17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ޑީސީ ކޮމިކްސް

ވޮންޑަރ ވުމަންގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި

  • ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 2 ޖޫން، 2017
  • ޕެޓީ ޖެންކިންސް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ މައި ރޯލުން ފެނިގެންދާނީ ގަލް ގަޑޮޓްއާއި ކްރިސް ޕައިން
އައިޝަތު ޝާނީ | Shaaknee

| 12 މާރޗް 2017 | އާދީއްތަ 17:33 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  7. ރައީސްގެ ނިންމެވުމަށް ތައުރީފު
  8. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި


ފިލްމްގެ އާ ޕޯސްޓަރ އެ ރިލީޒްކޮށްފައިވަނީ ހުކުރު ދުވަހު -- ގޫގުލް

ޑީސީ ކޮމިކްސްގެ މަޝްހޫރު ސުޕަރ ހީރޯ، ވޮންޑަރ ވުމަން ފިލްމްގެ އާ ޓްރެއިލަރއެއް ރިލީޒްކޮށްފިއެވެ.

ފިލްމްގެ ޕޯސްޓަރ ހުކުރު ދުވަހު ރިލީޒްކުރުމަށް ފަހު، ވޮންޑަރ ވުމަންގެ ރޯލްއިން ފެނިގެންދާ ގަލް ގަޑޮޓްވަނީ "އެއަށް ވުރެ އަދި މާ ބޮޑު ސަޕްރައިޒް"އެއް އޮތްކަމަށް ބުނެ، ވޮންޑަރ ވުމަންގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފައިވަނީ ހޮނިހިރު ދުވަހެވެ.

25 ސިކުންތުގެ މި ޓްރެއިލަރ އިން ވޮންޑަރ ވުމަން، ނުވަތަ ޑަޔާނާ ކުޑަ އިރު  އެމެޒަންގެ ރައްޔިތުންނާއެކު ޓްރެއިންކޮށް، އޭނާގެ "ޕަވަރ"ތައް ބޭނުންކުރާ ދަސްކުރާ މަންޒަރު ފެނިގެންދެއެވެ. އަދި ދުނިޔެ ސަލާމަތް ކުރުމަށް އެމަޒަންއިން އޭނާ ލަންޑަނަށް ކުރި ދަތުރުވެސް ފެނިގެންދެއެވެ.

ޕެޓީ ޖެންކިންސް ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ ޑީސީ އެކްސްޓެންޑެޑް ޔުނިވަރސް އިން ދެން ރިލީޒް ކުރަން އިން ފިލްމެވެ. ގަޑޮޓްއާއި ސްޓީވް ޓްރެވަރގެ މަގާމުން ކްރިސް ޕައިން ފެނިގެންދާ ވޮންޑަރ ވުމަން ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 2 ޖޫން، 2017 ގައެވެ.

މި ފިލްމްގައި ސްޓީވް ގެ ފްލައިޓެއް ޑަޔާނާގެ ޕްލެނެޓަށް ކްރޭޝްވުމުން ދެން ހިނގާ ކަންތައް ފެނިގެންދާނެއެވެ. އަދި ދުނިޔޭގައި ކުރިއަށް ދާ ހަނގުރާމަ، އެއް ވަނަ ބޮޑު ހަނގުރާމަ ހިންގަނީ "އޭރީސް- ގޯޑް އޮފް ވޯރ" ކަމަށް ބުނެ، ޑަޔާނާ ދުނިޔެ ސަލާމަތް ކުރުމަށް ލަންޑަނަށް ދެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް