25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ބޮލީވުޑް

"ނޫރު" ޕާކިސްތާނުގައި ޕްރިމިއާ ކުރަނީ

  • ޕާކިސްތާނުގައި އެފިލްމް ޕްރިމިއާ ކުރުމަކީ އޭނާގެ ހުވަފެނެއް
އަޒްލިފާ އަބްދުﷲ | AzuAzlifa

| 10 މާރޗް 2017 | ހުކުރު 16:48 | |

މަގުބޫލް

  1. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  2. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  3. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  4. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  5. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް ދިނުން މަނާ
  6. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  7. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  8. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން


"ނޫރު" ޕްރޮމޯޝަނަލް ޕޯސްޓަރު -- ގޫގުލް

ޕާކިސްތާންގެ ލިޔުންތެރިޔެއް ކަމަށްވާ ސަބާ އިމްތިޔާޒް ލިޔެފައިވާ  ވާހަކަ "ކަރާޗީ: ޔޯ ކިލިންގް މީ" އަށް ތައްޔާރު ކޮށްފައިވާ ފިލްމް "ނޫރު" ޕާކިސްތާން ގައިވެސް ޕްރިމިއާ ކުރުމަށް ހަމަޖައްސައިފި އެވެ.

 

އިންޑިއާގެ ފިލްމް ޕްރޮޑިއުސަރު ބުޝާން ކުމާރް އުފައްދާފައިވާ މިފިލްމް އަންނަ އެޕްރީލް މަހުގެ 21 ގައި ޕްރިމިއަރ ކުރުމަށް ހަމަޖައްސާފައިވާއިރު މި ފިލްމް ޕާކިސްތާންގައިވެސް ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުޝާން ވަނީ ބުނެފައެވެ.

 

ބުޝާން ބުނީ މިފިލްމަކީ ޕާކިސްތާނުގައި ހުރި އޭނާއަށް އެންމެ ކަމުދާ އެއް ލިޔުންތެރިޔާގެ ވާހަކަ އެވެ.

 

އަދި މި ފިލްމް ތައްޔާރު ކުރަން ފެށިދުވަހުން ފެށިގެން ޕާކިސްތާނުގައި އެފިލްމް ޕްރިމިއާ ކުރުމަކީ އޭނާގެ ހުވަފެނެއް ކަމަށް ބުޝާން ބުންޏެވެ.


މުމްބާއީގައި ހަރަކާތްތެރިވާ ޒުވާން ނޫސްވެރިއެއްގެ ހަޔާތުގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ މި ފިލްމްގެ ލީޑް ރޯލުން ފެނިގެންދަނީ ސޯނާކްޝީ ސިންހާ އާއި ކަނާން ގިލް އަދި ޝިބާނީ ޑާންޑޭކަރެވެ.

 

މި ފިލްމުގެ ޓްރެއިލަރ ލޯންޗް ކުރުމަށް ބޭއްވި ޙަފްލާގައި ވާހަކަ ދައްކަމުން ސޮނާކްޝި ބުނީ، ފިލްމުގެ މަސައްކަތް ކުރަމުން ދިޔައިރު ނޫސްވެރިންގެ ދިރިއުޅުން އިހުސާސް ކުރެވުނު ކަމަށާއި، އޭގެ ސަބަބުން ނޫސްވެރިންނަށް ކުރާ އިޚުތިރާމް އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.

 

އަދި ކުރިއަށް އޮތް ތާނގައި ނޫސްވެރިންގެ ސުވާލުތަކަށް ބީރު ކަންފަތެއް ނުދީ ވޭތޯ ބަލާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އަދި ނޫސްވެރިން އުނދަގޫ ސުވާލު ކުރާ ސަބަބު މިހާރު ވިސްނޭ ކަމަށާއި، އެކަމަށް ވެސް އިޚުތިރާމް ކުރަން ދަސްވެއްޖެ ކަމަށް އޭނާ ވަނީ ބުނެފައެވެ.


 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް