12 ނޮވެންބަރު 2018 | ހޯމަ | 13 ވިހާ
04 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:13
މެންދުރު 11:54
އިރުއަރާ 05:50
ފަތިސް 04:36

ފަސްޓް ލޭޑީގެ ކެމްޕޭން

ރެހެންދި ހަދީޖާ އަށް ފަހު، "ރެހެންދި ފާތުމަ"!

  • ރައީސް އަބްދުﷲ ޔާމީނަށްވުރެވެސް ހަރަކާތްތެރިކޮށް އުޅުއްވަނީ މެޑަމް ފާތުން
  • އަމިއްލައަށް ގިނަ ކެމްޕޭން ހަރަކާތްތަކެއް ކުރިއަށްގެންދަވާ، ސިޔާސީ ގޮތުން ތާއީދު ހޯދުމަށް ބުރަ މަސައްކަތެއް ކުރައްވާ
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 12 މާރޗް 2017 | އާދީއްތަ 06:45 | |

މަގުބޫލް

  1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  4. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
  5. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
  6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  7. ސޯލާ ޕެނަލްތަކާއެކު އައްޑޫ ހައި ސްކޫލްގެ ކަރަންޓް ބިލް 7،000 ރުފިޔާއަށް ކުޑަވެއްޖެ!
  8. އާ ރަށުގައި ބިނާކުރި ގަނޑުވަރުގެ ފޮޓޯތަކެއް ޢާއްމު ކޮށްފި


ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް - އެކަމަނާ ވެރިކަމަށް ވަޑައިގެންފާނެތޯ ގިނަ ބަޔަކު ސުވާލު އުފައްދާ -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ދިވެހި ތާރީހުގައި ގިނަ ވެރިކަންތަކެއް ފެނިފައިވީނަމަވެސް، އަންހެން ބޭފުޅުން މި ޤައުމުގެ ވެރިކަން ކުރައްވާފައިވަނީ ވަރަށްވެސް މަދު ފަހަރުތަކެއްގަ އެވެ. ތާރީހުގެ ފަތްފުށްތައް ހެކިދޭގޮތުގައި ރެހެންދި ހަދީޖާ ރާއްޖޭގެ ވެރިކަން ތިން ފަހަރެއް މަތިން ކުރައްވާފައިވާއިރު، އެކަމަނާގެ އިތުރުން އެއްވެސް އަންހެން ކަނބަލެއް ރާއްޖެގެ ވެރިކަން ކުރައްވާފައެއް ނުވެއެވެ. ތާރީހީ ބައެއް ލިޔުންތައް ބުނާގޮތުން އައްސުލްޠާނާ ރެހެންދި ހަދީޖާ (އައްސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދި ކިލެގެ ސިރީ ރާދަ އަބާރަނަ މަހާ ރެހެންދި) ރާއްޖޭގެ ވެރިކަން ތިން ފަހަރުވެސް ކުރައްވާފައިވަނީ، ރައްޔިތުންގެ ތާއީދެއް އޮވެގެނެއް ނޫނެވެ. އެކަމަނާ ރާއްޖޭގެ ވެރިކަން ތިން ފަހަރު މަތިންވެސް ކުރައްވާފައިވަނީ ފިރިކަލުން ގަތުލުކުރެއްވުމަށްފަހު، ރަސްކަމުގެ ތަހުތަށް އިސްވެގަނެގެންކަމަށް ތާރީހީ ބައެއް ލިޔުންތައް ބުނެ އެވެ.

 

ތަފާތު އެކި ލިޔުއްވުންތަކުގައި ރެހެންދި ހަދީޖާ ވެރިކަން ހޯއްދެވިގޮތް އެކިގޮތްގޮތަށް ބުނެފައިވީނަމަވެސް ހުރިހާ ތާރީހީ ލިޔުންތެރިންވެސް އިއްތިފާޤުވާގޮތުގައި އެކަމަނާ ވެރިކަމުގެ ދަހިވެތިކަމުގައި ކޮންމެ ފަދަ ކަމެއްވެސް ކުރައްވަފާނެ އެވެ. ފިރިކަލުންތައް ގަތުލުކުރެއްވީވެސް އެހެންވެކަމަށްވެ އެވެ. އަދި ރެހެންދި ހަދީޖާއަކީ ހުދުމުތާރު އަނިޔާވެރި ވެރިކަމެއް ކުރެއްވި ކަނބަލެއްކަމަށް ބައެއް ތާރީހީ ލިޔުންތަކުގައި ބުނެފައިވެއެވެ. އަނެއްބައި ލިޔުންތަކުގައި ބުނެފައިވާގޮތުގައި ރެހެންދި ހަދީޖާއަކީ ވަރަށް ހިތްވަރުގަދަ ޝަހުސިއްޔަތެކެވެ.

 

ކޮންމެއަކަސް އަޅުގަނޑު މި އުޅެނީ ތާރީހުގެ ތެރެއިން، ރެހެންދި ހަދީޖާގެ ވާހަކަތައް ކިޔައިދޭކަށެއް ނޫނެވެ. ނަމަވެސް ތާރީހަކީ އަލުން އިޔާދަވާ އެއްޗެއްކަމަށް ބައެއް ބޭފުޅުން ވިދާޅުވެ އެވެ. ހަމައެގޮތަށް ރެހެންދި ހަދީޖާއަށްފަހު، ރާއްޖޭގެ ވެރިކަމަށް ރެހެންދި ފާތުމަ އަންނަނީތޯ ސުވާލު އުފައްދާލުމަށެވެ.

 

ދައްކަންމިއުޅެނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ވާހަކަ އެވެ. އެކަމަނާގެ ހަރަކާތްތެރިކަމުގެ ވާހަކަ އެވެ. ފެންނަ މަންޒަރުތަކަށް ބަލާއިރު، ރައީސް އަބްދުﷲ ޔާމީނަށްވުރެވެސް ހަރަކާތްތެރިކޮށް ފެނިވަޑައިގަންނަވަނީ އަނބިކަނބަލުންނެވެ. ހަމައެކަނި އިޖުތިމައީ ދާއިރާއެއްގައެއްވެސް ނޫނެވެ. ސިޔާސީ މައިދާނުގައިވެސް ވަކިހިއްޕާލާފައިވާ، ނުފޫޒުގަދަ ކަނބަލެއްގެ ގޮތުގައި ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ސިފަކުރެވިދާނެ އެވެ.

 

 

އަމިއްލަ އޮފީހެއް ހައްދަވައި، ސިޔާސީ ހަރަކާތްތައް ހިންގަވާ، އެއްވުންތައް ބާއްވާ، ރަށްރަށަށް ވަޑައިގެން ކެމްޕޭން ހިންގަވާ އުޅުއްވަ އެވެ. މީގެކުރިން ފެނިފައިވާ ހުރިހާ ރައީސުންގެ އަނބިކަނބަލުންނަކީވެސް ސިޔާސީ ކަންތައްތަކުގައި އުޅުއްވުމުގެ ބަދަލުގައި ވަރަށް މަޑުމައިތެރިކަމާއެކު އިޖުތިމާއި ހަރަކާތްތަކުގައި އުޅުއްވި ކަނބަލުންތަކެކެވެ. ނަމަވެސް އެ މަންޒަރު ކުއްލިއަކަށް ބަދަލުކުރެއްވީ ފާތިމަތު އިބްރާހިމް އެވެ.

 

ބައެއް ފަހަރު މުޅި އޮޑި ކޮންޓްރޯލްކުރަނީވެސް ފާތިމަތު އިބްރާހިމްތޯ ސުވާލު އުފައްދަންޖެހޭ ހާލަތަށްދެ އެވެ. ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޕޯޑިއަމްއަކަށް އެރުއްވިކަމުގައިވިނަމަވެސް، ރައީސް އަބްދުﷲ ޔާމީނަށް ތައުރީފް އޮއްސުމަށްވުރެ ބޮޑަށް ތައުރީފްގެ ބަސްތައް އޮއްސަވަންޖެހެނީ އަނބިކަނބަލުންނަށެވެ. މުޅި ވަގުތުތައް ހޭދަކުރައްވަންޖެހެނީ އެކަމަނާގެ މޮޅުކަމުގެ ވާހަކަދެއްކުމަށެވެ.  

 

އުފެދޭ ސުވާލަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މިސްރާބު ޖައްސަވާފައި އެ ހުންނެވީ ވެރިކަމަށް ވަޑައިގަންނަވަންތޯ އެވެ. އެކަމަނާގެ ހަރަކާތްތަކަށްބަލާއިރު، މިސްރާބު ޖައްސަވާފައި ހުންނެވި ކޮންމެ ފަދަ ކަނޑެއް ހުރަސްކުރެއްވުމަށްފަހުވެސް ވެރިކަމަށް ވަޑައިގަންނަވަންށޭ ބުނެވިދާނެ އެވެ. ސަބަބުތައްވެސް ބައިވަރު އެވެ.

 

ފުރަތަމަ ކަމަކީ، ޕީޕީއެމްގެ ރަސްމީ އޮފީހެއް ހުންނައިރު، އަދި އެ އޮފީހަކީ ރައީސް އަބްދުﷲ ޔާމީން ކޮންޓްރޯލް ކުރައްވާ އޮފީހަކަށްވާއިރު، އަނބިކަނބަލުންގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް އަމިއްލަ އޮފީހެއް ހައްދަވައިގެން އުޅުއްވަނީ ކީއްވެތޯ އެވެ. އެކަމަނާއަކީ، ޕީޕީއެމްއަށް އެހާ އިހުލާސްތެރި ބޭކަނބަލެއްނަމަ، ޕީޕީއެމްގެ ރަސްމީ އޮފީހުގައި މަސައްކަތް ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތެވެ. ނަމަވެސް ޕީޕީއެމް އެއްފަރާތުގައި ބޭއްވެވުމަށްފަހު، "މެޑަމް ފާތުންގެ  އޮފީސް" ގެ ނަމުގައި ނަން ދެއްވައިގެން، އެކި ކެމްޕޭން ހަރަކާތްތަކާއި، އެއްވުންތައް ބާއްވާނީ އެކަމުގައި ކޮންމެވެސް ކަންތައްތަކެއް ސިއްރުކުރެވިފައިވާތީ އެވެ.

 

 

މީގެކުރިން ރައީސްކަން ކުރެއްވި ބޭފުޅުންގެ އަނބިކަނބަލުންތައް އިޖުތިމާއީ މަސައްކަތްކުރައްވަނީ ކޮންމެވެސް އަމިއްލަ ޖަމިއްޔާތަކަކާ ގުޅިވަޑައިގެންނެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އަމިއްލަ ނަމުގައި ފައުންޑޭޝަން ހައްދަވާ، އެކަމަނާގެ ހެޔޮފުޅުކަމުން ކަމަށްބުނެ އެކި ހަދިޔާތައް ބައްސަވާ ހައްދަވަ އެވެ. މުޅިވެސް ކުރައްވާކަމީ، އަމިއްލައަށް މެޑަލް ޖެއްސެވުމުގެ މަސައްކަތެވެ. އެހެންގޮތަކަށް ބުނާނަމަ، އަމިއްލައަށް ޕްރޮމޯޓްވުމުގެ މަސައްކަތެވެ. މީގެއިތުރުންވެސް ފަސްޓް ލޭޑީގެ ކޮންމެ ހަރަކާތަކަށް ބަލާލިކަމުގައިވާނަމަވެސް އޮތީ މުޅިންވެސް ސުވާލުތަކެވެ. ރަށްރަށަށް ކުރައްވާ ދަތުރުތަކާއި، ދަތުރުތަކުގައި ސިޔާސީ ހަރަކާތްތައް ހިންގަވާ މިންވަރާ މެދު ވިސްނާލަ ބައްލަވާށެވެ.

 

އެކަމަނާ އެ ކުރައްވާ މަސައްކަތަކީ ފިރިކަލުންނަށް ތައީދެއް ހޯދަވައިދެއްވުމަށް ކުރައްވާ މަސައްކަތެއް ހެއްޔެވެ؟ ނުވަތަ އަމިއްލަފުޅަށް ވެރިކަމަށް ވަޑައިގަތުމަށް ކުރައްވާ މަސައްކަތެއް ހެއްޔެވެ؟

 

މި ހުރިހާ ކަމަކަށް ބަލާލުމުން ކުރިއަށް އޮތް ދުވަސްތަކުގައި ރައްޖޭގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލުކުރަންޖެހެ އެވެ. އެ  ބަދަލުތަކުގެ ތެރެއިން ދެވަނަ ރެހެންދި ހަދީޖާއެއް ފެނުމަކީވެސް ހަމަގާތުގައިވާ ކަމެކެވެ. އަންހެންކަނބަލެއް ރާއްޖޭގެ ވެރިކަން ކުރައްވާ ދުވަސް ފެނުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ.

 

ދެން އުފެދޭ ސުވާލަކީ، ރައީސް އަބްދުﷲ ޔާމީން "ޅަ" އެއްޗެއް ހައްދަވާފާނެތޯ އެވެ. އަނބިކަނބަލުންނަށް ވެރިކަމުގެ ތަހުތު ދެއްވަފާނެތޯ އެވެ. ކޮންމެ ނިޔަތެއްގައިނަމަވެސް އަމިއްލައަށް ޕްރޮމޯޓްވެ ކުރިއެރުމަށް އެ ފުރުސަތު ދެއްވަފަނެތޯ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ކަދުރު

2 އަހަރު ކުރިން

ތީ ޜެހެންދީ އެއް ނުން

0
0