18 ފެބުރުއަރީ 2019 | ހޯމަ | 06 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

މަގޭ ރިޕޯޓް

ޤާނޫން އަސާސީވެސް ސައޫދީއަށް؟، ބަލިޖެހުނަސް ޅަދަރިންވެސް ސައޫދީއަށް؟!

  • ސްކޫލްތައް ބަންދު، އެކަމަކު ޑާންސް ޕްރެކްޓިސް ކުރިއަށް
  • ސައުދީ ރަސްގެފާނު ހޮނިހިރު ދުވަހު ވަޑައިގަންނަވާނެ
  • ފ. އަތޮޅު ވިއްކުމަށް ރައްޔިތުން ދެކޮޅު
އަހުމަދު މުހުސިނު | dhonbandaara

| 16 މާރޗް 2017 | ބުރާސްފަތި 09:20 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  5. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


ސައޫދީ ރަސްގެފާނާއި ރައީސް ޔާމީން: ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި -- އަލްއަރަބިއްޔާ

ސަރުކާރުގެ ބޮޑުންގެ ބަހުންނަމަ ދީނަށް ފުރައްސާރަ ކުރެވިދާނެތީ ސައޫދީ ރަސްގެފާނޭ ނުކިޔާން ލައްކަ މަސައްކަތް ކޮށްފީމެވެ. ތާނަ އަކުރުތަކުގެ ތެރޭގައި އޮތަސްވެސް ފާފުން ފެށޭތީ ފާފު އަތޮޅެކޭ ކިޔާކަށްވެސް ނެތީމެވެ. އެއަކުރު ބޭނުންކޮށްގެން ބުނެލެވޭ ހަމަ އެންމެ ބަހަކުން "ބުރިން ހަންނަގާފައި އަނގަ ހައްދު" ޖަހާފާނެތީއެވެ. އަޅިދެލިން ބޮލުގައި ކުރަހާފައި ގަން ހިންގަފާނެތީއެވެ. ފާތުމައޭ، ފެންނަ ގޮތޭ، ފިހިގަނޑެއްފަދަ ރައްޔިތެކޭވެސް ބުނާކަށް ނެތީމެވެ. އެކަމަކު ފެންނަމުން މިދާ މަންޒަރުތަކާހުރެ ހިތުތެރެއަށް އަރައި ފައިބަމުންދާ ވާހަކަތައް ގޮވާނުލާ ދެނެއް ކެތެއް ނުވާނެއެވެ.

ބޮޑުސިންގާހާ ޚާއްޞަ މަޖިލީހަކުން ނުހަނު ދިރާސާކޮށް އެހާމެ ވިސްނުންތައް ވިސްނާފައި ޤާނޫން އަސާސީއެއް އެކަށައެޅީ އޭގައި ރައްޔިތުންގެ ހައްޤުތަކެއް ހިމަނައިގެންނެވެ. އެއަސާސީގައި އެންމެ އިސްކަމެއް ދިނީވެސް ރައްޔިތުންގެ އަސާސީ ހައްޤުތަކަށެވެ. ޚާއްޞަކޮށް ދިވެހިންގެ ބިން ދިވެހިންނަށް ތާއަބަދު އޮންނާނޭ ގޮތަށެވެ. އެކަމަކު އެންމެ ރޭވެފައި އަލިވިލުނުއިރު އެއޮއްގެން އެޤާނޫން އަސާސީ ކޮށާ މަށާލީއެވެ. މަޖިލީހުގެ އަޣްލަބިއްޔަތު އޮތަތީވެ ދިވެހިންގެ ބިން ދިވެހިންނާ ނުވެސް ބެހޭ ބަޔަކަށް މިލްކުކޮށްދޭން ފާސްކޮށް ނިންމާލީއެވެ. މަގޭ ދިވެހި ބިމުން ބޭރު ފަރަންޖީންނަށް ވިއްކާލެވޭގޮތް ހެދީއެވެ. އެއީ ހަރުބީ ކާފަރަކަށްވިއަސް ވަރިހަމަވާފަދަ ގޮތަކަށެވެ.

އަވަސްއަރުވާލައިގެން މިވެރިން ކަމެއް ކޮށްފިނަމަ އޭގައި ފޮރުވިފައިވާ ކަމެއް ވާނެއޭ ގޮވާގޮވެލިފަތި މިފަހަރުވެސް ހަމަ ޔަޤީނާ ގާތްވީއެވެ. ޤާނޫނުއަސާސީއަށް ގެނައި ބަދަލު ތަސްދީޤްވެ އަތްދޫ ނުކޮށްލަނީސް އިވުނު އަޑުންނެވެ. ސައޫދީގެ ޝާހީ އާއިލާއަށް ރާއްޖޭގެ އަތޮޅެއް ވިއްކާލާ ވާހަކައެވެ. އަވަސްއަރުވާލައިގެން އެކަން ކުރީ ފ އަތޮޅު ވިއްކާލަން ނޯލައެވެ.

އަޑެއް ކިއްޔާ ރެނދެއްލާހެން އެކީއަޑު ހަމަ ތިލަވީވީހެން އަސްލު ހާމަވާން ފެށީއެވެ. ކޮނުނު ކޮނުނުހެން ފަސްގިނަވާ ބީދައިން ހޯދާ ބެލި މީހަކަށް އެކަމުގެ ހަޤީގަތްތައް ހާމަވާން ފެށީއެވެ. ކިތައްމެ ސިއްރުކޮށްގެން އުޅުނަސް ބުޅާގޯނިން ބޭރުވީއެވެ. ފ އަތޮޅު ނުވަތަ ފ އަތޮޅުން ބައެއް ސައޫދީ ޝާހީ ޢާއިލާގެ ބަޔަކަށް ވިއްކަން ނިންމިކަން ހަމަ ރަނގަޅަށްވެސް ފަޅާއެރީއެވެ. ޤާނޫން އަސާސީއަށް ގެނައި ބިން ވިއްކޭ ގޮތަށް ހެދި އިސްލާހަކީ ވެސް ހަމަ އެކަމަށް ކުރިކަމެއްކަން ގާތްގަނޑަކަށް ޔަޤީންވީއެވެ.

އެކަމާ ފޫކަހާފައި މަމެންގެ ބިމުން އެންމެ ވެލިފުކެއްވެސް ބޭރުބަޔަކަށް ނުދޭނަމޭ ބުނެ ނިކުތް މީހުންވީ ހައްޔަރެވެ. އަމުދުން ޤާނޫން އަސާސީން މުތުލަގަށް ލިބިދީފައިވާ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ވެސް ސައޫދީ ޝާހީ އާއިލާއަށް ހިބައިން ދިންފަދައެވެ. ބެނާއެއް ދަމަން ކީއްކުރަން ހެއްޔެވެ. ފ. އަތޮޅޭ ނަންގަތަސް އެވީ ކުށްވެރިއެވެ. އެހައްޤުވެސް ރައްޔިތުން އަތުން ނިގުޅައިގަނެ ޝާހީ އާއިލާއަށެވެ.

ދިވެހިންގެ ބިން ސައޫދީ ޝާހީ އާއިލާއަށް ދޭން ޤާނޫން އަސާސީއަށް ބަދަލު ގެނެސް ނިމުނުއިރު ރައްޔިތު މީހާއަށް އެކަމާ ދެކޮޅަށް ބަސްބުނުމުގެ ހައްޤުން މަހްރޫމްވީ އުފަން ދިވެހިބިމުގައި ދިވެހި ރައްޔިތު މީހާ އަށެވެ. މިހާ ހިސާބުން ނުބުނާން ހުއްޓަސް ބުނެވިދާނެ އެކައްޗަކީ މަމެންގެ ޤާނޫން އަސާސީ ސައޫދީ ޝާހީ އާއިލާއަށޭއެވެ.

ބާރުއޮތް ބަޔަކު އެބާރާއެކު އެކުރި ކަމަކުން ނުރުހިފައި ތުން ފިއްތާލައިގެން ތިއްބާ ދެން އެފެނުނީވެސް އާދައިގެ ކަމެއް ނޫނެވެ. މިފަހަރުވެސް ހަމަ ސައޫދީ ރަސްގެފާނަށެވެ. ސައޫދީ ޝާހީ އާޢިލާގެ އިސްވެރިޔާއަށެވެ. ރައްޔިތުން ފުރާނަ އަތްމައްޗަށް ލައިގެންނެވެ. މިފަހަރު ބިމެއްވެސް ނޫނެވެ. އަދި ބަނިޔާދަ ރީތި އަންހެން ކުދިންނެއްވެސް ނޫނެވެ.ނޫންނަމަ ޅަނދޮޅު ދޮން ފިރިހެން ކުދިންނެއްވެސް ނޫނެވެ. ދެލޯފަދައިން ބަލަހައްޓާ ކުދިކުދި ޅަދަރިންނެވެ. އެރަސްގެފާނަކަށް ދައްކަން ގެންގޮސްގެން ނައްޓުވާއިރު ސްކޫލުތައްއެވަނީ ބަންދުކޮށްފައެވެ. މުޅި ޤައުމުގައި އުފެދިފައިވާ ބޮޑު ބަލިމަޑުކަމަކުން ރައްކާތި ކުރުމަށެވެ. ގައިން ގަޔަށް އަރާކަމަށް ބެލެވޭ ބޮޑު ރޯގާއަކުން އެކުދިން ހިމާޔަތް ކުރުމަށެވެ.

އެކަމަކު މިފަހަރުވެސް ސައޫދީ ރަސްގެފާނާ ހަމައިން އެޗްވަން އެންވަނައެއް ނެތެވެ. އޫރު ރޯގާއެއް އަނެއް ރޯގާއެއް ނެތެވެ. ކުޑަކުޑަކުދިން ސްކޫލަށް ގެންދިއުން މަނަލަސް ޑާންސް ޕްރެކްޓިހަށް ހަމަ ގަޑިއަށެވެ. އެންމެ ކުއްޖެއް ދެކުއްޖެއް ނޫނެވެ. އެތައް ސްކޫލަކުން އެއްތަނަކަށް އެއްވާގޮތަށް އެތައް ކުދިންނެކެވެ.

މީހަކުވާ އަޖައިބެން ނުވާނެ ހެއްޔެވެ. ސްކޫލުތައް ބަންދުކުރީ އޫރުރޯގާއާ ހެދިއެވެ. ސްކޫލު ކުދިންނަށް ހިންގި އިންޓަރސްކޫލް ހުރިހާ ކުޅިވަރު މުބާރާތްތަކެއްވެސް ހުއްޓާލީއެވެ. މުޅި ރާއްޖެ އެރޯގާގެ ބިރުވެރިކަމުގައެވެ. ސްކޫލުތަކުގައިވެސް ބަލިމީހުން ބަލަން ކްލިނިކްތައް ހެދީއެވެ. ބަލި ފެތުރޭލެއް ބާރުކަމުން އެކަމުން ނަޖާ ކުރައްވާތޯ ނަމާދަށްފަހު ގުނޫތު ކިއުންވެސް މަޖްބޫރު ކުރުވީއެވެ. އެކަމަކުވެސް ސައޫދީ ރަސްގެފާނަށް ދައްކަން ޅަދަރިން ނެރެގެން ޑާންސް ޕްރެކްޓިހުގައެވެ. ކުރިން ޤާނޫން އަސާސީއެވެ. މިފަހަރު އަހަރެމެންގެ ކުދި ޅަދަރިންނެވެ. ހަމަ ސައޫދީ ޝާހީ އާއިލާއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް