16 ނޮވެންބަރު 2018 | ހުކުރު | 04 ނޮރަ
08 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:51
އިޝާ 19:05

ބޮލީވުޑް

ސޯނާކްޝީ ބޭނުންވަނީ އަމީތާބްގެ "ކޭބީސީ" ކަހަލަ ޝޯއެއް ހުށަހަޅަން

  • ސޯނާކްޝީއަށް ވަނީ" ންޗްބަލިއޭ8"ގެ ޖަޖެއްގެ ފުރުސަތު ލިބިފަ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 18 މާރޗް 2017 | ހޮނިހިރު 16:25 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  3. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  4. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  5. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  6. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  7. މަނީ ލޯންޑްރިންގގެ މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރެވޭކަށް ނެތް: ފުލުހުންގެ އިދާރާ
  8. ޓްރާންސްޕޯޓް އޮތޯރިޓީގައި މީދާ ކޮށިތަކެއް!


ސޯނާކްޝީ ސިންހާ -- ގޫގުލް

ބޮލީވުޑް އެކްޓްރެސް ސޯނާކްޝީ ސިންހާ ކުރިއަށް އޮތްތާ ބޭނުން ވަނީ ކުއިޒް ޝޯ އެއް ނުވަތަ  ޑެއަރ ބޭސްޑް ރިއަލިޓީ ޝޯ އެއް ހުށަހަޅައިދިނުމަށް ކަމަށް އޭނާ ބުނެފިއެވެ.

 

ސޯނާކްޝީ ވަނީ 2015 ވަނަ އަހަރު " އިންޑިއަން އައިޑޮލް ޖޫނިއަރ" ޝޯގެ ޖަޖްކަން ކޮށްފައެވެ.އެއަށްފަހު  މިހާރު މިވަނީ އިންޑިއާގެ ސެލްބްރިޓީ ކަޕުލްގެ  ނެށުން ދައްކުވައިދޭ ޝޯއެއްކަމަށްވާ " ންޗްބަލިއޭ8" ގެޖަޖުކަން ކުރުމުގެ ފުރުސަތު ލިބިފައެވެ.

 

ޕީޓީއައި އިން ކޮންކަހަލަ ޝޯތަކެއް ތަޖުރާކުރަންތޯ ބޭނުންވަނީ ސުވާލު ކުރުމުން ޗޯނާކްޝީ ބުނެފައިވަނީ ކޯންބަނޭގާ ކަރޯޑްޕަތީ ކަހަލަ  ކުއިޒް ގެނެސްދޭ ޝޯތައް އޭނާ ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.މީގެ އިތުރުން ކުޅިވަރާއި ޑެއަރ ބޭސްޑް ޝޯތަކާއި  އެކްޝަން އަދި ސްޓަންޓްތައް ހުށަހަޅާއިދޭން ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.

 

އުމުރުން 29 އަހަރުގެ ސޯނާކްޝީ ބުނެފައިވަނީ ކޮރިއޯގްރާފަރ ޓެރެންސް ލެވިސް އަދި ޑާއިރެކްޓަރ މޮހިތް އާއި އެކު "ނަޗްބަލިޔޭ ސީޒަން 8 ގެ ޖަޖުކަން ކުރަން ލިބުމުން ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.

 

އަދި މިޝޯގެ އިން ބައިވަރު ސެލްބްރިޓީ ކަޕުލްގެ ދިރިއުޅުމާއި ބޭހެގޮތުން ވަރަށް ގިނަ އެއްޗިހި އެނގިގެން ގޮސްފި ކަމަށް އޭނާ ވަނީ ބުނެފައެވެ.

 

"ފޯސް2" ގެ ތަރި ސޯނާކްޝީއަކީ ތަފާތު ގިނަ ނެސުންތަކެއް ހުށަހަޅާފައިވާ ތަރިއެކެވެ. ސޯނާކްޝީ ބުނެފައިވަނީ އޭނާ ވަރަށް ނަށާހިތްވާ ކަމަށާއި އަދި ނެށުންތައް ބަލައިގަންނަމުންދާތީ އެކަންވަނީ ފާހަގަ ކޮށްފައެވެ.

 

ހުރިހާ ވައަތްރެއްގެ ނެށުމާއި އަދި ރޮމޭންސް ފެނިގެންދާ މި ޝޯ ބެލުންތެރިން ބަލާލަން ކަމުދާނެ ޝޯ އެއް ކަމަށް ސޯނާކްޝީ ވަނީ ބުނެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް