14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ޕީއެޗްޑީ ގިނަ ގައުމު

ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

  • ލިސްޓުގެ ކުރީގައި އޮތް އެމެރިކާގައި ޕީއެޗްޑީ ހާސިލްކޮށްފައިވާ 67،449 މީހުންއެބަތިބި
އަބުދުﷲ މުހައްމަދު | 8Abbo

| 18 މާރޗް 2017 | ހޮނިހިރު 18:24 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  5. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  6. ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާނަން: ބޮޗޭ
  7. ވެލެޒިނީ ހައްޔަރު ކޮށްފި
  8. ބަޖެޓްގައި ފްލެޓް މަޝްރޫއުގެ ވާހަކައެއް ނެތް، ސަޕްލިމެންޓަރީ ބަޖެޓަކަށް ވިސްނަނީ!


ލިސްޓުގެ ކުރީގައި އޮތް އެމެރިކާގައި ޕީއެޗްޑީ ހާސިލްކޮށްފައިވާ 67،449 މީހުންއެބަތިބި -- ގޫގުލް

ތައުލީމުގެ އެކި ހަރުފަތްތަކުގެ ތެރެއިން އެންމެ މަތީ ހަރުފަތެއްގެ ގޮތުގައި ބަލަނީ ޕީއެޗްޑީ ނުވަތަ ޑޮކްޓަރޭޓް ހާސިލްކުރުމެވެ.

ތައުލީމަކީ ކުރިއެރުން ގެނެސްދޭ އެންމެ މުހިއްމު އެއް ވަސީލަތް ކަމަށްވާއިރު، މަތީ ތައުލީމް ހާސިލްކުރާ މީހުންގެ ނިސްބަތް ގިނަ ގައުމުތަކުން ކުރިއެރުންތައް ހޯދާ މިންވަރުވެސް މައްޗެވެ.

މި ރިޕޯޓްގައި މި ބަލާލަނީ ޕީއެޗްޑީ ނުވަތަ އެންމެ ގިނަ ޑޮކްޓަރޭޓުން ތިބި ގައުމުތަކަށެވެ

އެންމެ ފަހުން 2014 ވަނަ އަހަރާ ހަމައަށް ލިބިފައިވާ ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ އެމެރިކާގައެވެ. އެ ގައުމާ އެންމެ ގާތުން ވާދަކުރާ ޖަރުމަނުވިލާތާ އަޅާ ބަލާއިރުވެސް ދެގުނައަށްވުރެ މައްޗެވެ. އެމެރިކާގައި ޕީއެޗްޑީ ހާސިލްކޮށްފައިވާ 67،449 މީހުންތިބިއިރު ޖަރުމަނު ވިލާތުގައި ޕީއެޗްޑީ ހާސިލްކޮށްފައި ތިބީ 28،147 މީހުންނެވެ. ތިންވަނައަށް އެންމެ ގިނައިން ޕީއެޗްޑީ ހާސިލްކޮށްފައިވާ އިނގިރޭސި ވިލާތުގައި ޕީއެޗްޑީ ނަގާފައިވާ 25،020 އެބަ ތިއްބެވެ.

ހަތަރު ވަނައިގައިވަނީ އޭޝިއާގެ ބޮޑުބާރެއްކަމަށްވާ އިންޑިއާއެވެ. އެ ގައުމުގައި ޕީއެޗްޑީ ހާސިލްކޮށްފައިތިބި 24،300 މީހުން އެބަ ތިއްބެވެ.

ފަސްވަނައިގައި  އޮތް ޖަޕާނުގައި ޕީއެޗްޑީ ހާސިލްކޮށްފައި ތިބި މީހުންގެ އަދަދަކީ އެމެރިކާއާ އަޅާބަލާއިރު ހަތަރުބައިކުޅަ އެއްބައެވެ. އެ ގައުމުގައި ޕީއެޗްޑީ ހާސިލްކޮށްގެން ތިބި މީހުންގެ އަދަދަކީ 16،039އެކެވެ.

މި ލިސްޓްގެ ހަ ވަނައިގައި ފްރާންސް އޮތް އިރު ހަތްވަނައިގައި ވަނީ ދެކުނު ކޮރެއާއެވެ.

ފްރާންސްގައި ޕީއެޗްޑީ ހާސިލްކޮށްފައިވާ 13729 މީހުން ތިބި އިރު ދެކުނުކޮރެއާގައި ތިބީ 12،931 މީހުންނެވެ.

ދާދި އެއްހަމައެއްގައި 10،889 މީހުންނާއެކު ސްޕެއިން އަށްވަނައިގައި އޮތްއިރު 10،678 މީހުންނާއެކު ނުވަ ވަނައިގައި އޮތީ އިޓަލީއެވެ.

އޮސްޓްރޭލިއާގައި 8،400 މީހުން ތިބިއިރު އެ ގައުމަކީ މި ލިސްޓްގެ ދިހަވަނައެވެ.

އާބާދީއާ އަޅާ ކިޔާލުމަށްފަހު މިލިސްޓަށް ބަލައިފި ނަމަ ފެންނަ މަންޒަރު ތަފާތުވާނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް