22 ފެބުރުއަރީ 2019 | ހުކުރު | 09 ހިޔަވިހާ
17 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:39
މަޣްރިބް 18:22
އިޝާ 19:34

ދިވެހި ފިލްމް

"މީ ލޯތްބަކީ" ގެ ޓްރެއިލާ ރިލީޒް ކޮށްފި

  • ފިލްމް ޓިކެޓްވެސް މިހާރު ވަނީ އޮލިމްފަހުގައި ވިއްކަން ފަށާފަ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 15 މާރޗް 2017 | ބުދަ 16:58 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  4. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  5. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  6. ހުވާވޭގެ އެންމެ ފަހުގެ ނޯވާ 4 ރާއްޖޭގެ ބާޒާރަށް ނެރެފި
  7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
  8. އަނދުން ހުސެއިންގެ ހަރަދުގައި ފަސް ކުއްޖަކަށް ބެންގަލޫރް ގައި ކިޔަވައި ދޭނީ


"މީ ލޯތްބަކީ" ގެ މަންޒަރެއް -- ފޭސްބުކް

 

އަންނަ އެޕްރީލް މަހުގެ 5 ވަނަ ދުވަހު އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމް "މީ ލޯތްބަކީ" ގެ އޮފިޝަލް ޓްރެއިލާ ރިލީޒް ކޮށްފި އެވެ.

 

ޑާކްރެއިން އެންޓަރޓެއިންމަންޓް އިން އުފައްދާފައިވާ މި ފިލްމްގެ ޓްރެއިލާ މި ހަފްތާ ތެރޭގައި ރިލީޒް ކޮށްފައިވާއިރު ފިލްމް ޓިކެޓް ވެސް މިހާރު ވަނީ އޮލިމްޕަހުގައި ވިއްކަން ފަށާފައެވެ.

 

މީ ލޯތްބަކީއަކީ ބެލުންތެރިން ހެތްވާލާނެ ފަދަ ތަފާތު ކޮމެޑީ ފިލްމެއް ކަމަށާއި ޑާކްރެއިންގެ އެހެން ފިލްމްތަކާ މުޅިން ތަފާތު ފިލްމެއް ކަމަށް މި ފިލްމްގެ ޕްރޮޑިއުސަރ މުހައްމަދު އަލީ (މޯގާ) ބުންޏެވެ.

 

މީ ލޯތްބަކީގައި މަޝްހޫރު ގިނަ ފަންނާނުންތަކެއް ފެނިގެންދާއިރު ލީޑް ރޯލުން ފެނިގެންދާނީ ޖުމައްޔިލް އަދި އައްޒަ އެވެ.

 

މި ފިލްމްގެ ފުރަތަމަ ޕްރޮމޯޝަނަލް  ލަވަ ވެސް މިހާރު ވަނީ ރިލީޒް ކޮށްފައެވެ.

 

މީގެ ދުވަސްތަކެއް ކުރިން މަޝްހޫރު ޓްރިއޯ ބޭންޑުން ކިޔާފައިވާ "އޭ މަންޖެ" ކަވަރ ސޯންގެއް ގޮތަށް އަލުން މިފަހަރު މި ފިލްމަށް ކިޔަދީފައި ވަނީ ފަތޯ، ފުބޫ އަދި އަމާން އެވެ.

 

އެ ގޮތުން މި ފިލްމްގެ ޕްރޮމޯޝަނަލް ލަވައެއް ގޮތުގައި މިފަހަރު މި ލަވަ ގެނެސްދީފައިވާ ގޮތް މާ ފުރިހަމަ ކަމަށް ގިނަ ބަޔަކު ދަނީ ކޮމެންޓް ކުރަމުންނެވެ.

 

ޑާކް ރެއިންގެ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވާ ފިލްމަކީ "ވާށޭ މަށާއެކީ" އެވެ. މި ފިލްމަކީ މިހާތަނަށް އޮލިމްޕަހުގައި އެންމެ ގިނަ ހައުސްފުލް ޝޯތަކެއް އަޅުވާފައިވާ އެއް ފިލްމެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް