18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ފްރީ ޓްރޭޑް

ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ: މިނިސްޓަރު ސައީދު

  • މިއަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި އެއްބަސްވުމުގައި ސޮއި ކުރެވޭނެ
ސަހުބާން ފަހުމީ | sahubaan

| 10 މާރޗް 2017 | ހުކުރު 15:29 | |

މަގުބޫލް

  1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  4. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  5. ޕްރިޔަންކާ އިނީ ބަލިވެ؟
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


އިކޮނަމިކް މިނިސްޓަރު ސައީދު -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ޗައިނާއާ ރާއްޖެއާ ދެމެދު ގާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ރާއްޖެއިން ހިމަނަން ބޭނުންވާ ގިނަކަންތައްތަކެއް ކާމިޔާބްވެފައިވާ ކަމަށާއި ވަަރށް އަވަހަށް އެއްބަސްވުމުގައި ސޮއި ކުރެވޭނެ ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ބަނޑުސް އައިލެންޑް ރިސޯޓުގައި ކުރިއަސް ދިޔަ ޗައިނާ މޯލްޑިވްސް ފްރީޓްރޭޑް އެގްރިމެންޓުގެ އެންމެ ފަހުގެ މަޝްވަރާތައް ނިންމާލުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމް ކުރުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި ހަމައެކަނި ނުނިމި ވަނީ އިދާރީ މަސައްކަތްތައް ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ފުރަތަމަ ހަ މަސް ނިމުމުގެ ކުރިން އެއްބަސްވުމުގައި ސޮއި ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމް ކުރެވޭ ފުރަތަމަ ދުވަހުން ފެށިގެން ޗައިނާގެ އިންވެސްޓަރުން ރާއްޖެ އަންނާނެ ކަމަށެވެ.

ފްރީ ޓްރޭޑް އެގްރީމެންޓެއް ޤާއިމްކުރުމަށް ދިވެހިރާއްޖެ އާއި ޗައިނާއިން ކުރިއަށްގެންދިޔަ ވާހަކަތަކުގައި ރާއްޖެއިން ބޭރުކުރާ މަހާއި، ސީފުޑްގެ ބާވަތްތަކުން އެއްވެސް ވަރަކަށް ޓެކްސް ނުނަގާ ގޮތަށް ވަނީ އެއްބަސްވެފައެވެ.

ފްރީ ޓްރޭޑް އެއްބަސްވުމާ ބެހޭގޮތުން މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެފައި ވަނީ  ޗައިނާއާއި ދިވެހިރާއްޖެއިން ޤާއިމްކުރާ ފްރީ ޓްރޭޑް އެއްބަސްވުމުގައި އަންނަ ޖޫން މަހު ސޮއި ކުރެވޭނެކަމަށެވެ. ޗައިނާގެ އިތުރުން ވެސް ދިވެހިރާއްޖެއިން ދަނީ ދުނިޔޭގެ ބޮޑެތި ބައެއް ޤައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ޤާއިމްކުރުމަށް މަސައްކަތްކުރަމުންނެވެ. މީގެތެރޭގައި އިނގިރޭސިވިލާތާއި، ޖަޕާނާއި އެމެރިކާ ހިމެނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް