14 ޑިސެންބަރު 2017 | ބުރާސްފަތި | 5 މުލަ

ނިހާންގެ ތަޢުރީފު އަދީބަށް، ރައީސް ޔާމީނަށްވުރެ އަދީބްގެ ބަސް އަހާ!

  • ރައީސް ވިދާޅުވެގެން ނުވާ ކަންކަން އަދީބް ކުރައްވާ
  • ނިހާން ވަނީ އަދީބަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވާފަ

| | | @IxmaealNaail | |ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު، އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ކުރައްވާ، ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު -- ފޮޓޯ:މުހައްމަދު ޝަރުހާން

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނަށްވުރެ ފަސޭހައިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެހެން ފަރާތްތަކުން ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބުގެ ބަސް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު އަދީބަށް ތަޢުރީފުކުރައްވާފައިވާ އޯޑިއޯއެއް ލީކުވެއްޖެއެވެ.

ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުކަމުގައި ވެސް ހުންނެވި ނިހާންގެ ދެ އޯޑިއޯއެއް އާދީއްތަ ދުވަހު ލީކު ވެފައި ވަނިކޮށް، ބުދަ ދުވަހު ލީކުވި އާ އޯޑިއޯގައި، އަދީބުގެ މަސައްކަތާއި ބާރުގަދަ ކަމަށް އިޝާރާތް ކުރައްވައި ވާހަކަ ދައްކަވާފައިވެ އެވެ. ސަރުކާރަށް ކޮށްދެއްވާ މަސައްކަތެއް ކޮށްދެއްވަނީ ހަމައެކަނި އަދީބު ކަމަށް އިޝާރަތް ކުރައްވާ ނިހާން ވިދާޅުވެފައިވަނީ، ހަޤީޤަތުގައި ސަރުކާރުގެ ދިފާއުގައި ވެސް ރަނގަޅު ފެންވަރަށް އެއްޗެއް ވިދާޅުވެވޭ ބޭފުޅަކަށް ހުންނެވީ ވެސް ހަމައެކަނި އަދީބް ކަމަށެވެ.

ލީކުވެފައިވާ އޯޑިއޯގައި ވަކި ކަމެއް ޔަޤީން ނުވާ ގޮތަށް ކަމަކަށް އިޝާރާތް ކުރައްވާ ނިހާން ވިދާޅުވެފައިވަނީ މަޖިލީހުން ކަމެއް ފާސްކޮށްދެއްވަން ރައިސް ޔާމީން ދެންނެވުމުންވެސް އިދިކޮޅުފަރާތްތަކުން ޤަބޫލު ނުކުރި ކަމަށާއި، ނަމަވެސް އަދީބް ވިދާޅުވުމާއެކު އެފަރާތްތައްވެސް "އޯކޭ" ކަމަށެވެ. މި ވާހަކަ ވިދާޅުވެ ނިހާން ވަނީ މި ކަމަށް ތަޢުރީފު ކުރައްވާފައެވެ.

މި އޯޑިއޯ ލީކު ވުމާ ގުޅިގެން ނިހާންގެ ބަހެއް ހޯދުމަށް ރާއްޖެއެމްވީއިން ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާއިރު، އަންގާރަ ދުވަހު ލީކުވި އޯޑިއޯތަކާ ގުޅިގެން ސުވާލުކުރުމަށް ގުޅުމުން ވިދާޅުވީ، ރާއްޖެޓީވީއަށް އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާކަމަށެވެ. 

އަންގާރަ ދުވަހު ފުރަތަމަ ލީކުވި އޯޑިއޯގައި ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރުންނަށް އިޝާރަތްކުރައްވާ ނިހާން ވިދާޅުވެފައިވަނީ، ހިތްވަރެއް ތިބި ބަޔަކު ނޫޅޭ ކަމަށެވެ. ރައީސް ޔާމީނާއެކު ޓައީ އަޅުއްވާފައި، އަޑުގަދަކޮށް އުޅުއްވާ މެމްބަރުން ވެސް ހިމެނޭ ކަމަށް ނިހާން ވިދާޅުވެފައިވެއެވެ.

ލީކުވި ދެވަނަ އޯޑިއޯގައި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ އިދިކޮޅު ފަރާތްތަކަކީ "އާވާރާ" އިންގެ ގޮތުގައި ނިހާން ވަނީ ސިފަ ކުރައްވާފައެވެ.

ބުދަ ދުވަހު ލީކުވި އޯޑިއޯގައި ރައީސް ޔާމީނަށްވުރެ ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބުގެ ބާރުގަދަކަމަށް ދޭހަވާގޮތަށް ނިޙާން ވާހަކަ ދައްކަވާފައިވާފައިވެ އެވެ. 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާސަންޓާ މަރިއާ

9 މަސް ކުރިން

މައްސަލަގަނޑެއް އެބަ އުޅޭތާ؟

0
0
ސޮލިއުޝަން

9 މަސް ކުރިން

އަބުރުގެ ދައުވާއަކަށް ރެޑީވޭ

0
0