15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ވިޝްކާ

ދިވެހި ފިލްމް "ވިޝްކާ" ގެ މައްސަލަ ކޯޓުން ބޭރު ކޮށްފި

  • މައްސަލަ ބޭރު ކޮށްލީ ވަކީލް ހާޒިރު ނުވުމުން
ސަހުބާން ފަހުމީ | sahubaan

| 14 މާރޗް 2017 | އަންގާރަ 18:07 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  8. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!


ވިޝްކާގެ ޕޯސްޓަރެއް -- ފޭސްބުކް

ދިވެހި ފިލްމް "ވިޝްކާ" ގެ މައްސަލަ ކޯޓުން ބޭރު ކޮށްފި

މާރޗް މަހުގެ 8 ވަނަ ދުވަހު ޝްވެކް ސިނަމާގައި ރިލީޒްކުރި ދިވެހި ފިލްމް "ވިޝްކާ"ގެ މިލްކްވެރިކަން ކަށަވަރު ކުރުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.

ވިޝްކާގެ ވާހަކަ އާއި ސްކްރީން ޕްލޭގެ މިކްކުވެރިކަން ކަށަވަރު ކުރުމަށް މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ކެމެރާމަން ހަސަން ހަލީމް (ކޮކޯ ހަސަން) އެވެ. އެ މައްސަލަ ކޯޓުން ބޭރުކޮށްލީ އެ މައްސަލައިގައި އަންގާރަ ދުވަހު ތަވާލް ކޮށްފައި އޮތް އަޑުއެހުމަށް ކޮކޯ ހަސަންގެ ވަކީލް ކޯޓަށް ހާޒިރު ނުވުމުންނެވެ.

ކޮކޯ ހަސަން ހުށަހެޅި މައްސަލައިގައި އެ މައްސަލައާ މެދު ކޯޓުން ވަކި ގޮތެއް ނިމެންދެން ފިލްމް ރިލީޒް ކުރުން މަޑުޖައްސސާލުމުގެ އަމުރަކަށް އެދުނެވެ. ނަމަވެސް ކޯޓުން ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމާފައެވެ.

މައްސަލަ ކޯޓުން ބޭރުކޮށްލި އިރު އެ މައްސަލައިގައި ފިލްމްގެ ޕްރޮޑިއުސަރު އަދި އެކްޓްރެސް ރިޝްމީ ވަނީ މައްސަލަ އަށް ޖަވާބްދާރީވެފައެވެ. އެގޮތުން ރިޝްމީގެ ފަރާތުން އެ މައްސަލައިގައި ޖަވާބްދާރީވީ އޭނާގެ ވަކީލެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ކޮކޯ ހަސަން ބުނެފައިވަނީ "ވިޝްކާ" އަކީ އޭނާގެ އަމިއްލަ މިލްކެއް ކަމަށް ގަބޫލު ކުރެވޭތީ މިލްކްވެރިކަން ސާބިތު ކޮށްދެވޭ ވަރަށް ހެކި އެބަހުރި ކަމަށާއި އެކަން ސާބިތު ކުރާނެ ކަމަށެވެ.

މި މައްސަލާގައި ފިލްމްގެ ޕްރޮޑިއުސަރ އަދި ބަތަލާ ރިޝްމީ ކުރިން ބުނެފައި ވަނީ "ވިޝްކާ"އަކީ ހަސަންގެ ހައްގެއް ނަމަ ފިލްމުގެ މަސައްކަތް ކުރިއަށް ދިޔައިރު ހުއްޓުވަން ނޫޅުނީ ކީއްވެތޯ ސުވާލު އުފައްދާފައެވެ.

އެފިލްމަކީ ރިޝްމީގެ އެއްޗެއް ނޫން ކަމަށް ވެއްޖެ ނަމަ އެހާ ބޮޑު ޚަރަދެއް ކުރަންވީ ކީއްވެތޯ ކަމަށް އޭނާ ބުންޏެވެ.

ވިޝްކާގެ ސްޓޯރީގެ މައްސަލަ ޖެހިފައިވާއިރު ފިލްމްގެ ޕްރޮމޯޝަނަލް ޓްރެއިލާ ދެއްކިއިރު އެފިލްމްގެ ސްކްރިޕްޓް ލިޔުނު ކަމަށް ބުނާ އަހުމަދު ޒަރީރަށް ކްރެޑިޓް ދީފައި ނުވާ ކަމަށް ބުނެ އެމައްސަލަ ވެސް ވަނީ ހޫނު ވެފައެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ފިލްމުގެ ޑައިރެކްޓަރ އަދި ލީޑް އެކްޓަރު ރަވީ ފާރޫގް ބުނީ ޒަރީރަށް ކްރެޑިޓް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ޒަރީރަކީ ސްކްރިޕްޓްގެ މަސައްކަތް ކުރުމަށް މަހުދީ ގެނެފައިސްވާ މީހަކަށް ވާއިރު ޒަރީރުގެ މަސައްކަތަށް ކްރެޑިޓް ދޭން ނުޖެހޭނެ ކަމަށް ރަވީ ބުންޏެވެ.

މީގެ އިތުރުން ރަވީ ބުނީ ފިލްމްގެ ޝޫޓިންތައް ކުރިއަށް ދިޔައިރު ސްކްރިޕްޓަށް ބޮޑު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި ފިލްމް ބަލައިފި ނަމަ ޒަރީރަށް އެކަން އެނގިގެން ދާނެ ކަމަށް ރަވީ ބުންޏެވެ.

އެހެން ކަމުން ޒަރީރަށް މި ފިލްމްގެ ކްރެޑިޓް ދޭނަމަ ފިލްމްގެ ޑައިރެކްޓަރ ރަވީ އަދި ޕްރޮޑިއުސަރ ރިޝްމީއަށް ވެސް ކްރެޑިޓް ދޭން ޖެހޭނެ ކަމަށް ރަވީ ބުންޏެވެ.

މި މައްސަލާގައި ޒަރީރާ އެކު ވާހަކަ ދެއްކުމަށް އެއްމޭޒަކަށް އައުމަށް ރަވީ ވަނީ ގޮވާލާފައެވެ.

މި ފިލްމުގެ ޓައިޓިއުލާ ރޯލުން ރިޝްމީ ފެނިގެނދާއިރު ދެން މިފިލްމުގެ މުހިއްމު ރޯލްތަކުން ފެނިގެންދާނީ ރަވީ ފާރޫޤް އަދި އަޙްމަދު ސައީދު އެވެ.

ދިވެހި މުޖުތަމައު އިން ފެންނަ ގިނަ ކަންތައްތައް ދައްކުވާދޭ ފިލްމުގެ ޝޫޓިންގް ނިމި “ވިޝްކާ” ލޯންޗް ކޮށްފައިވަނީ 30 މެއި 2016 ގައެވެ. މި ފިލްމް މިވަގުތު އަޅުވަނީ ޝްވެކް ސިނަމާގައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް