19 ނޮވެންބަރު 2018 | ހޯމަ | 07 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ބޮލީވުޑް

ކެޓްރީނާ ބެޑް ރެސްޓްގައި

  • އަނިޔާވީ ކަނދުރާ މައްޗަށް ބަރު އެއްޗެއް ޗެއްޓިގެން
  • މިދުވަސްކޮޅު ހެލިފެލިވެ އެއްވެސް ބުރަ މަސައްކަތް ނުކުރުމަށް ވަނީ ބުނެފަ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 11 މާރޗް 2017 | ހޮނިހިރު 16:22 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  4. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  5. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ
  6. ޓެކްސީ ބޯޑުގެ ފީ ކަނޑާލައި، މާލޭގައި ބަސްދަތުރު ފަށަނީ
  7. ވަޒީރެއްގެ ހައިސިއްޔަތުން މަހްލޫފުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރީގެ މަސައްކަތުގެ މީހުންނާއެކު!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭން ފެށޭނެ


ކެޓްރީނާ ކައިފް -- ގޫގުލް

ބޮލީވުޑް އެކްޓްރެސް ކެޓްރީނާ ކައިފް އޭނާ އެންމެ ފަހުން ކުޅުނު ފިލްމް "ޖައްގާ ޖާސޫސް" އަންނަ އެޕްރީލް މަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާއިރު ފިލްމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދަނިކޮށް ކެޓްރީނާއަށް އަނިޔާ ވެއްޖެއެވެ.

 

ރިޕޯޓްތައް ބުނާ ގޮތުން "ޖައްގާ ޖާސޫސް"ގެ ސެޓްގައި ކެޓްރީނާ މަސައްކަތް ކުރަމުން ދަނިކޮށް އޭނާގެ ކަނދުރާ މައްޗަށް ބަރު އެއްޗެއް ވެއްޓިގެންނެވެ.

 

ކެޓްރީނާގެ ކަނދުރާއާއި ބުރަކައްޓަށް އަނިޔާވުމާ ގުޅިގެން ކުއްލި ގޮތަކަށް މެޑިކަލް ޗެކަޕް ހެދުމަށްފަހު އޭނާ ބެޑްރެސްޓް ކުރުމަށް ވަނީ ލަފާ ދީފައެވެ.

 

މީގެ އިތުރުން މިދުވަސްކޮޅު ހެލިފެލިވެ އެއްވެސް ބުރަ މަސައްކަތް ނުކުރުމަށް ވެސް ވަނީ އަންގާފައެވެ.

 

އަނޫރާގް ބަސޫ ޑައިރެކްޓް ކުރާ މި ފިލްމްގައި ކެޓްރީނާ އާއި އެކު ލީޑްރޯލުން ފެނިގެން ދަނީ އޭނާގެ ކުރީގެ ލޯބި ވެރިޔާ ރަންބީރު ކަޕޫރެވެ.

 

އަންނަ އެޕްރީލް މަހު ގެ 7 ވަނަ ދުވަހު "ޖައްގާ ޖާސޫސް" ރިލީޒް ކުރުމަށް ހަމަޖެހިފައިވާއިރު ކެޓްރީނާ ދެން މަސައްކަތް ހަމަޖެހިފައިވަނީ ސަލްމާން ޚާން އާއި އެކު "ޓައިގާ ޒިންދާހޭ" ގައެވެ.

 

އަދި ރަންބީރު ކަރޫރް ދަނީ ސަންޖޭދަތުގެ ހަޔާތުހެ މައްޗަށް ބިނާކޮށް ތައްޔަރުކުރާ ފިލްމްގެ މަސައްކަތްތައް ކުރަމުން ނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް