18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

އަނިލް ކަޕޫރުގެ އާއިލާ

އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

  • ދެބަފައިން އެކުގައި ފެނިގެންދާ ފިލްމެއް ވަރަށް އަވަހަށް އިއުލާނުކުރެވިގެންދާނެ
އަލީ ޔޫސުފް | AliYooosuf

| 14 މާރޗް 2017 | އަންގާރަ 18:08 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް: ރައީސް ނަޝީދު
  8. އެމްޑީޕީގެ ޕްރައިމަރީ ހުކުރު ދުވަހު 14:30-20:30 އަށް


އަނިލް ކަޕޫރާއި އޭނާގެ ދެ ދަރިން -- ޔޫޓިއުބް

އަނިލް ކަޕޫރަކީ ބޮލީވުޑްގައި ފަނޑުވުމެއް ނެތް ނަމެކެވެ. ހާއްސަކޮށް "ސްލަމްޑޯގް މިލިއަނާ"އާ އެކު ހޮލީވޫޑްގެ ހޮސްކާގައި ވެސް އޭނާގެ ނަން ލިޔެވިގެން ދިޔައެވެ. އެ ފިލްމަށް އޮސްކާ ލިބުމުގައި އަނިލްގެ ހިއްސާ ވެސް ބޮޑެވެ. އަނިލްގެ ހުނަރުވެރިކަމާ އެއްވަރާ އޭނާގެ ޕާސަނަލިޓީއަކީ ވެސް ގިނަ ބަޔަކު ތައުރީފްކުރާ ކަމެކެވެ. ހާއްސަކޮށް އޭނާއާ އެއް އުމުރުގެ ދަރިންނާ އަޅާބަލާއިރު އަނިލް އަދިވެސް ފެނިގެން ދަނީ ޒުވާނެއްގެ ގޮތުގައެވެ. ނަމަވެސް އޭނާގެ ދަރިން ވެސް މިހާރު ވަނީ ފިލްމު ކުޅެން ފަށާފައެވެ.

އަނިލްގެ އަންހެން ދަރިފުޅު ސޯނަމް ކަޕޫރު ބޮލީވުޑަށް ތައާރުފްވިތާ ދުވަސްތަކެއް ވެފައިވާ އިރު އޭނާ ވަނީ ފިލްމީ ދުނިޔެ އާއި ފެޝަންގެ ދުނިޔޭގައި ފައިތިލަ ސާބިތުކޮށްފައެވެ.

ސޯނަމް އަށް ފަހު އަނިލްގެ ފިރިހެން ދަރިފުޅު ހަރްޝްވަރުދަން ވެސް މިހާރު ވަނީ ފިލްމީ ދާއިރާ އަށް ތައާރުފްވެފައެވެ. މިދިޔަ އަހަރު ނުކުން "މިރްޒިޔާ"ގައި ހަރްޝްގެ މޮޅު އެކްޓިން ފެނިގެން ދިޔަ ނަމަވެސް ގިނަ ބައެއްގެ ފާޑުކިޔުން ފިލްމަށް އާމާޒުވިއެވެ. އަދި ބޮކްސް އޮފީހުގައި ފިލްމު ވީ ވަރަށް ބޮޑު ފްލޮޕަކަށެވެ. މި ފިލްމްގެ ނާކާމިޔާބީ އަށް ފަހު ޚުދު އޭނާގެ ބައްޕަ ވެސް ވަނީ އޭނާގެ ކެރިއަރާ މެދު ކަންބޮޑުވުން ފާޅުކޮށްވެއެވެ.

ނަމަވެސް ކަންބޮޑުވާކަށް ނުޖެހެއެވެ. ސޯނަމް ވެސް ވަނީ އޭނާގެ ކެރިއަރުގައި ނާކާމިޔާބު ގިނަ ފިލްމުތަކެއްގައި ހަރަކާތްތެރިވެފައެވެ. ނަމަވެސް ފަހުން އޭނާ ކުޅުނު ދެތިން ފިލްމަކުން ބޮލީވުޑްގައި އޭނާ ވަނީ ވަރުގަދަ ތަރިއަކަށް ވެފައެވެ. އޭގެ ތެރޭގައި ސުޕް ސްޓާ ސަލްމާން ޚާންއާ އެކު ފެނިގެންދިޔަ "ޕްރޭމް ރަތަމް ތަން ޕާއޯ" އާއި "ނީރްޖާ" ގައި އޭނާ ދެއްކި މޮޅު އެކްޓިން އަށް ގިނަ ބަޔަކު ތައުރީފްކޮށްފައި ވެއެވެ.

އެކްޓިންގެ އިތުރުން ހަރްޝް ވަނީ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު އެކްޓްކުރި ފުރަތަމަ ފިލްމް "ބޮމްބޭ ވެލްވެޓް"ގައި ޑައިރެކްޓަރު އަނޫރާގް ކަޝިއަޕްއާ އެކު އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

ހަރްޝް ވަނީ އިތުރު ފިލްމެއްގެ މަސައްކަތް ވެސް ފަށައިފައެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ބާވިޝް ޖޯޝީ" އިންނެވެ. މިއީ 2014 ވަނަ އަހަރުގެ އޭޕްރީލް މަހު އިއުލާނުކުރި ފިލްމެއް ނަމަވެސް މި ފިލްމު ރިލީޒްކުރާނެ ވަކި ތާރީހެއް މިހާތަނަށް އިއުލާނުކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން ދާދި ފަހުން ހަރްޝްގެ ފޭނުންނަށް އިތުރު އުފާވެރި ޚަބަރެއް އިވިގެން ގޮސްފައި ވެއެވެ. އޭނާގެ ބައްޕަ އަނިލްއާ އެކު ސްކްރީނުން ފެންނަން އުޅޭ ވާހަކައެވެ. ބޮލީވުޑްގެ ޚަބަރުތައް ބުނާ ގޮތުން ދެބަފައިން އެކުގައި ފެނިގެންދާ ފިލްމެއް ވަރަށް އަވަހަށް އިއުލާނުކުރެވިގެންދާނެ ކަމަށެވެ. އެ ގޮތުން އިންޑިއާގެ މަޝްހޫރު އޮލިޕިކް ޝޫޓަރު އަބީނާވް ބިންދުރާގެ ހަޔާތުގެ މައްޗަށް ތައްޔާރުކުރާ ބައޯޕިކްއެއް އޭނާ އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މިފިލްމުގައި އަނިލް މުހިންމު ރޯލަކުން ފެނިގެންދާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ބުނެވޭ ގޮތުގައި މިއީ "އެކް ތީ ޑާޔަން" ގެ ޑިރެކްޓަރު ކަންނަން އިއްޔަރު ޑައިރެކްޓްކުރާ ފިލްކެމެވެ. ފިލްމުގައި އަބީނާވްގެ ރޯލުން ހަރްޝް ފެނިގެންދާއިރު އޭނާގެ ބައްޕަގެ ރޯލުން ފެނިގެންދާނީ އަސްލު ބައްޕަ އަނިލްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް