22 ފެބުރުއަރީ 2019 | ހުކުރު | 09 ހިޔަވިހާ
17 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:39
މަޣްރިބް 18:22
އިޝާ 19:34

ބްރެޒިލްގެ ރައީސް

ދެވީގެ އުނދަގޫ ބޮޑުވެގެން ބްރެޒިލްގެ ރައީސް ރަސްމީ ގަނޑުވަރުން ނުކުންނަވައިފި

  • ބްރެޒިލްގެ ރައީސް މިހާރު ދިރިއުޅުއްވަނީ ނައިބު ރައީސަށް ޚާއްސަ ގެކޮޅުގައި
ރާއްޖެ އެމްވީ | raajje.mv

| 13 މާރޗް 2017 | ހޯމަ 20:07 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  4. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  5. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  6. ހުވާވޭގެ އެންމެ ފަހުގެ ނޯވާ 4 ރާއްޖޭގެ ބާޒާރަށް ނެރެފި
  7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
  8. އަނދުން ހުސެއިންގެ ހަރަދުގައި ފަސް ކުއްޖަކަށް ބެންގަލޫރް ގައި ކިޔަވައި ދޭނީ


ބްރެޒިލްގެ ރައީސް އެމަނިކުފާނުގެ ރަސްމީ ގަނޑުވަރުގައި -- ރޮއިޓަރސް

ބްރެޒިލްގެ ރައީސް މިޗެލް ޓީމާރ އާއި އަނބިކަނބަލުން މާސެލާ އަދި އުމުރު ހަތް އަހަރުގެ ދަރިކަލުން، ރައީސްގެ ރަސްމީ ގަނޑުވަރު ދޫކޮށް ނުކުމެވަޑައިގެންފިއެވެ.

ރަސްމީ ގަނޑުވަރު ދޫކޮށްލެވި ސަބަބާ ބެހޭ ގޮތުން ބްރެޒިލްގެ ރައީސް ވިދާޅުވީ އެ ތަނުގައި އެއްގޮތަކަށްވެސް އަވަހާރަފުޅު ނުލެއްޕެވޭ ކަމަށާއި ފުރަތަމަ ރެއިން ފެށިގެންވެސް އުނދަގޫ ގޮތްތަކެއް އިހްސާސް ކުރެއްވެމުން ދިޔަކަމަށެވެ.

މިހާރު އުމުރުން 76 ވެފައިވާ ބްރެޒިލްގެ ރައީސް ވިދާޅުވީ އޭނާގެ އަނބިކަނބަލުން، އުމުރުން 33 އަހަރުގެ މާސެލާއަށްވެސް ހަމަ އެފަދަ އުނދަގޫތަކެއް ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ. ރައީސް ތުހުމަތު ކުރައްވަނީ ރަސްމީ ގަނޑުވަރުގައި ކޮންމެވެސް ދެތްވެއް އުޅޭކަމަށެވެ.

ނަމާންކަން ގަނޑުވަރުގެ ތެރޭގައި ވާ ކަމަށް ބެލެވި، އެ ގަނޑުވަރަށް ފާދިރީއަކު ގެނެސް ނުބައި ރޫހުތައް ފައްސާލެވޭ ރައީސް އާއި އަނބި ކަނބަލުން މަސައްކަތް ކުރެއްވި ކަމަށްވެސް ގްލޯބޯ ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް އެކަމުންވެސް އެދެވޭ ނަތީޖާއެއް ނުކުމެފައެއް ނުވެއެވެ.

ޓެމަރ، ބްރެޒިލްގެ ރައީސް ކަމަށް ވަޑައިގަތީ، ހުސްވި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

ބްރެޒިލްގެ ރަސްމީ ގަނޑުވަރަކީ ވަރަށް އަގު ބޮޑު އަދި ގިނަ ވަސީލަތްތަކެއް ހިމެނޭ ގޮތުން ތައްޔާރުކޮށްފައިވާ އިމާރާތެކެވެ. މި ގަނޑުވަރުގައި ފުޓްބޯޅަ ދަނޑަކާއި، ސްވިމިންގ ޕޫލަކާއި، މެޑިކަލް ސެންޓަރު ފަދަ ވަސީލަތްތައް ހިމެނެއެވެ.

ރައީސްގެ އާއިލާ މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ ނައިބު ރައީސަށް ޚާއްސަ ކޮށްފައިވާ ގެކޮޅުގައެވެ. ބްރެޒިލްގައި މި ވަގުތު ނައިބު ރައީސަކު ނެތުމާއެކު ނައިބު ރައީސަށް ޚާއްސަ ކުރެވިފައި ހުންނަ ގެކޮޅު ހުރީ ހުސްކޮށްނެވެ.

ރައީސް ޓެމަރ ދިރިއުޅުއްވާ ތަން ބަދަލު ކުރަން މިޖެހުނީ ސިޔާސީ ގޮތުން އުނދަގޫ ދަނޑިވަޅެއްގައި ކަމަށް ބްރެޒިލްގެ ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. މި ދަނޑިވަޅަކީ ރައީސް ޓެމަރއަށާއި އަރިސް ވަރަށް ގިނަ ފަރާތްތަކަށް ކަރަޕްޝަންގެ ބޮޑެތި ތުހުމަތު ތަކެއްކުރެވި ސިޔާސީ މަސްރަހް ހޫނުވެފައިވާ ދަނޑިވަޅެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް