14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ސްރީދޭވީ އެނބުރި އައުން

ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

  • ފިލްމްގެ މަސައްކަތް ދިގުލައިގެން ދިޔައީ ޕާކިސްތާނުގެ އެކްޓަރުން ބަދަލުކުރަން ޖެހުމުން
އަލީ ޔޫސުފް | AliYooosuf

| 14 މާރޗް 2017 | އަންގާރަ 17:57 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  5. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  6. ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާނަން: ބޮޗޭ
  7. ވެލެޒިނީ ހައްޔަރު ކޮށްފި
  8. ބަޖެޓްގައި ފްލެޓް މަޝްރޫއުގެ ވާހަކައެއް ނެތް، ސަޕްލިމެންޓަރީ ބަޖެޓަކަށް ވިސްނަނީ!


ޖުލައި މަހު ރިލީޒްކުރުމަށް ހަމަޖައްސާފައިވާ ސްރީދޭވީގެ ފިލްމް "މަމް" ގައި ހަރަކާތްތެރިވާ ޕާކިސްތާނުގެ ދެ ތަރިންނާ އެކު -- ޔޫޓިއުބް

މީގެ އަހަރުތަކެއް ކުރިން ބޮލީވޫޑްގައި ރަނިކަން ކުރި ސްރީދޭވީ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު ސިނަމާ އަށް އަލުން އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ޕޯސްޓަރު ދައްކާލައިފިއެވެ.

އެގާރަ އަހަރުގެ ދުވަހުގެ މެދުކެނޑުމަކަށް ފަހު 2012 ވަނަ އަހަރު ސްރީދޭވީ އެނބުރި އައި "އިންގްލިޝް ވިންގްލިޝް" އަށް ގިނަ ބައެއް ތައުރީފް އޮހިގެން ގޮސްފައިވާ އިރު އާ ފިލްމް "މަމް"ގައި ވެސް އޭނާ ފެނިގެންދާނީ އެފަދަ ވަރުގަދަ ރޯލަކުންނެވެ. "އިގްލިޝް ވިންގްލިޝް"ގައި އޭނާ އަދާކުރި މަންމަގެ ރޯލަށް ގިނަ ބައެއް ތައުރީފާއި އެވޯޑްތައް ލިބިގެން ގޮސްފައި ވެއެވެ.

ބޯނީ ކަޕޫރު ޕްރޮޑިއުސްކުރާ "މަމް"އަކީ ރަވީ އުދިއަވާރާ ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމްގެ ފުރަތަމަ ޕޯސްޓްރު ސްރީދޭވީ ވަނީ އޭނާގެ ފޭސްބޫކްގައި ޝެއާކޮށްފައެވެ. މިއީ ކޮންކަހަލަ ފިލްމެއް ކަން މިހާތަނަށް ހާމަކޮށްފައި ނުވާ އިރު ފިލްމްގެ ވާހަކަ ވެސް ވަނީ ވަރަށް ބޮޑަށް ސިއްރުކޮށްފައެވެ. މި ފިލްމުގެ މަންޒަރުތަކެއް ޖޯޖިއާގައި ވެސް ނަގާފައި ވެއެވެ. ފިލްމްގައި ސްރީދޭވީއާ އެކު ފެނިގެންދާނީ އަކްޝަޔާ ކަންނާ އާއި އަބީމަނިއު ސިންގްއެވެ. ނަވާޒުއްދީން ސިއްދީގީ ވެސް ހާއްސަ ފެނިލިމަކުން ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ފިލްމްގެ މަސައްކަތް ފަށާފައިވާތާ ދުވަސްތަކެއްވީ ނަމަވެސް ދިގުލައިގެން ގޮސްފައި ވަނީ ތަފާތު އެކި ސަބަބުތަކާ ހުރެއެވެ. އެ ގޮތުން ޕާކިސްތާނުގެ އެކްޓަރުން ބޮލީވޫޑްގެ ފިލްމްތަކުގައި މަސައްކަތްކުރުން މަނާކުރުމާ ގުޅިގެން ވެސް ފިލްމްގެ މަސައްކަތް ހުއްޓުނެވެ. މި ފިލްމް ފެށި އިރު ޕާކިސްތާނުގެ ދެތަރިއަކު ފިލްމްގައި ހަރަކާތްތެރިވިއެވެ. އެ ގޮތުން ސްރީދޭވީގެ ފިރިމީހާގެ ރޯލު ކުޅެމުންދިޔައީ އަދުނާނު  ސިއްދީގީއެވެ. އަންހެން ދަރިފުޅު ސަޖަލް އަލީއަކީ ވެސް ޕާކިސްތާނުގެ ތަރިއެކެވެ. މި ފިލްމް ރިލީޒްކުރުމަށް ހަމަޖައްސާފައި ވަނީ ޖުލައި މަހުގެ ތެރޭގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް