25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ޑަންޑަނާ ބޭންޑް

ޑަންޑަނާ ބޭންޑް ކޮބާ؟

  • ބޭންޑް ރޫޅިފައިވަނީ 2004 ވަނަ އަހަރު ކުރިމަތި ސުނާމީ ކާރިސާއަށްފަހު، ބޭންޑްގެ މެމްބަރުންގެ މެދުގައި ހިޔާލުތަފާތު ވުމުން
މުހައްމަދު ފަޒީން | phaxyn

| 18 މާރޗް 2017 | ހޮނިހިރު 17:44 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  7. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


ޑަންޑަނާ ބޭންޑުގެ ޑްރަމަރު އަދި ލަވަކިޔުންތެރިޔާ އަހުމަދު ޝަފީޤް (އަފަގެ) -- ރާއްޖެއެމްވީ

ދިވެހިރާއްޖޭގައި އުފެދުނު މިއުޒިކް ބޭންޑްތަކުގެ ތެރެއިން ރާއްޖޭގެ ރަށަކަށް ނިސްބަތްވާ އަދި ރާއްޖޭގެ އެންމެ މަޝްހޫރު އެއް ބޭންޑަކީ "ޑަންޑަނާ ބޭންޑް" އެވެ. އެ ބޭންޑަކީ ރާއްޖޭގެ ދެކުނުގައި އޮންނަ ޏ. ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ ބޭންޑެކެވެ.

 

ޑަންޑަނާ ބޭންޑު އުފެދުނީ 1999 ވަނަ އަހަރު އެވެ. ބޭންޑް އުފެދުމަށްފަހު ރާއްޖޭގެ ރައްޔިތުންގެ މަގްބޫލުކަން ހޯދާފައިވާ އެ ބޭންޑް އުފެދުނުތާ ފަސް އަހަރުފަހުން ރައްޔިތުންގެ ލޯމަތިން ވަނީ ގެއްލިފަ އެވެ.

 

ޑަންޑަނާ ބޭންޑް އުފެއްދުމުގައި އެންމެ އިސްކޮށް ހުރީ މަޝްހޫރު ނަމުންނަމަ އަފަގެ އެވެ. އަހުމަދު ޝަފީގް "އަފަގެ" އަކީ ފުވަމުލަކުގައި އެންމެ މަޝްރޫހު އަދި އެންމެ ނުފޫޒުގަދަ އާއިލާގެ މެމްބަރެކެވެ.

 

އަފަގެ އަކީ ޑަންޑަނާ ބޭންޑްގެ ޑްރަމަރެވެ. އަދި ލަވަކިޔުން ތެރިޔެކެވެ.

 

"ބޭންޑް އުފެދުނީ 1998 ވަނަ އަހަރު، އެގޭފަހުން އަހަރެއްގެ ތެރޭގައި ރާއްޖޭގެ ރައްޔިތުން ބަލައިގަންނަ ބޭންޑަކަށް ބޭންޑް ވެގެންދިޔަ، އެއީ ބޭންޑްގެ ހުރިހާ މެމްބަރުން ކުރި ބުރަ މަސައްކަތުން ބޭންޑް އެފެންވަރަށް ދިޔައީ."

 

އަފަބެ ބުނީ ޑަންޑަނާ ބޭންޑު އުފެދިގެންއައީ އޭރު އެރަށުގައި މިޔުޒިމް ކުޅެމުންއައި އޭނާގެ ބޭބޭ ހަސަން ޚާލިދު ދިން ހިޔާލެއް ދަށުން ކަމަށެވެ. އަދި އާމްދަނީއެއް ލިބޭގޮތަށް ރަސްމީކޮށް ޑަންޑަނާ ބޭންޑު އުފެއްދިއިރު ރަނގަޅު ޓީމެއް އޮތް ކަމަށާއި ޑަންޑަނާ ބޭންޑުން މަޝްހޫރު ވެގެންދިޔަ މަޝްހޫރު ލަވަކިޔުން ތެރިޔާ ހުސައިން (ޑަންޑަނާ ހުސައިން) އަކީވެސް އޭރު ޑަންޑަނާ ބޭންޑުގެ މެމްބަރެކެވެ.

 

"ބޭބެމެން ކުޅުނުއިރުގަވެސް އަޅުގަނޑަކީ ޑްރަމަރު. އޭރު ބޭންޑް ކުޅެނީ ރަށުތެރޭގައި. އޭރުވެސް ބޭބެ ބުނޭ މިހެން ކުޅެގެންނެއް އާމްދަނީއެއް ނުލިބޭނެޔޭ އާމްދަނީ ލިބޭގޮތަކަށް ކިހިނެއް ހެދީމަހޭ ރަނގަޅުވާނީ. ބޭބެގާތު އަޅުގަނޑު ބުނިން ރަނގަޅުވާނޭ ޒަމާނީ ސާމާނު، އިންސްޓޫމަންޓް އެއްޗެއް ގެނެސްގެން، ޓީމެއް އެކުލަވާލާފަ މަސައްކަތް ކޮށްލައިފިއްޔާ މަހެއްގެ ތެރޭގައި އާމްދަނީ ލިބޭފަދަ ބޭންޑަށް މިބޭންޑް ހެދިދާނެކަމަށް،" ޑަންޑަނާ ބޭންޑް އުފެދުނުގޮތް ކިޔާދެމުން އަފަގެ ބުންޏެވެ.

 

އަފަގެ ބުނީ ޑަންޑަނާ ބޭންޑު ރޫޅުނު މައިގަނޑު ސަބަބަކީ 2004 ވަނަ އަހަރު ރާއްޖެއަށް ދިމާވި ހިތާމަވެރި ސުނާމީ ކާރިސާއަށްފަހު ބޭންޑް ތެރޭގައި މައްސަލަތައް ޖެހުމާއި ބައެއް އެހެން މީހުންގެ ނުފޫޒު ބޭންޑްގެ ބައެއް މެމްބަރުންނަށް ފޯރުން ކަމަށެވެ.

 

"ޑަންޑަނާ ބޭންޑެއް ހަގީގަތުގައި މިހާރަކު ނެތް. 2004 ސުނާމީ އަށްފަހު، ބޭންޑުގެ ތެރޭގައި ބައެއް މެމްބަރުންގެ ހިޔާލުތަފާތުވުންތައް އެފެދިގެންދިޔަ، އެއްކޮށް ކަހަލަގޮތަކަށް ބޭންޑު ހުއްޓުނީ. ފަހުން ބަދަލުވީ ރަށަށް ރަށުން ހުސެންނާވެސް ބައްދަލުވި، ހުސައިން ބުނި އަލުން އާހިތްވަރަކާއެކު އަނެއްކާވެސް ފަށަން ހިގާށޭ. ނަމަވެސް އޭގެ އަޅުގަނޑުގެ ޓަގެޓަކަށް ވެފައިވަނީ މުޅިން އެހެންކަމެއް،" ޑަންޑަނާ ބޭންޑް ރޫޅުމާ ގުޅޭގޮތުން އަފަގެ ބުންޏެވެ.

 

އަފަގެ ބުނީ ޑަންޑަނާ ބޭންޑް އުފައްދުމަށްފަހު އުޅުނީ ގިނައިން މާލޭގައި ކަމަށާއި އަދި ބޭންޑް އޮޕަރޭޓް ކުރުމަށް ބޮޑެތި ޚަރަދުތައްވެސް ކުރަން ޖެހުނު ކަމަށެވެ.

 

"ޑަންޑަނާ ބޭންޑްވެސް އުޅުނީ މާލޭގައި، ތަންތަނަށް ކުލި ދައްކައިގެން. ވަރަށް ބޮޑު ޚަރަދެއް ކޮށްގެން. ގާތްގަނޑަކަށް ފަސް އަހަރު ވަންދެން ބޭންޑް ރަނގަޅު ފެންވަރެއްގައި ހަރަކާތްތެރިވިން. މިކަމުންވެސް އެނގޭ ރަނގަޅަށް މަސައްކަތްކޮށްފިނަމަ ކޮންމެ ބަޔަކަށްވެސް ކާމިޔާބު ވެދާނެކަން. ރަށްރަށު މީހުންނަކީ ފަސްކުޅަނދުމަދު ބަޔެކޭ މާލޭ މީހުން ބުނިނަމަވެސް އެކަން އޮތީ އެހެން ނޫންކަން ޑަންޑަނާ ބޭންޑުންވާނީ ސާބިތު ކޮށްދީފަ،" ބޭންޑުގެ ހަރަކާތްތަކާއި ބެހޭގޮތުން އަފަގެ ބުންޏެވެ.

 

އަފަގެ ބުނީ ޑަންޑަނާ ބޭންޑް ރޫޅުމާ ގުޅިގެން ރަށަށް ބަދަލުވެ، ދިރިއުޅުން ކޮޅަށް ޖެހުމާއި ކުރަމުންދިޔަ މަސައްކަތް އިތުރަށް ތަރައްގީ ކުރުމަށް ބުރަ މަސައްކަތްތަކެއްކޮށް، މިހާރު ފުވައްމުލަކުގައި އެކަށީގެންވާ ރަނގަޅު ފެންވަރެއްގެ ސްޓޫޑިއޯއެއް ހަދާފައިވާ ކަމަށެވެ.

 

"އާމްދަނީ ހޯދުމަށް މިހާރު ކުރަމުންދާ މަސައްކަތަކީ ރަށުގައި ސްޓޯޑިއޯއެއް ގާއިމު ކޮށްގެން ސައުންޑާއި ލައިޓިންގ އާއި މިއުޒިކް ކޮމްޕޯސް ކުރުމާއި މިފަދަ ހުރިހާ ކަމެއް ފުވައްމުލަކުގައި ހުރެގެން މިދަނީ ކުރަމުން. މިއީ ވަކި ތަނެއްގައި ހުރެގެން ކުރެވޭ ކަމެއް ނޫންކަން މިފެންނަނީ ހަމަކޮންމެ ތަނެއްގައި ހުރެގެންވެސް ކެރިގެން މަސައްކަތް ކުރަންވީ،" މިހާރު ކުރަމުންދާ މަސައްކަތާ ގުޅޭގޮތުން އަފަގެ ބުންޏެވެ.

 

އަފަގެ ބުނީ ފުވައްމުލަކުގައި އެ މަސައްކަތް ކުރުމުގެ މައިގަޑު ބޭނުމަކީ އެފަދަ މަސައްކަތް ކުރާ ޒުވާނުންނަށް އެފަދަ ފުރުސަތުތައް ހޯދާދިނުމާއި ދަސްކޮށްދިނުން ކަމަށެވެ.

 

ޑަންޑަނާ ބޭންޑުގެ މެމްބަރުންގެ ތެރެއިން އެކަކު މިހާރުވެސް ބޭންޑެއްގައި މަސައްކަތް ކުރަމުންދާކަމަށް އަފަގެ ބުނެއެވެ. ނަމަވެސް ޑަންޑަނާ ބޭންޑުގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ހުސައިންނާ ބެހޭގޮތުން އަފަގެ ބުނީ ހުސައިންވެސް ބޭންޑަކުން ނުވަތަ މިދާއިރާއިން ފެނުމަށް އެދޭ ކަމަށެވެ.

 

"ހުސައިން ރަށުގައި އެބައުޅޭ. ހުސޭނާ ދޭތެރޭ އެއްޗެއް ބުނަން އަޅުގަނޑަކަށް ނޭނގޭ. އަޅުގަނޑުގެ އުއްމީދަކީ ހުސައިންނަށްވެސް ރަނގަޅުގޮތްވެ، އަދިވެސް އެފީލްޑުން ހަމަ ހުސައިން ފެނުން،" ޑަންޑަނާ ބޭންޑުގެ ހުސައިންއާ ބެހޭގޮތުން އަފަގެ ބުންޏެވެ.

 

އަފަގެ ބުނީ އޭނާ ހާސިލް ކުރަންބޭނުން ހުރިހާ ކަމެއް ކަހަލަ ގޮތަކަށް މިހާރު ހާސިލް ވެއްޖެ ކަމަށާއި އެންމެބޮޑު މަސައްކަތް ކަމަށްވާ ސްޓޫޑިއޯ ފުވައްމުލަކުގައި އުފެއްދިއްޖެ ކަމަށެވެ. އެތަނުން ސައުންޑާއި ލައިޓީންގ އަދި މިއުޒިކްގެ ހުރިހާކެއް ކުރެވޭނެ ކަމަށްވެސް އަފަގެ ބުނެއެވެ.

 

"ދެން ފުވައްމުލަކަށް މިދިރިއުޅުން ބަދަލުކުރިފަހުން އަޅުގަނޑުގެ ހިޔާލުގައި އަބަދުވެސް މިއިންނަނީ މުއީވެސް ވަރަށް ބޮޑު އާބާދީއެއް އޮތް ބޮޑު މުޖުތަމައުއެކޭ. މިތަންވެސް ތަރައްގީވާން އެބަޖެހެއޭ. ހޭލުންތެރިކުރުވަން އެބަޖެހެޔޭ، އެހެންވީމާ މިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ކޮބާއިތީއޭ ބެލިއިރުގަ މިފެންނަނީ ހަމަ ދުނިޔޭގެ އެހެން ސިޓީތަކުގައި އެހުންނަ ގޮތަށް ލޯކަލް ނުވަތަ ސިޓީ ފެންވަރުގެ ޓީވީ ޗެނަލެއް ބޭނުން ވަރަށް ބޮޑުކަން. އެގޮތުން ފުވައްމުލަކަށް ހާއްސަ ޓީވީ ޗެނަލެއް މިރަށުގައި އުފެއްދުން އެއީ ވަރަށް ބޮޑު ހުވަފެނެއް. އެމަސައްކަތްވެސް ވަރަށް ބޮޑަށް ކުރަން އުޅުނިން. އަވަސް އަވަހަކަށް ސަރުކާރުތައް ބަދަލުވުމާއި ގުޅިގެން އެކަންކަން ވާގޮތް އަދިވަނީ ނުވެފަ. ނަމަވެސް އުއްމީދު ކުރަނީ އަދިވެސް އެކަންކުރެވޭނެ ކަމަށް،" އަފަގެ ބުންޏެވެ.

 

އަފަގެއަކީ މިހާރު ފުވައްމުލަކުގައި ދިރިއުޅޭ އެމްޑީޕީގެ އިސްފަރާތްތަކާއެކު މަސައްކަތް ކުރަމުންދާ ހީވާގި ޒުވާނެކެވެ. އެމްޑީޕީން ހިންގާ އެކިއެކި ކެމްޕެއިން ހަރަކާތްތަކަށް ވަރަށް ހިތްގައިމު ލަވަތަކެއް ހަދާފައިވާ ޒުވާން ލަވަކިޔުންތެރިޔެކެވެ. ފަންނާނެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް