23 ޖެނުއަރީ 2019 | ބުދަ | 05 ހުވަން
17 ޖުމާދަލްއޫލާ 1440
ފަތިސް 05:03
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:41
މަޣްރިބް 18:17
އިޝާ 19:33

ކަސްޓަމްސް ސާވިސް

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

  • އެކްސްޕޯޓު ކުރި މިންވަރު 12 ޕަސެންޓް އިތުރުވި
ރިޒުނާ ޒަރީރު | RiznaZareer

| 14 މާރޗް 2017 | އަންގާރަ 02:26 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. ''އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން''
  3. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  4. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  5. ހިޔާ މަޝްރޫއު: ޕްލޭނެއް ނެތި ކުރިއަށް؟!
  6. ތިލަފުށި އަދި ގުޅިފަޅު ހިންގަން އުފެއްދި ކުންފުނީގައި ސިއްސައިގެންދާވަރުގެ ކޮރަޕްޝަން!
  7. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  8. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި


އެމްޕީއެލްގެ ކަސްޓަމްސް ކްލިއަރިން ސަރަހައްދު -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ފާއިތުވި ފެބްރުވަރީ މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2016 ވަނަ އަހަރުގެ ފެބްރުވަރީމަހާ އަޅާބަލާއިރު 29 އިންސައްތަ އިތުރުވެއްޖެ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

 

 މިދިޔަ އަހަރުގެ ފެބްރުވަރީމަހު ދިވެހިރާއްޖެއަށް 2.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ ފެބްރުވަރީމަހު މި ޢަދަދުވަނީ 3.1 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

 

އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން 18 އިންސައްތަ ޗައިނާއިން އިމްޕޯޓްކޮށްފައިވާއިރު، 16 އިންސައްތަ އެކުވެރި އަރަބި އިމާރާތް އަދި 12 އިންސައްތަ އިންޑިޔާއާއި ސިންގަޕޫރުންވަނީ އެތެރެކޮށްފައި ކަމަށް ހިސާބުތަކުން ދައްކަ އެވެ.

 

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2016 ވަނަ އަހަރުގެ ފެބްރުވަރީ މަހާ އަޅާބަލާއިރު ހުސްވި ފެބްރުވަރީ މަހު 94 އިންސައްތަ އިތުރުވެފައެވެ.

 

މިދިޔަ ފެބްރުވަރީ މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 333 މިލިއަން ރުފިޔާ ލިބިފައިވާއިރު 2016 ވަނަ އަހަރުގެ ފެބްރުވަރީ މަހު ލިބިފައިވަނީ 171 މިލިއަން ރުފިޔާއެވެ. އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އަދަދު މިދިޔަމަހު އިތުރުވެފައިވަނީ އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް ގެނެވުނު އިސްލާޙާގުޅިގެން މިދިޔަ ފެބުރުއަރީ މަހު ގިނަ އަދަދަކަށް ރާއްޖެއަށް ސިނގިރޭޓް އެތެރެކުރުމާ ގުޅިގެން ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

 

ފާއިތުވި ފެބްރުއަރީމަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު ވަނީ 12 އިންސައްތަ މަތިވެފައެވެ.

 

2016 ވަނަ އަހަރުގެ ފެބްރުވަރީ މަހު 334 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު 2017 ވަނައަހަރުގެ ފެބްރުއަރީމަހު މި ޢަދަދު ވަނީ 373 މިލިއަން ރުފިޔާއަށް އިތުރުވެފައި ކަމަށްވެސް މިހިސާބުތަކުން ދައްކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް