18 ފެބުރުއަރީ 2019 | ހޯމަ | 06 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

މަސީހުގެ އިތުބާރުނެތް

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

  • ކުރިން ފުޅާ ދާއިރާއެއްގައި ޕީޕީއެމަށް އެހީތެރިވި މުހައްމަދު ހާލިދު ވަނީ އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވެފަ
މުހައްމަދު ފަޒީން | phaxyn

| 18 މާރޗް 2017 | ހޮނިހިރު 17:29 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  5. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

"ހަކުރާފިޔާގެ ސޭޓޭ" ބުނުމުން ކުޑަކޮށް ވިސްނާލަން ޖެހުނެވެ. ނަވެސް އިސާހިތަކުން އެކިޔާ އެއްޗެއް ފަހުމުވެއްޖެ އެވެ. ހަކުރާފިޔާއަކީ މިހާރު ރައްޔިތުންގެ މަޖިލިސް ހިންގަމުން އަންނަ އިދާރާއަށް ކުރިން ކީ ނަމަވެ. ސޭޓް ބުނުމުން އެނގެނީ އެތަނުގެ ވެރިޔާކަމެވެ.

 

އެހެންކަމުން ފުވައްމުލަކު ރައްޔިތުން އެބުނާ "ހަކުރާފިޔާގެ ސޭޓް" ވަކިކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަގާމުން ވަކިކުރަށް ހުދު އެމަނިކުފާނު ވެސް ނިސްބަތްވާ ރަށުގެ ބައެއް ރައްޔިތުން ބޭނުންވާ ގޮތެވެ.

 

އޭޕްރިލް މަހުގެ 15 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ހިންގުމަށް އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ފުވައްމުލަކުގައި ކެމްޕެއިން ގިނަ ހަރަކާތްތަކެއް ހިންގާފަ އެވެ.

 

އެމްޑީޕީގެ މި ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑަށް ކުރިއަށް ގެންގޮސްފައި ވަނީ ދޮރުން ދޮރަށް ހިނގުމާއި ރައްޔިތުންނާ ބައްދަލުކުރުމުގެ ހަރަކާތްތަކެވެ. އެގޮތުން އެ ހަރަކާތްތަކުގައި ފާހަގަވި އެއްކަމަކީ މިމަހުގެ 27 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ނެގޭ ވޯޓުގައި މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ފުވައްމުލަކަށް ނިސްބަތްވާ އަބްދުﷲ މަސީހުގެ އިތުރުބާރު ނެތްކަމުގެ ވޯޓަށް ފުވައްމުލަކުން ބައްދަލުވި ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް ބޭނުންވާ ކަމެއް ކަމުގައި ވުމެވެ.

 

މަސީހުގެ އިތުބާރު ނެތް ކަމަށް ތާއީދުކުރާ ސަބަބުތައް ވެސް ރައްޔިތުން ވަނީ ހިއްސާ ކޮށްފަ އެވެ. އެގޮތުން ކެއުން ބުއިމުގެ ޚަރަދު އިންތިހާއަށް މައްޗަށް ގޮސް އާއްމުކޮށް ބޭނުންކުރާ ކާޑުގެ ބާވަތްތަކުން ޑަބަލް އަގު ބޮޑުވުމާއި ކަރަންޓް ބިލަށް ކުރަންޖެހޭ ޚަރަދު ބޮޑުވުން ހިމެނެއެވެ. މީގެ އިތުރުން މިހާތަނަށް ސަރުކާރުން ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ 1.22 ބިލިއަން ރުފިޔާގެ ހިޔާނާތުގައި ދައުލަތުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ވެރިންގެ މައްޗަށް ތުހުމަތު ކުރެވިފައިވުމާއި އެ ހިޔާނާތުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ މައްޗަށް ތުހުމަތު ކުރެވުފައިވާއިރު އެމައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހަސިއްޔަތުން މަސީހު ނުކުޅެދުންތެރި ވެފައިވާ ކަމަށް ފުވައްމުލަކުގެ ގިނަ ރައްޔިތުން ދެކެއެވެ.

 

މިސަރުކާރު މަތިންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ މަތިން ފޫހިވެފައިވާ ކަމަށް މީގެ ކުރިން މިސަރުކާރަށާއި މަސީހަށް ތާއީދު ކުރައްވާ، މިދިޔަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް ކެމްޕެއިން ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ބައެއް ފަރާތްތައް މިހާރު ތިބީ އިދިކޮޅު އިއްތިހާދަށް ތާއީދު ކުރުމުގަ އެވެ.

 

އިދިކޮޅު އިއްތިހާދުގެ ލީޑަރަކަށް ހުންނެވީ ވެސް މިސަރުކާރު އިންތިހާބު ކުރިއިރު ހުންނެވި ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އެވެ. ޖަމީލަކީ ވެސް ފުވައްމުލަކަށް ނިސްބަތްވާ ފުވައްމުލަކު ބޭފުޅެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް