14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ބޮލީވުޑް

ވިދްޔާގެ ގައިގައި އަތްލި މީހަކު ދެކެ ރުޅި އަތުވެއްޖެ

  • ސެލްފީއެއް ނަގަން އެދުމުން އެކަމަށް ހުރަސްއަޅާފައި ވަނީ ވިދްޔާގެ މެނޭޖަރު
އަޒްލިފާ އަބްދުﷲ | AzuAzlifa

| 16 މާރޗް 2017 | ބުރާސްފަތި 14:01 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  4. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  5. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  6. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  7. ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާނަން: ބޮޗޭ
  8. ރައީސް ޔާމީނާއި ވަޒީރުން ޖުމްޙޫރީ ދުވަހުގެ ޖަލްސާގައި ބައިވެރިވަޑައިނުގަތުމުން ރައީސް މައުމޫން ފާޑުވިދާޅުވެއްޖެ


ވިދްޔާ ބާލަން -- ބޮލީވުޑް ހަންގާމާ

ބޮލީވުޑް އެކްޓްރެސް ވިދްޔާ ބާލަންގެ ނުރުހުމުގައި އޭނާގެ ގައިގައި އަތްލި މީހކު ދެކެ ވަރަށް ބޮޑަށް ރުޅި އަތުވެއްޖެ އެވެ.

 

އެ ހާދިސާ ހިނގާފައިވަނީ ވިދްޔާ މިހާރު ކުޅެމުންދާ ފިލްމް "ބޭގަމް ޖާން" ގެ ޕްރޮޑިއސަރު މަހޭޝްބަޓް އާއި  ޑައިރެކްޓާ ސިރިޖިތް މުކަރުޖީއާ އެކު ކަލްކޮތާ އެއަރޕޯޓްގައި ހުއްޓާ އޭނާގެ ފިރިހެން ފޭނެއް  އައިސް ސެލްފީ ނަގަން އުޅުމުގެ ތެރޭގައި އޭނާގެ ގައިގައި އަތްލުމުންނެވެ.

 

ރިޕޯޓްތައް ބުނާ ގޮތުން ވިދްޔާ ހިތްހަމަ ނުޖެހުނީ އެމީހާ ސެލްފީ ނަގަން އެޅުމުގެ ތެރޭގައި ވިދްޔާގެ އުނަގަނޑުގައި އަތް އެޅުވުމުން އޭނާގެ ގައިގައި އަތްނުލުމަށް އެދުމުން ދެވަނަ ފަހަރަށް ވެސް އުނަގަނޑުގައި އަތްލުމުން ކަމަށެވެ.

 

އެވަގުތު ވިދްޔާ ރުޅިގަދަވެ ހަޅޭލަވައިގަތުމުން އަނެއްކާ ވެސް ސެލްފީއެއް ނަގަން އެދުމުން އެކަމަށް ހުރަސްއަޅާފައި ވަނީ ވިދްޔާގެ މެނޭޖަރެވެ.

 

އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ވިދްޔާ ބުނެފައިވަނީ ނުދަންނަ މީހަކު ގޮސް މީހެއްގެ ގަޔަށް ބޮލަށް އަރައިގަތުން އަދި އެއީ އަންހެނެއް ވިޔަސް ފިރިހެނެއް ވިޔަސް ހިތްހަމަ ޖެހޭ ކަމެއް ނޫން ކަމަށެވެ.

 

ވިދްޔާ ބުނެފައިވަނީ އަހަރުމެންނަކީ މީހުން ދަންނަ ބަޔަކަށް ވިޔަސް އެންމެންގެ މުދާގަނޑެއް ނޫން ކަމަށެވެ.

 

ބޮލީވުޑްގައި ތަފާތު ރޯލުތަކުން ފެނިގެން ގޮސްފައިވާ ވިދްޔާ ބާލަން މިހާރު މަސައްކަތް ކުރަމުންދާ ފިލްމް "ބޭގަމް ޖާން" ގައި ދައްކުވައިދެނީ އިންޑިއާ އާއި ޕާކިސްތާނު ގުޅޭ ސަރަހައްދީ ރޮނގުގައި ހުންނަ ނާސި ގެއެއްގައި ދިރިއުޅޭ އަންހެނުންތަކެއްގެ ވާހަކައެވެ. މި ގެ އެއްފަޅި އިންޑިއާގައި ހުންނަ އިރު އަނެއް ފަޅި ހުންނަނީ ޕާކިސްތާނުގައެވެ. މިއީ ބެންގާލް ޑްރާމާއެއް ކަމަށްވާ "ރާޖްކަހާނީ" އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ.

 

މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި ނަސީރުއްދީން ޝާހް އާއި، ވިވެކް މުޝްރާން، ޗަންކީ ޕާންޑޭ، ޕޫނަމް ސިންގް ރާޖްޕޫތު، ރިދީމާ ތިވާރީ، ފްލޯރާ ސައިނީ، ޕްރިޔަންކާ ސަތިއާ، މިޝްތީ ޗަކްރޮބަތީ، ސުމިތު ނިޖާވަން، ޕްރިތިބާޝް އަދި ރާޖޭޝް ޝަރްމާ ހިމެނެއެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް