19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

އުރީދޫ

ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

  • އުރީދޫއިން މުޅި ރާއްޖެ އަށް އަންނަނީ 4G+ ނެޓްވޯރކްގެ ޚިދުމަތް ދެމުން
ރިޒުނާ ޒަރީރު | RiznaZareer

| 10 މާރޗް 2017 | ހުކުރު 18:43 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  4. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  7. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ


އުރީދޫ އާއި ޖީއޭއެމްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ދިވެހިރާއްޖޭގެ ގެސްޓްހައުސްތަކަށް ދިމާވާ ތަފާތު މުއާޞަލާތީ ދަތިތައް ދިރާސާކޮށް، ބޮޑަށް ދެނެގަތުމަށް އުރީދޫ އާއި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޖީއޭއެމް) ގުޅިގެން މަސައްކަތް ފަށައިފި އެވެ.

 

ބުރާސްފަތި ދުވަހު ސޮއިކުރި އެގްރިމެންޓްގެ ދަށުން، ޖީއޭއެމްގައި ރަޖިސްޓަރ ކުރެވިފައިވާ ކުންފުނިތަކަށް، ގެސްޓްހައުސް ދާއިރާ އަށް ހާއްސަ ޚިދުމަތްތަކުން ޑިސްކައުންޓްތައް އުރީދޫ އިން ފޯރުކޮށްދޭނެއެވެ.

 

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އުރީދޫގެ ސީއީއޯ، ވިކްރަމް ސިންހަ ވިދާޅުވީ ގެސްޓްހައުސް ވިޔަފާރިއަކީ މިއަދުގެ ޓުއަރިޒަމް ދާއިރާގެ މުހިންމު ބަޔަކަށް ވުމާއެކު، ދިވެހިރާއްޖޭގެ އިޤްތިޞާދަށް ވަރަށް ވެސް މުހިންމުވެފައިވާ ދާއިރާއެއް ކަމަށާއި ސްމާޓް ހޮސްޕިޓާލިޓީ ސޮލިއުޝަންތަކުގެ ފައިދާ ފެނި، ދުނިޔޭގެ އެކިހިސާބުތަކުގައި ފުޅާ ގޮތެއްގައި ބޭނުންކުރަން ފެށިފައިވާއިރު، މިފަދަ ޙިދުމަތްތައް ހެޔޮއަގެއްގައި ދިވެހިރާއްޖޭގެ ގެސްޓްހައުސްތަކަށް ފޯރުކޮށްދިނުމަށް ޖީއޭއެމް އާއި އެކު ކައިރިން މަސައްކަތްކުރާނެ ކަމަށެވެ.

 

އުރީދޫގެ ނޭޝަންވައިޑް 4G+ ނެޓްވަރކް އަދި ބްރޯޑްބޭންޑް ޚިދުމަތްތަކުގެ ސަބަބުން، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކަށް ފެތުރިފައިވާ ވިޔަފާރިތަކަށް ވެސް ގިނަގުނަ ފައިދާ ލިބެމުންދާ ކަމަށް އެކުންފުނިން ބުންޏެވެ. އަދި އުރީދޫގެ ބައިނަލްއަޤްވާމީ ވިޔަފާރީގެ ޚިދުމަތްތަކާއި، ރިސޯޓްތަކަށް ބޭނުންވާ ހުރިހާ މުވާސަލާތީ ޚިދުމަތް އެއްތަނަކުން ފޯރުކޮށްދޭ ހާއްސަ ރިސޯޓް ސޮލިއުޝަންތަކުގެ ބޭނުން ހިފާނެ ކަމަށް އެކުންފުނިން ބުންޏެވެ.

 

އުރީދޫއަކީ ދުނިޔޭގެ ފެންވަރުގައި ވިޔަފާރިތަކަށް މުއާޞަލާތީ ޚިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏަކަށް ވެފައި، މި ދިރާސާތަކުގެ އަލީގައި، ގެސްޓްހައުސް ވިޔަފާރިތަކަށް ފައިދާކުރާނެ ސްމާޓް ޚިދުމަތްތައް ފޯރުކޮށްދެވި، ގެސްޓްހައުސްތަކަށް ޒިޔާރަތްކުރާ ދަތުރުވެރިން ބޭނުންވާ ފެންވަރުގެ ކަނެކްޓިވިޓީ ފޯރުކޮށްދޭނެ ކަމަށް ވެސް އުރީދޫއިން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް