19 ޖޫން 2018 | އަންގާރަ | 03 އަދަ
އިމްސާކް 04:15
05 ޝައްވާލް 1439
އިޝާ 19:39
މަޣްރިބް 18:20
އަސްރު 15:35
މެންދުރު 12:11
އިރުއަރާ 05:55
ފަތިސް 04:36

ޓްރާންސް މޯލްޑިވިއަން

ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި

  • ޒޮންޝެންއަކީ ހާބަރ އެއަރ ސީޕްލޭންސްގެ %49 ހިއްސާ އޮންނަ ކުންފުންޏެއް
ރިޒުނާ ޒަރީރު | RiznaZareer

| 17 މާރޗް 2017 | ހުކުރު 17:51 | |

މަގުބޫލް

  1. ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
  2. އާޖެންޓީނާ، އައިސްލޭންޑް މެޗަށްފަހު އުފެދުނު އެންމެ ބޮޑު ސުވާލު: މީހަކު މިހާ ލޯބިވަނީ ކިހިނެތް؟
  3. ސިވިލް ސާވިސް މުވައްޒަފުންގެ ޒާތީ މައުލޫމާތު ޔާމީން ކެމްޕޭން އޮފީހަށް އެނގޭތީ މުވައްޒަފުން ކަންބޮޑުވަނީ!
  4. ބުނާގޮތް ނުހަދައިގެން ކްރޮއޭޝިއާގެ ކުޅުންތެރިއަކު ރަށަށް ފޮނުވާލަން ނިންމައިފި
  5. ފާރިސްގެ ދިފާއުގައި ހެކިބަސް ދޭން ޕީޕީއެމް މަޖިލިސް މެމްބަރުން ދެކޮޅު ހަދައިފި
  6. ތައިލެންޑްގެ ޝާހީ އާއިލާގެ މުދާތައް ރަސްގެފާނުގެ ނަންފުޅު މައްޗަށް ބަދަލުކޮށްފި
  7. ކޮންމެހެން ފުރުސަތު ދެއްވާކަން ދައްކަން ކޯޓަށް ހާޒިރު ކުރާނެ ކަމެއް ނެތް: ފާރިސް މައުމޫން
  8. ސަލްމާން އަށް ވަރުގަދަ ރައްދެއް ރަންބީރު ދީފި!


ޓްރާންސް މޯލްޑިވިއަންގެ ސީޕްލޭންއެއް -- ގޫގުލް

ޗައިނާގެ ޒޮންޝެން އިންޑަސްޓްރިއަލް ގުރޫޕު (ޒިގް) އިން ރާއްޖޭ އާއި އެމެރިކާގައި ސީޕްލޭންގެ ޙިދުމަތް ދޭ ކުންފުނިތަކުގެ ޝެއަރ ގަތުމުގެ ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

 

ޒޮންޝެންއަކީ މިހާރުވެސް ކެނެޑާގެ ހާބަރ އެއަރ ސީޕްލޭންސްގެ 49 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ.

 

ޗައިނާގެ ނިއުސް އެޖެންސީއެއް ކަމަށްވާ ޒިންހުއާއެއް އަށް ދެއްވި އިންޓަވިއުއެއްގައި ޒޮންޝެންގެ ޗެއަރމަން ޒުއޯ ޒޮންޝެން ވިދާޅުވެފައިވަނީ އެކުންފުނިން މަސައްކަތް ކުރަމުންދަނީ ދުނިޔޭގައި އޮތް އެންމެ ބޮޑު ސީޕްލޭންގެ ޚިދުމަތްދޭ ކުންފުންޏަކަށް ވުމަށް ކަމަށާއި އެގޮތުން ރާއްޖޭގައި ސީޕްލޭންގެ ޚިދުމަތްދޭ އެންމެ ބޮޑު އޮޕަރޭޓަރ ކަމަށްވާ ޓްރާންސް މޯލްޑިވިއަންއާއި އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

 

އެކުންފުނި ހިންގަން ކުރަމުންދާ މަސައްކަތުގެ ދަށުން މިއަހަރުގެ ތެރޭގައިވެސް 10 ބިލިއަން ޔުއާން ހަރަދު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

 

ޓްރާސް މޯލްޑިވިއަން އިން ދަނީ 43 ސީޕްލޭންއާއި އެކު ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ސީޕްލޭންގެ ޙިދުމަތްދެމުންނެއެވެ. ޓްރާސްމޯލްޑިވިއަންއަކީ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ބްލެކް ސްޓޯންއިން 2013 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ކުންފުންޏެކެވެ.

ޒުއޯ ހާމަކުރި ގޮތުގައި އެމެރިކާގެ ސީޕްލޭން ޙިދުމަތްދޭ ކެންމޯއާއި އެކުވެސް މަޝްވަރާތައް ދަނީ ކުރިއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް