18 ފެބުރުއަރީ 2018 | އާދީއްތަ | ހިޔަވިހާ 5

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ

  • ފްލޫ ވެކްސިން ޖެހީ އެކަމާ މާބޮޑަށް ގުޅުންވެސް ނެތް ވޯޑެއްގެ ނަރުހުން ގަޔަށް
އަހުމަދު މުހުސިނު | dhonbandaara

| 14 މާރޗް 2017 | އަންގާރަ 21:10 | |އައިޖީއެމްއެޗް: ފްލޫ ވެކްސިންގެ މައްސަލައިގާ ވަނީ ހޫނުވެފައި -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ސަރުކާރުގެ ވަރަށް އިސްބޭފުޅެއްގެ އާއިލީ ބޭފުޅަކު ނަރުހަކަށް ހުންނަވާ ވޯޑެއްގެ ނަރުހުންނަށް ފުލޫ ވެކްސިން ޖެހުމަށްފަހު އެހެން ވޯޑް ތަކުގެ ނަރުހުންނަށް ވެކްސިން ނުދިނުމުގެ ސަބަބުން އެވޯޑްތަކުގެ ނަރުހުން ނުރުހުންވެ މައްސަލަ ހޫނުވެއްޖެއެވެ.

ރާއްޖެ އެމްވީއަށް އެކަން ހިއްސާކުރި އައިޖީއެމްއެޗްގެ ބައެއް ނަރުހުން ބުނީ ފުލޫ ވެކްސިންއަކީ މިހާރު މިއުޅޭ ރޯގާ ޖެހިފައި ތިބޭ މީހުންނަށް ފަރުވާ ދިނުމުގައި ޚާއްޞަކޮށް އުޅޭ ނަރުހުންނަށް ޖެހުމަށް ގެނައި ވެކްސިނެއް ކަމަށެވެ. އެގޮތުން ވެކްސިން ދޭން އިސްކަން ދީފައިވާ ބަޔަކީ އީއާރު، އައިސީޔޫ އަދި ފްލޫ ކްލިނިކްގައި އުޅޭ ނަރުހުންނަށް ކަމަށެވެ.

ނަމަވެސް އެވެކްސިން ކަމާނުބެހޭ ވޯޑެއްގައި މަސައްކަތް ކުރާ ނަރުހުންނަށް ޖެހުމަށް ފަހު އެހެން ވޯޑް ތަކުގެ ނަރުހުންނަށް އެވެކްސިން ދީފައި ނުވާތީ އެނަރުހުން ކަންބޮޑުވެ ނުރުހުން ފާޅުކުރަމުންދާ ކަމަށެވެ.

އެމީހުން ބުނީ ނަރުހުންނަށް ވެކްސިން ދިން ވޯޑަކީ އެއްވެސް ވަރަކަށް މިއުޅޭ ރޯގާޖެހިގެން އަންނަ މީހުންނަށް ފަރުވާ ދިނުމާ ގުޅުންހުރި ވޯޑެއްވެސް ނޫން ކަމަށެވެ. ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެވޯޑަކީ ސަރުކާރުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅެއްގެ އާއިލީ ބޭފުޅަކު ނަރުހަކަށް އުޅުއްވާ ވޯޑެކެވެ. އަދި އެވޯޑްގެ ނަރުހުންނަށް ވެކްސިން ދިނުމުގެ ކަންކަންވެސް ކުރީ އެނަރުސް ވާހަކަ ދައްކައިގެން ކަމުގެ މައުލޫމާތު ރާއްޖެ އެމްވީއަށް ވަނީ އެނގިފައެވެ.

ފްލޫ ވެކްސިންއަކީ ރާއްޖޭގައި ހުރީ ވަރަށް މަދުން ކަމަށް ސަރުކާރުންވަނީ ހާމަކޮށްފައެވެ.

މިކަމާ ގުޅޭގޮތުން އައިޖީއެމްއެޗްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ކާމިޔާބު ވެފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Siyaasee

11 މަސް ކުރިން

Naruhunnah ves dheyn jeheyne. Emeehun ethibenee hurihaa balithakehge thereyga 24 hrs. Mi dhivehinnah ragalhu eh goives nei..konme kamehves siyaasee kuraathi.

0
0
ޝާނި

11 މަސް ކުރިން

އަދިވެސް ބަލި މީހުން ބައި ތިއްބާފަ މިމީހުން މިއުޅެނީ ވެކްސިން ޖެހޭތޯ.

1
2
ސްވައިން ފްލޫ

11 މަސް ކުރިން

ޑރ. ނިޔާފްވެސް ވިދާޅުވި އެބޭފުޅާގެ ވެކްސިން ދޭނީ މާބަނޑު މީހަކަށޭ. ސުވާލަކީ މިހާ ލިމިޓެޑް ސްޓޮކެއް އޮތް އިރު ހަމަ ޑރ. ނިޔާފަށް ހާއްސަ ކޮށް ވެކްސިނެއް އެބައޮތްހޭ. އެހެންވީމާ ތިކަންވެސް ތި ދިޔައީ ހަމަ އެމޭރުމުންނޭނުން

2
1
I know

11 މަސް ކުރިން

Limited stock in vaahaka bunimavess ma hithahehri thihen

2
0
ޑިސްޓޭންސް

11 މަސް ކުރިން

ތިޔަކަން ދާނީ ތިކަހަލަ ގޮތަކަށް ކަން މާކުރިންވެސް އަހަރުމެނަށް އެނގޭ ދެން ވާނީވެސް އެހެން އެއްވެސް ކަމެއްގައި އިންސާފެއް އޮތް ޤައުމެއް ނޫން މީކީ

22
3
Mornu

11 މަސް ކުރިން

Igmh ceo isthiufaa dheefa geyah

Flu

11 މަސް ކުރިން

5 duvas nagaane javaabeh hoadhan. Eii mi sarukaaru hingaa goiy.

10
3
ބާޑް

11 މަސް ކުރިން

ޙުރިހާކަމެއްގަވެސް އަނިޔާވެރިކަމާ ކޮރަޕްޝަން.

10
4