17 ފެބުރުއަރީ 2019 | އާދީއްތަ | 05 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ބޮލީވުޑް

"ޕަދްމާވަތީ" ގެ ސެޓްގައި އަލިފާން ރޯކޮށްލައިފި

  • ގެއްލުމުގެ ޖުމްލަ އަދަދު ކްރޯޑް ރުޕީސް އަށް އަރާނެ ކަމަށް ރިޕޯޓްތައް ބުނެ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 16 މާރޗް 2017 | ބުރާސްފަތި 16:16 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ޖަޔަރޫރުގައި ހުންނަ "ޕަދްމާވަތީ"ގެ ސެޓަށް ބަޔަކު ހަމަލާދެނީ -- ގޫގުލް

މަޝްހޫރު ފިލްމް ޑައިރެކްޓަރ ސަންޖޭލީލާ ބަންސާލީ އުފައްދަމުން އަންނަ ފިލްމް "ޕަދްމާވަތީ"ގެ ސެޓްގައި އަލިފާން ރޯކޮށްލައިފިއެވެ.

 

މީގެ ކުރިން މިދިޔަ ޖެނުއަރީމަހު ވެސް ޖަޔަޕޫރުގުގައި ހުންނަ "ޕަދްމާވަތީ" ގެ ސެޓަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގައި، ބަންސާލީއަށް ހަމަލާދީފައި ވާއިރު މިފަހަރު އަލިފާން ރޯކޮށްލާފައި ވަނީ ކޯލާޕޫރު ޑިސްޓްރިކްޓް ކައިރީގައި އޮންނަ މަސައި ޕާތަރުގައި ހުރި ޕަދްމާވަތީގެ ސެޓްގައެވެ.

 

ރިޕޯޓްތައް ބުނާ ގޮތުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު "ޕަދްމަވަތީ"ގެ ސެޓަށް ބަޔަކު ވަދެ ހަމަލާދީ ރޯކޮށްލުމުގެ ސަބަބުން ސެޓް ވަނީ އެއްކޮށް އަނދާ ހުލި ވެފައެވެ.

 

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށާއި އަދި މިހާތަނަށް އެއްވެސް މީހަކު ހައްރުކޮށްފައި ނުވާކަމަށް ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

 

"ޕަދްމާވަތީ"ގެ ސެޓްގައި އަލިފާން ރޯކޮށްލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ޖުމްލަ އަދަދު ކްރޯޑަށް އަރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

 

"ޕަދްމާވަތީ"ގެ ސެޓަށް ދެވަނަ ފަހަރަށް ގެއްލުން ދީފައި މިވަނީ މިދިޔަ ޖެނުއަރީ މަހު ޖަރަޕޫރުގައި ހުންނަ ސެޓަށް ގެއްލުން ދިނުމާ ގުޅިގެން ފިލްމް ޝޫޓިން މެދުކަނޑާލުމަށް ފަހު އަލުން ޝޫޓިން ފެށިތާ 10 ވަރަކަށް ދުވަސް ތެރޭގައެވެ.

 

މި ހާދިސައާ ގުޅިގެން "ފަދްމާވަތީ"ގެ ޓީމަށް ސެކިއުރިޓީ ފޯރުކޮށްދޭނެ ކަމަށް ފުލުހުން ވަނީ ބުނެއެވެ.

 

"ޕަދްމަވަތީ" މިފިލްމަކީ ތާރީޚީ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދަމުން އަންނަ ފިލްމެކެވެ.

 

މިފިލްމްގެ ސެޓަށް ކާނި ސެނާ ޕާޓީގެ އެކްޓިވިސްޓުން މީގެ ކުރިން ހަމަލާދީ ޝޫޓިން ހުއްޓާލުމަށް ގޮވާލާފައި ވަނީ އެ ފިލްމުގައި ރާނީ ޕަދްމިނީއާ ގުޅޭ ގޮތުން ގެނެސްދީފައި ވަނީ ދޮގު މައުލޫމާތު ކަމަށް ބުނެއެވެ.

 

މިފިލމުގައި ލީޑް ރޯލުން ފެނިގެންދަނީ ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގްގެ އިތުރުން ޝާހިދް ކަޕޫރެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް