22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ސަލްމާން ރަސްގެފާނު

ޕްރޮފައިލް: ސަލްމާން ރަސްގެފާނު

  • އުުމުރުފުޅުން 19 އަހަރުން ފެށިގެން ދައުލަތުގެ މަތީ މަގާމްތައް ފުރުއްވަމުން ގެންދެވި
  • ވެރިރަށް ރިޔާދު ޒަމާނީ ސިޓީއަކަށް ބަދަލު ކޮށްލެވި މޭސްތިރިއަކީ ސަލްމާން ރަސްގެފާނު
  • ސިޔާސީ ގޮތުން ގައުމަށް އިސްލާހު ގެންނެވުމަށް ރަސްގެފާނު މަސައްކަތް ކުރައްވާ ކަމަކަށް ނުބެލެވޭ
  • އާއިލީ ހަމަނުޖެހުންތައް ހަމަޔަށް އެޅުއްވުމަށް ސަލްމާން މުހިންމު ދައުރެއް އަދާ ކުރައްވާ
ރާއްޖެ އެމްވީ | raajje.mv

| 17 މާރޗް 2017 | ހުކުރު 05:31 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  4. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. އަޅުގަނޑަކީ ކެރޭ މީހެއް، ލާހިކެއް ނޫން އެއްވެސް ކަމެއްގައި އަޅުގަނޑު ހާޒިރުކުރަން: ހިޔަލީ ރަޝީދު


ސައުދީ އަރަބިއްޔާގެ މިހާރުގެ ރަސްގެފާނު - ސަލްމާން ބިން އަބްދުލް އަޒީޒް -- ޒީ ނިއުސް

ސަލްމާން ބިން އަބްދުލް އަޒީޒް ސައުދީ އަރަބިއްޔާގެ ރަސްކަމަށް ވަޑައިގަތީ އެއްބަފާ ބޭބޭފުޅު އަބްދުﷲ ރަސްގެފާނު ނިއުމޯނިއާގެ އަލާސްކަންފުޅުގައި އުމުރުފުޅުން 90 އަހަރުގައި އަވަހާރަވުމާ ގުޅިގެންނެވެ. ސަލްމާން ރަސްގެފާނަކީ ސައުދީ އަރަބިއްޔާގެ 7 ވަނަ ރަސްގެފާނެވެ. ފޯބްސް މަޖައްލާއިން ހޮވާ ދުނިޔޭގެ އެންމެ ބާރުގަދަ ވެރިންގެ ތެރޭގައި ސަލްމާން ހިމެނިވަޑައިގަންނަވައެވެ. ފޯބްސް އިން ބުނެފައިވަނީ ސަލްމާން ބިން އަބްދުލް އަޒީޒަކީ ދުނިޔޭގެ 16 ވަނަ އަށް އެންމެ ބާރުގަދާ ވެރިޔާ ކަމުގައެވެ.

ސަލްމާންއަކީ ސައުދީ އަރަބިއްޔާގެ ބާނީގެ ގޮތުގައި ނަން ދެވިފައިވާ އަބްދުލްއަޒީޒް ބިން ސައުދުގެ 25 ވަނަ ދަރިކަލުންނެވެ. ސައުދުގެ ބާރުގެ ދަށުގައި ސައުދީ އަރަބިއްޔާ އުފެދުނީ 1932 ވަނަ އަހަރުއެވެ.

ސަލްމާން ބިން އަބްދުލް އަޒީޒް ވަނީ ސައުދީ އަރަބިއްޔާގެ އިސް އެތައް މަގާމެއް ފުރުއްވާފައެވެ. 1954 ވަނަ އަހަރު އުމުރުފުޅުން 19 އަހަރުގައި ވެރިރަށް ރިޔާދުގެ ޑެޕިއުޓީ ގަވަރުނަރުކަން ސަލްމާނަށް ލިބިވަޑައިގަތެވެ. ވެރިރަށް ރިޔާދް ޕްރޮވިންސްގެ ގަވަރުނަރުކަން 1963 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރުގެ ނިޔަލަށް، ޖުމްލަ 48 އަހަރުގެ މުއްދަތަކަށް ސަލްމާން ކުރައްވާފައިވެއެވެ. ގަވަރުނަރުގެ މަގާމުގައި ހުންނެވުމަށްފަހު ސައުދީގެ ޑިފެންސް މިނިސްޓަރު ކަމުގެ މަގާމު 2011 ވަނަ އަހަރު އޭނާއަށް ލިބިވަޑައިގަތެވެ. ސައުދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓްރީއަކީ އެންމެ ބަޖެޓް ބޮޑު މިނިސްޓްރީގެ ގޮތުގައި ފާހަގަވެފައި ވުޒާރާއެވެ. 2013 ވަނަ އަހަރާ ހަމައަށް އައި އިރު 67 ބިލިއަން ޑޮލަރު މިލިޓަރީ އަށް ސައުދީ އަރަބިއްޔާއިން ގެންދިޔައީ ޚަރަދު ކުރަމުންނެވެ. އެއީ އިނގިރޭސި ވިލާތާއި، ފްރާންސާއި ޖަޕާނުން މިލިޓަރީއަށް ކުރާ ހޭދައަށް ވުރެ ބޮޑު ހޭދައެކެވެ. އައިސިސް ޖަމާއަތާ ދެކޮޅަށް 2014 ވަނަ އަހަރު އެމެރިކާއާއި އަރަބި އެހެން ބައެއް ގައުމުތަކާ ގުޅިގެން ސީރިއާއަށް ވައިގެ މަގުން ދިން ހަމަލާތަކުގައި ސައުދީ އަރަބިއްޔާއިން ބައިވެރިވީ ސަލްމާންގެ ޑިފެންސް މިނިސްޓަރު ކަމުގައެވެ.

ކްރައުން ޕްރިންސްގެ މަގާމް ސަލްމާން އަށް ލިބިވަޑައިގަތީ 2012 ވަނަ އަހަރުއެވެ. އެއީ ސަލްމާންގެ ދޮއްޓަށް ހުންނެވި އެއްބަފާ ބޭބޭފުޅު ނާއިފް ބިން އަބްދުލް އަޒީޒް އަވަހާރަވުމާ ގުޅިގެންނެވެ. ސަލްމާން ރަސްކަމުގެ މަގާމަށް ވަޑައިގަތީ، އުމުރު ފުޅުން 79 އަހަރުގައި، 23 ޖެނުއަރީ 2015 ގައެވެ.

ރަސްކަމުގެ މަގާމަށް ހަވާލުވެވަޑައިގެންނެވި އިރު އިރުވެސް ސަލްމާން ގެންދެވީ ކުރިން ވެރިކަމުގައި ހުންނެވި އަބްދުﷲ ރަސްގެފާނުގެ ސިއްހީ ހާލުކޮޅު ދަށްވުމާ ގުޅިގެން ރަސްގެފާނުގެ ގިނަ ޒިންމާތައް އަދާ ކުރައްވަމުންނެވެ.

ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަކީ ބޮޑު އާއިލާއެކެވެ. އޭގެ ތެރޭގައި އަބްދުލް އަޒީޒު ރަސްގެފާނުގެ ނުވަތަ އިބްނު ސައުދުގެ ދަރިދަރި ކަލުންނާއި ކާފަ ދަރިކަލުން ހިމެނިވަޑައިގަންނަވައެވެ. އާއިލާ ބޮޑުވުމާއެކު ބާރާ ނުފޫޒްގަދަ މަގާމްތައް ހޯދުމަށް ބޮޑު ވާދަވެރިކަމަކާއި ބައިއިވުންތައް ޝާހީ އާއިލާގެ ތެރޭގައި އުފެދިފައިވެއެވެ. ސަލްމާން އަކީ ޝާހީ އައިލާގެ ސުދައިރީ ފެކްޝަންގެ އެންމެ އިސް ފަރާތެވެ. "ސުދެއިރީ 7" ގެ ނަމުން އާއްމުވެފައިވާ މި ފެކްޝަންގައި ހިމެނެނީ އަބްދުލްއަޒީޒް ބިން އަލް ސައުދުގެ އަނބިއަނބި ކަނބަލުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި، އެމަނިކުފާނުގެ އެންމެ މަގުބޫލު އަނބިކަނބަލުގެ ގޮތުގައި މަޝްހޫރުވެފައިވާ ހުއްސާ ބިންތު އަހުމަދު ސުދެއިރީއަށް އުފަންވި ހަތް ބެއިންގެ މައްޗަށެވެ. ސަލްމާން ރަސްގެފާނު ވެ ވަޑައިގެންފައިވަނީ ބޮޑު ޝާހީ އާއިލާގެ ތެރޭގައި އުފެދިފައިވާ ބައިބައިވުންތައް ހައްލު ކުރެއްވުމުގައި އިސް ދައުރެއް އަދާކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

  •  އުފަން ތާރީޚް: އުފަންވެ ވަޑައިގަތީ 31 ޑިސެމްބަރު 1935 ގައި ރިޔާދް ގައެވެ
  • މަންމާފުޅު: ޕްރިންސަސް ހުއްސާ އަލް ސުދާރީ
  • ރިޔާދްގެ ގަވަރުނަރުކަން: 1955 ން 1960 ށް އަދި 1963 ން 2011 ށް
  • ސައުދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓަރު ކަން

ސަލްމާން ފުރަތަމަ ތައުލީމް ހާސިލް ކުރެއްވީ ރިޔާދުގައި ހުންނަ ޕްރިންސެސް ސްކޫލުންނެވެ. އެއީ އަބްދުލް އަޒީޒު ރަސްގެފާނުގެ ބޭފުޅުންނަށް އުނގަންނަވައި ދެއްވުމަށް އުފައްދާފައިވާ ޚާއްސަ ސްކޫލެކެވެ. ސްކޫލުގައި ސަލްމާން ދީނީ ތައުލީމާއި ސައިންސް ކިޔަވާ ވިދާޅުވިއެވެ. މުޅި ގުރުއާން ހިތު ދަސްކުރެއްވިއެވެ

ސަލްމާންގެ ގަވަރުނަރު ކަމުގައި ހަނަފަސް ސަހަރާއެއްގެ ގޮތުގައި އޮތް ވެރިރަށް ރިޔާދް ޒަމާނީ ސިޓީއަކަށް ބަދަލު ކުރެއްވިއެވެ. ހުޅަނގުގެ ފާސްޓްފުޑް ޗެއިންތަކާއި އުސް އިމާރާތަތަކާއި ޔުނިވަސިތީތަކުން ރިޔާދުގެ މަލަމަތި ބަދަލުކޮށްލެއްވިއެވެ.

ސައުދީ އަރަބިއްޔާގައި ދައުލަތުގެ މުހިންމު އެތައް މަގާމެއް ފުރުއްވަމުން ގެންދަވަނީ ސަލްމާން ރަސްގެފާނުގެ ފިރިހެން ބޭފުޅުންނެވެ. މި ގޮތުން:

  • ޑިފެންސް މިނިސްޓަރުގެ މަގާމު: ޕްރިންސް މުހައްމަދު
  • ތެލާބެހޭ މިނިސްޓަރުގެ ނައިބުކަން: ޕްރިންސް އަބްދުލްއަޒީޒް
  • މަދީނާގެ ގަވަރުނަރުކަން: ޕްރިންސް ފައިސަލް
  • (ޓޫރިޒަމް އޮތޯރިޓީގެ ވެރިޔާ: ޕްރިންސް ސުލްތޯން (ޕްރިންސް ސުލްތޯން ވަނީ ސައުދީ ރޯޔަލް އެއަފޯސްގެ ޕައިލެޓެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ. އަދި ސުލްތޯންއަކީ އަރަބި ދުނިޔޭގެ ފުރަތަމަ އެސްޓްރޮނޯޓްގެ ގޮތުގައި މަޝްހޫރުވެފައިވާ ފަރާތެވެ
  • ސައުދީ ރިސާޗް އެންޑް މާކެޓިން ގްރޫޕް ގެ ޗެއަރމަންކަން: ޕްރިންސް ތުރުކީ

ސައުދީގެ ސިޔާސީ މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތަކީ ސަލްމާން ރަސްގެފާނަކީ ސައުދީ އަރަބިއްޔާއަށް އިސްލާހީ ބަދަލުތައް ގެންނެވުމަށް މަސައްކަތް ކުރެއްވުމަށް ވުރެ ބޮޑަށް ގައުމުގެ ހަމަޖެހުމަށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

ރަސްގެފާނު ސަލްމާން މަގާމަށް ވަޑައިގަތުމުގެ ކުރިންވެސް އެމަނިކުފާނުގެ ސިއްހަތާ މެދު އުފެދިފައިވާ ކަންބޮޑުވުންތައް ހުއްޓެވެ. ސްޓްރޯކެއް ޖެހިވަޑައިގަތުމުގެ ސަބަބުން ވައަތްޕުޅު ފުރިހަމައަށް ހަރަކާތެއް ނުކުރެއެވެ. އަނެއްކޮޅުން އުމުރުފުޅު މައްޗަށް ދިއުމުގެ ސަބަބުން ހަށިކޮޅުގެ ބާރު ދެރަވުން ފަދަ މައްސަލަތައްވެސް ފާހަގަ ކުރެވިފައިވެއެވެ.

ރަސްކަމަށް ވަޑައިގެން ކްރައުން ޕްރިންސްގެ ގޮތުގައި ސަލްމާން ހަމަޖެއްސެވީ އެއްބަފާ ކޮއްކޯފުޅު މުގްރިން ބިން އަބްދުލްއަޒީވެ. އަބްދުއަޒީޒް ރަސްގެފާނުގެ ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ހުންނެވި އެންމެ ހަގު ޕްރިންސެވެ.

ސަލްމާން ރަސްކަމުގައި ހިނގާފައިވާ ފާހަގަ ކުރެވޭ ކަންތައްތަކަށް ބަލާއިރު، ޔަމަނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ސައުދީ ސިފައިން ވަނުމާއި، 2015 ވަނަ އަހަރު މިނާގައި ހައްޖާޖީންގެ އެތައް ބަޔަކު މަރުވުމާއި، 2016 ވަނަ އަހަރުގެ ޖަނަވަރީ މަހު، ސަރުކާރާ އިދިކޮޅު 46 މީހަކަށް މަރުގެ އަދަބު ދިނުން ހިމެނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް