި ވެދާނެ އެވެ.

ގާނޫން އަސާސީން ލިބިދޭ ހައްގުތަކަށް ބަރޯސާކުރަން ޖެހިދާނެއެވެ. އެދުވަސް އައުމުން ތިޔަބައިމީހުންގެ ވާހަކަ އޮށްޓަރުހުރި ވާހަކައަކަށް ވަނީ ބާރު އޮވެފައި ތިޔަބައިމީހުން އެ ހައްގުތަކަށް އިއުތިރާފް ވެފައިވާނަމަ އެވެ. އެހެން ނޫނީ ތިޔަބައި މީހުންގެ އާދޭސްތައް އަޑުއިވުނީމާ އަނެއް ބަޔަކު ހިނި އަންނަ ގޮތް ވެދާނެ އެވެ.

މީހުންނާއި ނުފޫޒާއި ފައިސާއަށް އަޅުދާސްވުމަކީ ދެރަކަމެކެވެ. ބާތިލްކަންތައް ހައްގުކަމުގައި ހަދަން އުޅުމަކީ އަދި އެއަށް ވުރެ ދެރަކަމެކެވެ. ރައީސް މައުމޫން ކުރެއްވިޔަސް ރައީސް ޔާމީނު ކުރިއަސް އަދި ރައީސް ނަޝީދު ކުރިއަސް ގޯހެއްވާނީ ގޯހަކަށެވެ.
 

އެވަރު ދެނެގަންނަން ނޭނގި ގައުމުގެ މަސްލަހަތަށް ވުރެ އެހެނިހެން މަސްލަހަތުތައް އިސްކުރެވޭ ކަމުގައި ވާނަމަ މިވަޅުގަނޑުން އަރައިގަނެވޭ ތަނެއް ނާންނާނެއެވެ. އޭގެ ގެއްލުމާއި ހަލާކު އޮތީ ހަމަ އަހުރެމެންނަށެވެ.

 މިއީ ގައުމުގެ ހާލަތެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް