21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

މައުމޫނަށް ރައްކާތެރިކަން

މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

  • އަމިއްލަ އަތުންހެދި ގާނޫނުތައް މުގުރަނީވެސް އަމިއްލައަށް
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 11 މާރޗް 2017 | ހޮނިހިރު 08:22 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!


އީދު ދުވަހު ބާއްވާ ސަލާމްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ރައީސް މައުމޫނާއި ރައީސް ޔާމިން -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަން ނިމުމަކަށް އައީ ރާއްޖެގެ ސިޔާސީ މަސްރަހުގެ އެންމެ ހަލަބޮލި ދަނޑިވަޅުގައެވެ. ތިރީސް އަހަރުގެ ދިގުވެރިކަމެއް ނިންމުމަށް ރައްޔިތުން ފޫގަޅައިގެން ތިބި ދަނޑިވަޅެއްގައެވެ. ރައްޔިތުންގެ ތެރެއިން އެއްބަޔަކު ބޭނުންވެފައި ތިބީ މައުމޫންގެ ކިބައިން ބަދަލު ހިފުމަށެވެ. ތިރީސް އަހަރުގެ ދުވަހުގެ ވެރިކަމުގައި އަނިޔާވެރިފައިވާ ކަމަށް ބުނަމުންނެވެ. ޤައުމުގެ ހާލަތު އޭރު އޮތީ އެފަދަ ހާލަތެއްގައެވެ.

ބުރަ މަސައްކަތަކަށްފަހު ދިވެހިން ދެކެމުން އައި އެންމެބޮޑު އެއް ހުވަފެނުގައި ކުލަ ޖެހުނެވެ. މައުމޫންގެ ވެރިކަންނިމި ރައްޔިތުން އެދޭފަދަ ވެރިކަމެއް ޤާއިމްކުރެވުނެވެ.

ސަރުކާރު ބަދަލުވިޔަސް ޤާނޫނު ހަދާ މަޖިލީހުގެ ބާރާއި އަޣްލަބިއްޔަތު އިދިކޮޅު ފަރާތްތަކުން ހޯދިއެވެ. އޭރު ސަރުކާރުންވަނީ ރިޔާސީ ކޮމިޝަނުގެ މަސައްކަތްތައްވެސް ފަށާފައެވެ. އިދިކޮޅު ފާރާތްތަކުން އަވަސް ވެގަތީ އަޣްލަބިއްޔަތުގެ ބޭނުން ހިފައިގެން އެވެރިންގެ ލީޑަރަށް ޤާނޫނަކުން ހިމާޔަތް ހޯދަދިނުމަށެވެ. އެކަންކުރުމަށް ރޭ ނިދިފިލުވާލާފައި ހޭލާތިބެ ޤާނޫނެއް ހަދާ ފާސްކުރިއެވެ. އެއީ މިހާރުވެސް އަމަލު ކުރަމުން އަންނަ "ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނު" އެވެ. އެ ޤާނޫނެއް ފާސްކުރުމަށް ހޭލާތިބެގެންވެސް އެވެރިން މަސައްކަތްކުރިއެވެ. ހަމައެންމެ ބޭނުމެއްގައެވެ. އެއީ މައުމޫންއަށް ހިމާޔަތް ހޯއްދަވައިދެއްވުމަށެވެ.

ކުރީގެ ރައީސުން ގާނޫނު ފާސްކުރީ 17 ވަނަ ރައްޔިތުންގެ މަޖްލީހުން 2009 ވަނަ އަހަރުގެ އަކްޓޫބަރު މަހުގެ 13 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖްލީހުގެ 49 ވަނަ ޖަލްސާގައެވެ. އެގާނޫނީ އޭރުގެ ރައީސް މުޙައްމަދު ނަޝީދު ތަސްދީޤް ކުރެއްވީ 20 އޮކްޓޫބަރު 2009 ގައެވެ. އިދިކޮޅު މެންބަރުން ނިދިކޮޅު މަހްރޫމްކޮށްލައިގެން ކުރި މަސައްކަތުގައި ކުލަޖެހުނެވެ. އެވެރިންގެ ލީޑަރަށް ގާނޫނަކުން ރައްކާތެރިކަން ފޯރުކޮށްދެވުނީއެވެ. "ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނު" ފަރުމާކޮށް ވުޖޫދަށް ގެނެވުނީ މައުމޫންއަށް އަމާޒްކުރެވިގެންނެވެ. ފަހުން އެޤާނޫނަށް ވަކިވަކި އިސްލާހުތަކެއް ގެނެވުނެވެ. އެކަންކުރެވުނީ ނަޝީދަށް އަމާޒްކޮށެވެ. ބައެއް އިނާޔަތްތައް ކަނޑާލުމަށެވެ.

މާޒީގައި ކަންހިނގާފައިވާ ގޮތް ވަރަށް ސާފެވެ. އެކަމަކު އެއީ އެދުވަހުގެ މަންޒަރެވެ. މިއަދު ފެންނަ މަންޒަރާއި ކުލަ މުޅިންތަފާތެވެ. މިއަދު ވެރިކަމުގައި ތިބީ އޭރުގެ އިދިކޮޅު ފަރާތްތަކެވެ. މިއަދުވެސް ގާނޫނު ހަދާ މަޖްލީހުގައި އޮތީވެސް އޭރުގެ އިދިކޮޅު ފަރާތް، މިހާރުގެ ސަރުކާރުގެ އަޣްލަބިއްޔަތެވެ. އެކަމަކު ފެންނަނީ އާދަޔާ ޚިލާފް ކަންކަމެވެ. އޭރު މައުމޫނަށް ރައްކާތެރިކަން ފޯރުކޮށްދޭން ޤާނޫނު ހެދި ފަރާތްތަކުން މިއަދު އެމަނިކުފާނަށް ގެއްލުންދޭން މަސައްކަތްކުރާ ތަނެވެ. ޤާނޫނުގައި ކަޅާ ހުދުން ލިޔެފައިވާ ކަންކަން އެޤާނޫނާއި ދެކޮޅަށް ކުރަމުންދާތަނެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދައުލަތުގެ އެންމެ މަތީ ވެރިކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ޢިއްޒަތާއި ޤަދަރާއި އެކަށީގެންވާފަދަ ރައްކާތެރިކަމެއް ދޭންޖެހޭން ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހު އަމިއްލަ ދަތުރުފުޅެއްގައި މައުމޫން އިންޑިއާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނިކޮށް ކުއްލިއަކަށް އެމަނިކުފާނުގެ ހަށިފާރަވެރިންގެ ގޮތުގައި މަސައްކަތްކުރާ އެމްއެންޑީއެފް އޮފިސަރުންނަށް އެދަތުރުގައި ރާއްޖޭން ބޭރަށް ނުފުރޭނެ ކަމަށް އެންގިއެވެ. އޭގެ އެއްވެސް ސަބަބެއް ބަޔާންކޮށްފައެއް ނުވެއެވެ.

ސިޔާސީ ގޮތުން އަންނަ ކޮންމެ ލޮޅުމެއްގައި އެކަހަލަ ކޮންމެވެސް އެއްކަމެއް ކުރިމަތިވެއެވެ. މިފަހަރު މިކަން މި ކުރިމަތިވީ މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން އިސްކޮށް ހުންނަވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރުމަށް އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ބުދަ ދުވަހު ހުށަހަޅާފައި ވަނިކޮށެވެ. އޭގެ ކުރިން ރައީސް ރައީސް ޔާމިން އާ މައުމޫނާއި ދެމެދު ޖެހުނު ކުނިގަނޑެއްގެ ތެރޭގައި ކުއްލިއަކަށް އުސޫލުތަކަށް ގެނެވުނު ބަދަލަކާއި ގުޅިގެން ކަމަށް ބުނެ، ރައީސް މައުމޫންގެ ސެކިއުރިޓީގެ ގޮތުގައި އެމަނިކުފާނުގެ ކާރުކޮޅާއި އެކު ދަތުރުކުރާ އެމްއެންޑީއެފްގެ ވެހިކަލް ދަތުރުކުރުން ހުއްޓުވާލިއެވެ. އެއާއެކު ސެކިއުރިޓީންގެ އަދަދު މަދުކުރެވުނެވެ. މިހުރިހާ ކަމެއްވެސް މި ކުރަނީ ހަމަ މައުމޫނަށް ހިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި "އެވެރިންގެ" ފަރާތުންނެވެ.

ކުރީގެ ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ ގާނޫނުގެ ދަށުން، ކުރީގެ ރައީސުންނަށާއި އެ ބޭފުޅުންގެ އަނބިކަނބަލުންނަށް ސެކިއުރިޓީ ދިނުމަކީ އެމްއެންޑީއެފުން ކުރަންޖެހޭ ކަމެކެވެ. އެކަންކުރާން ޖެހެނީ ކޮންމެހެން ވަކި ބަޔަކު ބުނެގެނެއް ނޫނެވެ. ޤާނޫނުން ވަކިބަޔަކަށް ލާޒިމް ކޮށްފައި އޮތް ކަމެއް ކުރާން ވަކިބަޔެއްގެ ކައިރީގައި އާދޭސްކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް ކަންވެފައިވާ ގޮތް ވަރަށް ސާފެވެ. މިއީ ސަރުކާރުން މައުމޫން އާއި ދޭތެރެ އެޅި ހަރުކަށި ފިޔަވަޅެކެވެ. ސަބަބަކީ މަޖްލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުގައި މައުމޫންގެ ދަރިކަލުން އިސްކޮށް ހުންނެވުމެވެ.

ޤާނޫނުތަކާއި މިޤައުމުގެ ދަސްތޫރި ނިޒާމް ފުނޑުފުނޑުކޮށްލަން މިހާރުގައި ވެރިކަމުގައި ތިބި ބަޔަކު ކުރަމުންދަނީ ވަރަށް ދަށު ދަރުޖައިގެ، ހަޑިހުތުރު އަމަލުތަކެވެ. އެކަންކުރާންވެސް މިތިބީ މައުމޫނަށް ހިމާޔަތާއި ރައްކާތެރިކަން ހޯދައިދޭން ގާނޫނު ހެދި ފަރާތްތަކެވެ. ނަމަވެސް މިފެންނަނީ ރައީސް މީހާއަށް ވެރިކަން ބީވެދާނެހެން ހީވާތީ ބިރުން އުޅޭ މަންޒަރެވެ. ޤާނޫނަށް ބޯލެބުމެއް ސަރުކާރުގެ ނެތެވެ. ޒަމާނާ ބީރައްޓެހި ރަސްކަމެއްގެ ސިފަ ވެރިކަމުގައި ޖައްސަވައިގެން ހުރިހާ ބާރެއް މުށުތެރެއަށް ލައިގެން މުޤުރާލަނީވެސް އަމިއްލަ އަތުން ހެއްދެވި ޤާނޫނުތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް