18 ފެބުރުއަރީ 2019 | ހޯމަ | 06 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ގޭމް އޮފް ތްރޯންސް

ގޭމް އޮފް ތްރޯންސް: ކުރިޔަށް އޮތް ސީޒަންގައި އެޑް ޝީރާން ފެންނާނެ

  • ޕްރޮޑިއުސަރުން ވަނީ އެޑް ޝީރާން ފެންނާނެކަން ޔަޤީންކޮށްދީފަ
  • ޖީއޯޓީގައި ކުރިންވެސް މިއުޒީޝަނުން ހަރަކާތްތެރިވި
އިސްމާއިލް ނާއިލް ނަޝީދު | @IxmaealNaail

| 13 މާރޗް 2017 | ހޯމަ 21:38 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  5. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


އެޑް ޝީރާން -- ބީބީސީ

އެޗްބީއޯގެ މަޤުބޫލު ސީރީޒް، ގޭމް އޮފް ތްރޯންސްގެ ކުރިއަށް އޮތް ސީޒަނުގައި މަޝްހޫރު އިނގެރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރާން ފެނިގެން ދާނެކަން އެ ސީރީޒްގެ ޕްރޮޑިއުސަރުން ޔަޤީންކޮށްދީފިއެވެ.

ސައުތު ބައު ސައުތުވެސްޓް ފިލްމް ފެސްޓިވަލްގައި ވާހަކަ ދައްކަމުން، ގޭމް އޮފް ތްރޯންސްގެ ޕްރޮޑިއުސަރުން ކަމުގައިވާ ޑޭވިޑް ބެނިއޯފް އާއި ޑޭން ވީސް ބުނީ، އެ ސީރީޒްގައި އެޑް ޝީރާން ދައްކައިލުމަށް މަސައްކަތް ކުރާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.

މިކަން އެޑް ޝީރާންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ސީރީޒްގެ ޕްރޮޑިއުސަރުންނާއި، އެޑް ޝީރާންވެސް މި ޚަބަރު ޔަޤީން ކޮށްދީފައި ވީނަމަވެސް، ގޭމް އޮފް ތްރޯންސްގައި އެޑް ޝީރާން ކުޅޭނީ ކޮން ކަހަލަ ރޯލެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އެޑް ޝީރާން އަކީ މި ސީރީޒްގައި ފެނިގެންދާ މިއުޒިކީ ހަމައެކަނި ފަންނާނެއް ނޫނެވެ. އެގޮތުން، މިއުޒިކް ބޭންޑުތައް ކަމަށްވާ ކޯލްޑްޕްލޭ އާއި މަސްޓޯޑޮން އަދި އޮފް މޮންސްޓަރޒް އެންޑް މެން ގެ އިތުރުން، ސައިގަރ ރޮސް ގެ މެންބަރުންވެސް މީގެ ކުރިން މިސީރިޒްގައި ވަނީ ފެނިގެން ގޮސްފައެވެ.

މީގެ ތެރެއިން އޮފް މޮންސްޓަރޒް އެންޑް މެން އާއި، ސައިގަރ ރޮސްގެ މެންބަރުން މިއުޒކް ބޭންޑްތަކެއްގެ ގޮތުގައި މި ސީރީޒްގައި ދައްކައިދީފައި ވާއިރު، އެޑް ޝިރާންވެސް ފެނިގެންދާނީ އެފަދަ ރޯލަކުންކަން ނުވަތަ ނޫންކަންވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.

ފަހަރުގައި މަސްޓޯޑޮންގެ މެންބަރުން ފަދައިން، އެޑް ޝީރާންވެސް ވައިލްޑްލިންގް ތަކެއް ނުވަތަ ވައިޓް ވޯކަރޒް ތަކެއްގެ ގޮތުގައިވެސް ފެނިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

މީގެ އިތުރުން ޑޭވިޑް ބެނިއޯފް އާއި ޑޭން ވީސް ހާމަކޮށްފައިވާ ގޮތުގައި އަންނަ ޖުލައި މަހުގެ 16 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ގޭމް އޮފް ތްރޯންސްގެ 7 ވަނަ ސީޒަންގައި ހިމެނޭނީ 6 އެޕިސޯޑެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް