21 ފެބުރުއަރީ 2018 | ބުދަ | ހިޔަވިހާ 8

މެމްބަރު ނިހާނު، ޕީޕީއެމްގެ މެމްބަރުންނަށް ފާޑުވިދާޅުވާ އޯޑިއޯއެއް ލީކްވެއްޖެ

  • އޯޑިއޯގައި ނިހާން ވަނީ ޕީޕީއެމްގެ މެމްބަރުން، ހަރަކާތްތެރިނުވާކަމަށް ވިދާޅުވެފައި
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 15 މާރޗް 2017 | ބުދަ 03:55 | |ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕުެގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު މެމްބަރަކާ ސަލާމްކުރައްވަނީ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕުގެ ޕީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ އޯޑިއޯ އެއް ސޯޝަލް މީޑިއާގައި ލީކްވެއްޖެ އެވެ.

 

ލީކްވެފައިވާ އޯޑިއޯގައި، ޕީޕީއެމްގެ ޕާލިމެންޓްރީ ގުރުޕުގެ މެމްބަރުންނަށް އިޝާރަތްކުރައްވާ ނިހާން ވިދާޅުވެފައިވަނީ، ހިތްވަރެއް ތިބި ބަޔަކު ނޫޅެ ކަމަށެވެ. އަދި އޭގެތެރޭގައި ރައީސާއެކު ޓައީ އަޅާފައި، އަޑުގަދަކޮށް އުޅޭ މެމްބަރުންވެސް ހިމެނޭކަމަށް ނިހާން ވިދާޅުވެފައިވެއެވެ.

 

"މިއަދުވެސް މަ ބުނެފިމޭ އެއިން އެކަކާއި ދިމާއަށް، ކައޭ ތިއީ، އެންމެ ފަހުންވެސް ބޭއްވި މުޒާހަރާއަށް ނެރުނީމަ، އޭ އަހަރެން އެބަޖެހެއޭ ގެޔަށްދާން، އަންހެނުން އެބަ ވަރަށް ގުޅަޔެ ކިޔާފައި ދިޔަ މިހާ ނޫންހޭ. އެކަމު ލަދެއް ނުގަނޭއޭ މިހާރު ކަލޭ." ނިހާން ވިދާޅުވި އެވެ.

 

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރުމަށް ކުރިއަށްގެންދިޔަ 21 ރޭގެ މުޒާހަރާއަށް އިޝާރަތްކޮށް ނިހާން ވިދާޅުވެފައިވަނީ، އޭރުގައި މުޒާހަރާއަށް ބައެއް މެމްބަރުން ނެރެނީ ގަދަކަމުން ކަމަށެވެ. އަދި އޭރުވެސް އެންމެ ފަސޭހައިން މުޒާހަރާއަށް ނިކުންނަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މަހުލޫފު ކަމަށާއި، ނަމަވެސް އޭނާ މިހާރު ޕީޕީއެމްގައި ނެތް ކަމަށެވެ.

 

"އެގޮތަށް ނުދާނަމޭ ކިޔާ މައްސަލަ ނުޖައްސާނީ، މަހޭއާއި، މަހޭ މިހާރަކު ނެތްތާ. އަލީ އާރިފާއި، އިލްހާމާއި، މަށާ، ރިޔާޒު ރަޝީދާއި. ދެން ނާންނާނެ. ދެންޖެހޭނީ އާދޭސްކޮށްގެން ގެންނަން. ގެނެޔަސް ދެން ހުންނަނީ އެންމެ ފަހަތުގައި، ދެން ފިލާނެ" ނިހާން ވިދާޅުވެފައިވެއެވެ.

 

ލީކްވެފައިވާ އޯޑިއޯގައި ނިހާން ވަނީ މެމްބަރު އަލީ ސަލީމަށްވެސް ވަރަށް ބޮޑަށް ފާދުވިދާޅުވެފަ އެވެ. އަދި މެމްބަރު އަލީ ސަލީމަކީ އާންމުކޮށްވެސް ފިލާ ބޭފުޅެއް ކަމަށް ނިހާން ވިދާޅުވެފައިވެއެވެ. ނިހާން ވިދާޅުވުވެފައިވަނީ އެގޮތަށް ކަންތައްތައް ނުކޮށް ތިބުމަށްފަހު މެމްބަރުން އުޅެނީ ވަރަށް ޕީޕީއެމް އަދި ވަރަށް ބޮޑަށް ރައީސް އަބްދުﷲ ޔާމީން ވެގެން ކަމަށެވެ.

 

އޯޑިއާ އާއި ގުޅިގޭގޮތުން ސުވާލުކުރުމަށް ވިލިމަފަންނު ދާއިރާގެ މެމްބަރު ނިހާނަށް ރާއްޖެޓީވިން ގުޅަލުމުން ވިދާޅުވީ، ރާއްޖެޓީވީއަށް އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާކަމަށެވެ. އަދި ނިހާން އެއީ ރަނގަޅު އޯޑިއޯ ކްލިޕެއް ކަމެއް، އަދި ރަނގަޅު ނޫން އޯޑިއޯ ކްލިޕެއްކަން ކަށަވަރުކޮށްނުދީ ވަނީ ފޯނު ކަނޑާލާފަ އެވެ.

 

އޯޑިއޯ ކްލިޕުން ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ހާމަވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބަރު ނެތްކަމުގެ މައްސަލާގައިވެސް ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ހުރިކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. އަދި ރައީސް އަބްދުﷲ ޔާމީނާއި މެދު ގިނަ މެމްބަރުންތަކެއް ހިތްހަމަނުޖެހިފައިވާ ކަމަށްވެސް އަޑުތައް ފެތުރިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

mohamed

11 މަސް ކުރިން

Ok vaane

0
0